ސްޓެލްކޯގެ ޖަނަރޭޓަރުތަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް

ސްޓެލްކޯ ޖަނަރޭޓަރުތަކުން އިވޭ އަޑުތަކާއި ބޭރު ކުރާ ދުމާ ދެކޮޅަށް އެ ސަރަހައްދުގައި ތަތް ކޮށްފައި ހުރި ޕޯސްޓަރުތަކެއް: ތަކުރާރުކޮށް އެވަރަށް އަޑު އިވޭ ނަމަ ކަންފަތުގެ އިވުން ގެއްލިދާނެ ކަމަށް މާހިރުން ބުނޭ. -ފޮޓޯ: އާއިމް ޒަމީރު

ސްޓެލްކޯ ޖަނަރޭޓަރުތަކުން އިވޭ އަޑުތަކާއި ބޭރު ކުރާ ދުމާ ދެކޮޅަށް އެ ސަރަހައްދުގައި ތަތް ކޮށްފައި ހުރި ޕޯސްޓަރުތަކެއް: ތަކުރާރުކޮށް އެވަރަށް އަޑު އިވޭ ނަމަ ކަންފަތުގެ އިވުން ގެއްލިދާނެ ކަމަށް މާހިރުން ބުނޭ. -ފޮޓޯ: އާއިމް ޒަމީރު

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި އެ ކުންފުނީގެ ޖަނަރޭޓަރުތަކާއި، ދުންހޮޅިތަކާއި، ތެޔޮތާންގިތައް ބެހެއްޓުމުގެ ސަބަބުން އެކިއެކި ގެއްލުންތައް ލިބެމުންދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ގަލޮޅުގައި ސްޓެލްކޯގެ މައި އިމާރާތުގައި ހުންނަ ޖަނެރޭޓަރުތަކާއި ދުންހޮޅިތަކުގެ ސަބަބުން އުނދަގޫތަކާއި ގެއްލުންތައް ލިބެމުންދާކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޝަކުވާ ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ސްޓެލްކޯއަށް ވެސް އެ މައްސަލަ ތަކުރާރުކޮށް ހުށަހަޅައިގެން ހައްލެއް ލިބިފައިނުވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ސްޓެލްކޯއިން ގާނޫނާ ހިލާފަށް އެ ސަރަހައްދުގައި ޖަނަރޭޓަރުތައް ބެހެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ސިއްހަތަށް ވެސް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ.

Advertisement

އެހެންކަމުން، ސްޓެލްކޯއިން ބަހައްޓާފައިވާ ޖަނަރޭޓަރުތައް އެހެން ތަނަކަށް ބަދަލުކުރުން ނޫނީ އެމީހުން އެކަށީގެންވާ އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމާއެކު، އެކި ގޮތްގޮތުން ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓުގައި އެދިފައި ވެ އެވެ.

ސްޓެލްކޯ ޖެނެރޭޓަރުތަކާގުޅޭ މައްސަލައެއް މީގެ ކުރިން ވެސް ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ގ. ފެހިހިރިގެ ވެރިފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ އެގޭގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކޮށްދިނުން ނުވަތަ ސްޓެލްކޯގެ ޖަނަރޭޓަރުތައް އެހެން ތަނަކަށް ބަދަލުކޮށް ދިނުމަށެވެ.

އާންމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ މާލެ އާއި ރައްޖޭގައި އާންމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމާބެހޭ ގަވާއިދުގައި އިންޖީނުގެ ހުންނަންވާނީ އަރާ ދުމުން، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު ދުރުގާކަމަށް ކަމަށް ބަޔާންކޮށްފައި ވެ އެވެ.

ނަމަވެސް، ސްޓެލްކޯގެ ދުންހޮޅިތައް ތިރިކަމުން، އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތާއަބަދު ޖައްވުގައި ހުންނަ ތެޔޮވަސް ދުވާ، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ތަފާތު ބަލިތަކަށް މަގުފަހިވެފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެ އެވެ.

އަދި ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ ވައިބްރޭޝަންތަކުގެ ސަބަބުން ގޭގާ ޖަހާފައި ހުންނަ މުއްޓައް ތަކުރާރުކޮށް ގެއްލުން ލިބި، ފާރުތަކުގައި ރެނދުލައި، ކުޑަކުދިންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ތެޔޮތާންގިތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެ ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެކަމުގެ ބިރުހީވެފައި ކަމަށް ވެސް ބުންޏެވެ.

އެ މައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާއިރު، އެ ކަން ހައްލުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ވަނީ ބަލައިގެންފަ އެވެ.

ޖެނެރޭޓަރުތަކުގެ އިތުރު މައްސަލައެއް ކޯޓަށް ވައްދާފައިވާއިރު، މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލުމުން އާންމުންނަށް އުނދަގޫތައް ކުރިމަތިވެފައިވާ ޖަނަރޭޓަރުތައް ނިއްވާލެވޭނެ ކަމަށެވެ.

އެގޮތުން، މި ހަފްތާގެ ނިޔަލަށް އެ ވިއުގަ ގުޅާލުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ސްޓެލްކޯ އިން މައުލޫމާތު ދީފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox