އާޖެންޓީނާ އަށް ތަށްޓެއް ނުލިބި 28 އަހަރުވުމަކީ މައްސަލައެއް: ބްރެޒިލް ކޯޗު ޓީޓޭ

Jul 10, 2021, 5:00 AM
ބްރެޒިލްގެ ކޯޗު ޓީޓޭ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ކޯޗު ޓީޓޭ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖުލައި 10) - އާޖެންޓީނާ ކަހަލަ ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް 28 އަހަރު ވަންދެން ބޮޑު މުބާރާތެއްގެ ތަށްޓެއް ނުލިބި އޮތުމަކީ މައްސަލައެއް ކަމަށް މިރޭ އެ ޓީމާ ދެކޮޅަށް ކޮޕަ އެމެރިކާ ފައިނަލުގައި ނުކުންނަ ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

އާޖެންޓީނާ އެންމެ ފަހުން ކާމިޔާބުކުރި ބޮޑު މުބާރާތަކީ 1993 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އެވެ. އޭގެ ފަހުން އެ ޓީމު ވަނީ ބޮޑު މުބާރާތް (ވޯލްޑް ކަޕާއި ކޮޕަ އެމެރިކާ) ތަކުގެ ތެރެއިން 16 މުބާރާތުގައި ވާދަކޮށްފަ އެވެ. ފަސް ފަހަރު ފައިނަލުން ބަލިވި އެވެ. އެއީ ކޮޕަ އެމެރިކާގެ ހަތަރު ފައިނަލާއި ވޯލްޑް ކަޕްގެ އެއް ފައިނަލް އެވެ.

"އާޖެންޓީނާ ކަހަލަ މޮޅު ކުޅުންތެރިން ތިބި ގައުމެއް މިހާ ގިނަ ދުވަސް ވަންދެން ތަށްޓެއް ނުލިބި އޮތުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް މައްސަލައެއް،" މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީޓޭ ބުންޏެވެ.

ޓީޓޭ ބުނީ އާޖެންޓީނާގެ ރެކޯޑް އެ ގޮތަށް އޮތް ނަމަވެސް އޭގެ ސަބަބުން މިރޭގެ މެޗަށް އެ ކަމުގެ މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ނުދެކޭ ކަމަށެވެ.

"އާޖެންޓީނާގެ އެ ރެކޯޑަކީ އެ މީހުންގެ މާޒީ. އަހަންނަށް ޔަގީން އެ އަށް ބަލައިގެނެއް ނޫންކަން އެ މީހުން މި މެޗަށް ތައްޔާރުވާނީ. އަހަރެމެން އެންމެ ފަހުން ކުޅުނު ދެ ކޮޕަ އެމެރިކާގައި ވެސް ބަލިނުވޭ. އެކަމަކު މި މެޗަށް ނުކުންނައިރު ދެ މުބާރާތުގެ މެޗުތަކުގެ ނަމްބަރުތަކަކީ މާ ބޮޑު ކަމެއްގެ ގޮތުގައެއް އަހަންނެއް ނުދެެކެން،" ޓީޓޭ ބުންޏެވެ.

ކޮޕަ އެމެރިކާ ފައިނަލުގައި ބްރެޒިލުން އާޖެންޓީނާ ކޮޅަށް ފަސް ގޯލު ޖަހާނެ ކަމަށް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ޓީޓޭ އެ ކަމަށް އެއްބަހެއް ނުވެ އެވެ.

"އަހަރެމެން މި ކުޅޭ މެޗަކީ ސަޕޯޓަރުންނާއި މީޑިއާއިން ދެކޭ ގޮތަށް ވުރެ ތަފާތު ކަމެއް. މެޗުގެ ކުރިން އިދިކޮޅު ޓީމު ސިކުނޑީގައި އެކި ވާހަކަ ކުރަހާލަން ތަފާތު ވާހަކަ ދެއްކިދާނެ. އެކަމަކު އެކަން ހަގީގަތަކަށްވާނީ މަދު ފަހަރަކު. އަހަރެން އެ ވާހަކަތައް ދައްކަން ނެތިން،" ޓީޓޭ ބުންޏެވެ.

ސަސްޕެންޝަނުގެ ސަބަބުން ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް އަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. އަދި ވާތު ބެކް އަލެކްސް ސަންޑްރޯ އަށް ވެސް ކުޅެވޭނީ މެޗުގެ ކުރިން ހަދާ ފިޓްނަސް ޓެސްޓުން ފާސްވެއްޖެ ނަމަ އެވެ.

މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހުރީ ތަފާތު ފޯމެއްގަ އެވެ. އާޖެންޓީނާ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުގެ މޮޅު ކުޅުންތެރިއަކީ މެސީ އެވެ. ބްރެޒިލުން މިރޭގެ މެޗުގައި މެސީ މޭންމާކް ކޮށްގެން ކުޅެފާނެތޯ ސުވާލުކުރުމުން ޓީޓޭ ބުނީ އެ ސުވާލަށް ޖަވާބު ނުދޭނެ ކަމަށެވެ.

ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލް ކުޅުނު ތިން ފަހަރު ވެސް ވަނީ މޮޅުވެފަ އެވެ. އެއީ 1937، 2004 އަދި 2007 އެވެ. ބްރެޒިލުން 2007 ވަނަ އަހަރުގެ ފައިނަލުގައި އާޖެންޓީނާ އަތުން މޮޅުވީ 3-0 އިންނެވެ. އަދި އެންމެ ފަހުން 2019 ވަަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ބްރެޒިލުން ވަނީ އާޖެންޓީނާގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ.

ޓީޓޭ ބުނީ ދެ އަހަރު ކުރިން މެޗު ކުޅުނު ހާލަތާ މިހާރު އޮތް އާޖެންޓީނާ ޓީމު ތަފާތު ކަމަށެވެ.

ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި މިރޭ އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރާ ކޮޕަ އެމެރިކާ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން ފަތިހު ފަހެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox