އެންމެން ރަށްރަށަށް، ޓިކެޓަށް ޑިމާންޑް ބޮޑު

އަތޮޅުތެރެއަށް ދިއުމަށް މީހަކު ފޮށި ހިފައިގެން: ލުއިތައް ދިނުމާއެކު ޓިކެޓްގެ ޑިމާންޑް ވަނީ ބޮޑުވެފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

އަތޮޅުތެރެއަށް ދިއުމަށް މީހަކު ފޮށި ހިފައިގެން: ލުއިތައް ދިނުމާއެކު ޓިކެޓްގެ ޑިމާންޑް ވަނީ ބޮޑުވެފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ދަތުރުކުރާ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޓިކެޓް ނެގުމަށް އާއްމުކޮށް ދުވާލަކު ގުޅަނީ 400 އެއްހާ މީހުންނެވެ. އެކަމަކު ކަރަންޓީނާ ނުލައި ދަތުރު ކުރެވޭ ގޮތަށް މިދިޔަ ބުދަ ދުވަހު ލުއި ދިނުމާ އެކު ގުޅަން ފެށި މީހުންގެ އަދަދު ދުވާލަކު ހާހުން މައްޗަށް އަރައިގެން ދިޔަ އެވެ.

ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން، ރަށްރަށަށް ދަތުރުކުރާއިރު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެ އެވެ. އެއާއެކު ގިނަ ބަޔަކު ތިބީ މާލޭގައި ތާށިވެ ނަފްސާނީ ގޮތުން އުނދަގޫވެފަ އެވެ. އެގޮތަށް އޮންނަތާ އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން މިދިޔަ ބުދަ ދުވަހު މިވަނީ އެ ބަންދުން ވީއްލި ދަތުރުކުރެވިދާނެ ކަން އިއުލާންކޮށްފަ އެވެ.

މިހާރު މިވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދެވޭ ގޮތަށް އުސޫލް ބަދަލުކޮށްފަ އެވެ. ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ނެގެޓިވް ޕީސީއާރަކާއެކު ދަތުރު ކުރެވެ އެވެ.

އެ ލުއިތައް މިދިނީ ސްކޫލުގެ ރަސްމީ ބަންދާއި އީދު ބަންދާ ވެސް ދިމާކޮށެވެ. އީދު ބަންދާއި މިނިވަން ދުވަހާ ދިމާކޮށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެ ހަފުތާއަށް ސަރުކާރު ބަންދު ކުރަން ވަނީ ނިންމައިފަ އެވެ. އެއާއެކު މާލޭން އަތޮޅު ތެރެއަށް ދަތުރު ކުރާ މީހުންގެ އަދަދު މިވަނީ ބޮޑުތަން އިތުރުވެފަ އެވެ.

މޯލްޑިވިއަންގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް "އަދަދު" އަށް ވިދާޅުވީ، ލުއި ދިނުމާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ދަތުރު ކުރާ މީހުންގެ އަދަދު ބޮޑުތަން އިތުރުވެ ޓިކެޓްތަކުގެ ބާރު ބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފްލައިޓްތައް އިތުރު ވެސް ކޮށްގެން މިއުޅެނީ. އެވަރުން ވެސް ވަރަށް ބާރު ބޮޑު،" މޫސަ ވިދާޅުވި އެވެ.

އަތޮޅުތެރެއަށް ދިއުމަށް ބަޔަކު ލޯންޗަށް އަރަނީ: ލުއިތައް ދިނުމާއެކު ޓިކެޓްގެ ޑިމާންޑް ވަނީ ބޮޑުވެފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
އަތޮޅުތެރެއަށް ދިއުމަށް ބަޔަކު ލޯންޗަށް އަރަނީ: ލުއިތައް ދިނުމާއެކު ޓިކެޓްގެ ޑިމާންޑް ވަނީ ބޮޑުވެފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

އަތޮޅުތެރެއަށް ދިއުމަށް ބަޔަކު ލޯންޗަށް އަރަނީ: ލުއިތައް ދިނުމާއެކު ޓިކެޓްގެ ޑިމާންޑް ވަނީ ބޮޑުވެފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

މޫސަ ވިދާޅުވި ގޮތުގައި ޓިކެޓްގެ އެންމެ ބާރު ބޮޑީ އީދު ބަންދާ ދިމާކޮށެވެ. ޓިކެޓް ނެގުމަށާއި ޝެޑިއުލް ބެލުމަށް ގިނަ ބަޔަކު ގުޅަމުން ދާތީ މޯލްޑިވިއަންގެ އެޕްލިކޭޝަން ބޭނުން ކޮށްގެން އެ ހިދުމަތް ހޯދުމަށް ވެސް މޫސަ އެދެ އެވެ.

ފްލައިޓްގެ އިތުރުން ދެން އެންމެ ގިނަ ބަޔަކު އަތޮޅު ތެރެއަށް ދަތުރު ކުރަނީ ލޯންޗްތަކުގަ އެވެ. ލޯންޗްތަކުގެ ޝެޑިއުލްއަށް ވެސް ބާރު ބޮޑުވެ ޓިކެޓް ހޯދުމަށް މިހާރު ވަނީ ދަތިވެފަ އެވެ.

ހދ، ށ، ނ، ޅ، އަތޮޅަށް ލޯންޗް ދަތުރު ކުރާ ހޯޕް ޓްރެވަލްސްގެ ޑައިރެކްޓާ އޮފް މާކެޓިން، މުހައްމަދު އައިމަން ވިދާޅުވި ގޮތުގައި ޕެންޑެމިކް ތެރޭގައި އަތޮޅުތެރެއަށް އެ ކުންފުނީގެ އެއް ލޯންޗް ފުރާއިރު މިހާރު ހަތަރު ލޯންޗް ފުރަން ޖެހެ އެވެ. ހާއްސަކޮށް އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޓިކެޓް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެކްސިމަމްގައި މިހާރު މަސައްކަތް ކުރަނީ. ދަތުރު ކުރާ މީހުންގެ އަދަދު ރަނގަޅު ވެފައި މިވަނީ،" އައިމަން ވިދާޅުވި އެވެ.

މީހުން އުޅޭ ރަށްތަކުގެ އިތުރުން ރިސޯޓްތަކުން ވެސް ވަނީ ލުއިތަކާއެކު ތަފާތު ޕެކޭޖްތައް ތައާރަފު ކޮށްފަ އެވެ. އަދި ފިނޮޅުތަކަށާއި ފަޅު ރަށްތަކަށް ދަތުރު ދިއުމަށް ވެސް ތަފާތު ޕެކޭޖްތައް ކުންފުނިތަކުން ތައާރަފު ކޮށްފައިވާއިރު ޑިމާންޑް ބޮޑެވެ. އަދި ގިނަ ބަޔަކު ދަނީ ރާއްޖޭން ބޭރަށް ވެސް ދަމުންނެވެ.

އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާއިރު ކަރަންޓީން ވާން ނުޖެހެނީ އެ ހުރި ރަށެއްގެ ޕޮޒިޓިވް ކޭސް ހުރި އަދަދަކުންނެވެ. ފަސް ޕަސެންޓަށް ވުރެ ޕޮޒިޓިވިޓީ ރޭޓް ދަށް ނަމަ ވެކްސިން ދެ ޑޯޒް ޖަހާފައިވާ މީހުން ކަރަންޓީނުވާކަން ނުޖެހޭނެ އެވެ. ޕޮޒިޓިވިޓީ ރޭޓް 5% - 10% ގައި އުޅޭނަމަ ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އެއަށްވުރެ ޕޮޒިޓިވިޓީ ރޭޓް މަތި ނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. މިހާރު މާލެ ސަރަހައްދުގައި ޕޮޒިޓިވް ރޭޓް ހުރީ ވަރަށް ދަށްކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox