ކޯޗެއްގެ ގޮތުގައި އަހަރެން ފެއިލެއްނުވޭ: މޮރީނިއޯ

Jul 9, 2021, 3:39 AM
މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ.--

މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ.--

ރޯމް (ޖުލައި 9) - މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން އޭނާ ވަކިކުރީ ކޯޗެއްގެ ގޮތުގައި ފެއިލްވެގެނެއް ނޫން ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން 2018 ވަނަ އަހަރު ވަކިކުރުމުން އަހަރެއްހާ ދުވަހު ޓީމަކާ ހަވާލުނުވެ، ހުރުމަށް ފަހު މޮރީނިއޯ ޓޮޓެންހަމާ ގުޅުނީ 2019 ވަނަ އަހަރު ފަހުކޮޅު އެވެ. އެ ޓީމަށް ކޯޗުކޮށްދިނީ 17 މަސް ދުވަހު އެވެ. މޮރީނިއޯ އެ ޓީމުން ވަކިވީ މިދިޔަ އޭޕްރީލް މަހު އެވެ. ޔުނައިޓެޑްގައި މޮރީނިއޯ ވަނީ ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. ޓޮޓެންހަމް ކޯޗުކަމުން މޮރީނިއޯ ވަކިވިއިރު، އެ ޓީމު ލީގު ކަޕް ފައިނަލް ކުޅެން އޮތީ ހަފްތާ އަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފަ އެވެ.

"އަހަންނަށް ލިބޭ ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާ ބައެއް ކަންކަމަކީ އެހެން ކޯޗުންނަށް އަދި ކެރިއަރުގައި ވެސް ހާސިލްނުކުރެވޭ ކަންކަން. އެއީ އަހަންނަށް ވީމަ އޮންނަނީ ވަކި ގޮތެއް ކަމަށް ވެދާނެ. ނޫނީ ކުރިން ކާމިޔާބު ހޯދީމަ ވާ ކަމަކަށް ވެސް ވެދާނެ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ މީހުން ޝައުގުވެރިވަނީ ގޯސްކޮށް ދިޔަ ކަންތައްތަކުގެ ވާހަަކަ ދައްކަން ކަމަށާއި ރަނގަޅު މަސައްކަތެއް ފާހަގަކުރަން އަަބަދު ވެސް ތިބެނީ މަދު ބަޔަކު ކަމަށެެވެ.

"އަހަރެން އެންމެ ފަހުން ކޯޗު ކޮށްދިން ތިން ކްލަބަށް ބަލަމާ ހިނގާ. ޗެލްސީގައި އަހަރެން ޕްރިމިއާ ލީގު ހޯދިން. ޔުނައިޓެޑްގައި ތިން ޓްރޮފީ (ޔޫރޮޕާ ލިގާއި ލީގު ކަޕް އަދި ޗެރިޓީ ޝީލްޑް). ދެން ޓޮޓެންހަމް ގޮވައިގެން ލީގު ކަޕް ފައިނަލަކަށް ދިޔައިން. މިއީ އަހަރެންގެ ނަޒަރުގައި ފެއިލްވި މީހަކަށްވާނެ ކަމެއް ނޫން،" މޮރީނިއޯ ބުންޏެވެ.

ޖެހިލުންކުޑަ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ ޕޯޗުގަލްގެ މޮރީނިއޯ ވަނީ ކޯޗިން ކެރިއަރުގައި މިހާތަނަށް 25 ތަށި އުފުލާލައިފަ އެވެ. އޭނާ އެންމެ ފުރަތަމަ ފާހަަގަކުރެވުނީ ޕޯޗުގަލްގެ ޕޯޓޯގެ ކޯޗެއްގެ ގޮތުގަ އެވެ. އެ ޓީމަށް 2004 ގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނެވެ. ފަހުން މޮރީނިއޯ ވަނީ ތިން ގައުމެއްގައި ލީގު ޗެމްޕިއަންކަން ހޯދި މަދު ކޯޗުންގެ ތެރޭގައި ހިމެނިފަ އެވެ. އޭނާ ސްޕެނިޝް ލީގުގެ ތަށި އުފުލާލީ ރެއާލްގައި ހުރެ އެވެ.

އިންޓަ މިލާނަށް އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދައިދިން މޮރީނިއޯ ވަނީ މިިދިޔަ މެއި މަހު އިޓަލީގެ ރޯމާގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox