އަފްގާނިސްތާނުގައި ހުންނަ އިންޑިއާ ކޮންސިއުލޭޓުގެ މުވައްޒަފުން ގެންގޮސްފި

އަފްގާނިސްތާނުގެ ކަންދަހާރްގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ކަންދަހާރްގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޖުލައި 11) - އަފްގާނިސްތާންގެ ކަންދަހާރްގައި ހަނގުރާމަ ވަރުގަދަ ކުރުމާއެކު އެ ތަނުގައި ހުންނަ އިންޑިއާ ކޮންޒިއުލޭޓްގެ 50 މުވައްޒަފުން ރައްކާތެރި ހިސާބަކަށް ގެންގޮސްފި އެވެ.

މިދިޔަ ހަފްތާގައި ތާލިބާނުން ބުނީ އަފްގާނިސްތާނުގެ 85 ޕަސެންޓު މިހާރު ކޮންޓްރޯލް ކުރަނީ އެ މީހުން ކަމަށެވެ. އަފްގާން ހަނގުރާމަ ވަރުގަދަވީ އެމެރިކާ ސިފައިން ފޭބުމުގެ މަސައްކަތާ ގުޅިގެންނެވެ.

އަފްގާނިސްތާނުގެ އެކި ހިސާބުތަކުގައި އަފްގާން ސިފައިންނާއި ތާލިބާނުންނާ ދެމެދު ވަރުގަދަ ހަމަލާތައް ބަދަލު ކުރަމުންދާއިރު، ތާލިބާނުން އެންމެ ފުރަތަމަ އުފެދުނު ކަންދަހާރް ސިޓީގައި ވެސް ހަމަނުޖެހުން ބޮޑެވެ.

"އިންޑިއާގެ ކޮންޒިއުލޭޓް ޖެނެރަލް ބަންދެއް ނުކުރޭ. އެކަމަކު ކަންދަހާރް ސިޓީ ކައިރީގައި ވަރުގަދަ ހަމަލާތައް ބަދަލު ކުރަމުން ދާތީ، އިންޑިއާ ރައްޔިތުން ވަނީ މި ވަގުތަށް ގެންގޮސްފައި،" އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނެއްގައި ބުންޏެވެ.

"މިއީ މި ހާލަތު ހަމަޔަކަށް އެޅެން ދެން ވަގުތީ ގޮތުން އެޅި ފިޔަވަޅެއް. ކޮންޒިއުލޭޓުގައި މަސައްކަތް ކުރާ އަފްގާން ރައްޔިތުންނާއެކު އެ ތަނުގެ ހިދުމަތްތައް ކުރިއަށް ދާނެ".

ސަލާމަތީ މަސްދަރަކުން އޭއެފްޕީއަށް ބުނީ ހަ ޑިޕްލޮމެޓުން ހިމެނޭ ގޮތަށް އިންޑިއާގެ 50 ރައްޔިތުން ގެންދިޔަ ކަމަށެވެ. ނަމަވެސް އެމީހުން ގެންދިޔެއީ ކާބުލް ނުވަތަ ނިއު ދިއްލީއަށް ކަމެއް ސާފެއް ނޫނެވެ.

މިދިޔަ ހަފްތާގައި ރަޝިއާއިން ވަނީ މަޒަރީ ޝަރީފްގައި ހުންނަ އެ ގައުމުގެ ކޮންޒިއުލޭޓް ބަންދުކޮށްފަ އެވެ. އަދި ޗައިނާއިން ވަނީ އެ ގައުމުގެ 210 ރައްޔިތުން އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

ތާލިބާނުން އަންނަނީ ހަނގުރާމައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އަފްގާނިސްތާނުގެ މުހިއްމު ބޯޑަރު ސަރަހައްދުތައް ހިފަމުންނެވެ.

ވިހި އަހަރުގެ ދިގު ހަނގުރާމައަށް ފަހު ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާ ސިފައިން އަފްގާނުން ފައިބަން މަސައްކަތް ކުރާއިރު، މިހާތަނަށް އެ މަސައްކަތުގެ 90 ޕަސެންޓު ވަނީ ނިމިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox