އެމާ އަށް ނޭވާލާން އުނދަގޫވީ ރެލީތައް ދިޔަ ގޮތުން

Jul 8, 2021, 10:59 AM
އެމާ އަށް ނޭވާލާން އުނދަގޫވީ ރެލީތައް ދިޔަ ގޮތުން

ލަންޑަން (ޖުލައި 8) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ގަދަ 16 ކުޅުންތެރިންގެ ބުރުގެ ތެރެއިން އުމުރުން 18 އަހަރުގެ އެމާ ރަޑުކާނީ ނޭވާލާން އުނދަގޫ ވެގެން މެޗު ދޫކޮށްލަން ޖެހުނީ ރެލީތައް ދިޔަ ގޮތުން ކަމަށް އޭނާ ބުނެފި އެވެ.

ވިމްބަލްޑަންގެ ހަތަރު ވަނަ ބުރުގެ މެޗު ހުއްޓާލަން ޖެހުނުއިރު، އޮސްޓްރޭލިއާގެ އައިލާ ޓޮމިއާނޮވިޗާ ދެކޮޅަށް އެމާ އޮތީ 4-6 0-3 އިން ފަހަތުގަ އެވެ. ފުރަތަމަ ސެޓުގެ ތެރެއިން އެމާ އަށް ނޭވާލާން އުނދަގޫތަކެއް ދިމާވި އެވެ. ދެ ވަނަ ސެޓު ފެށިގެން އޭމާ އަށް ނޭވާލުމުގައި އިތުރަށް ދަތިތަކެއް ދިމާވެ، ޓްރެއިނަރަށް ގޮވާލި އެވެ. ކޯޓުގެ ބެންޗު އޭރިއާގެ ގޮނޑިމަތީގައި ބައިންދައިގެން އެމާ އަށް ފަރުވާދިނުމަށް ފަހު ބެލި ބެލުމުގައި ހާލަތު ރަނގަޅުނުވާތީ އެންމެ ފަހުން ނިންމީ މެޗު ދޫކޮށްލާށެވެ.

"މެޗު އެ ގޮތަށް ދޫކޮށްލާފައި ދާން ޖެހުމުން އެއީ ވަރަށް ހިތްދަތިކޮށް ދިމާވި ކަމެއް. ހަގީގަތުގައި އަހަންނަށް ނޭވާ ލުމުގައި އުނދަގޫތަކެއް ދިމާވަން ފެށީ ވަރަށް އިންޓެެންސްކޮށް ރެލީތަކެއް (ވާދަވެރިކޮށް ގާތްގާތުގައި ގިނަ ބޯޅަތަކެއް ކުޅެން ޖެހުން) ދިޔަ ހިސާބުން. ދެން އަހަންނަށް ބޭނުންވާ ވަރަށް ފޯކަސް ކުރަން ހަގީގަތުގައި އުނދަގޫ ވެގެން ހާސްވީ،" ދާދި ފަހުން އޭ ލެވެލް އިމްތިހާނު ނިންމުމަށް ފަހު މުޅިން އަލަށް މި ފަހަރުގެ ވިމްބަލްޑަންގައި ވާދަކުރި އެމާ ބުންޏެވެ.

ދުނިޔޭގެ ރޭންކިންގެ 338 ވަނައިގައި އޮތް އެމާ އަކީ އަލަތު މުބާރާތެއްގެ ގޮތުގައި ގްރޭންޑް ސްލޭމަކަށް (ޓެނިހުގެ ބޮޑު މުބާރާތަކަށް) ނުކުމެ ގަދަ 16 ކުޅުންތެރިންގެ ތެރެއިން ފުރުސަތު ހޯދި އިންގްލެންޑަށް އުފަން އެންމެ ހަގު އަންހެން ކުޅުންތެރިޔާ އެވެ. އަނެއް ކޮޅުން މިއީ 2002 ވަނަ އަހަރަށް ފަހު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުުރުން އުމުރުން 18 އަހަރުގެ ކުޅުންތެރިއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

"މި މުބާރާތުގައި އެ ހުރިހާ ކަމެއް އެ ހިނގައިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި އަހަރެން ކުރި އުފާވެރި ތަޖުރިބާތައް ދުވަހަކު ވެސް ހަނދާނުން ނުފިލާނެ. މި ކޯޓަށް އެނބުރި އައިސް ރަނގަޅު ކުޅުމެއް ދައްކަން ބޭނުން. ކޮންމެ ކަމަކީ ވެސް ތަޖުރިބާއެއް،" ރޭންކިންގެ ކުރީގައި އޮތް ތިން ކުޅުންތެރިން އަތުން މި ފަހަރުގެ ވިމްބަލްޑަން މުބާރާތުގައި މޮޅުވި އެމާ ބުންޏެވެ.

އެމާ އަށް އެހެން ދިމާވީ ވިމްބަލްޑަން މުބާރާތް ޝެޑިއުލް ކޮށްފައި އޮތްގޮތުން ގާތްގާތުގައި ވާދަވެރި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކަމަށް ބުނެ، މުބާރާތުގެ އިންތިޒާމްތަކަށް މީޑިއާގެ ފާޑުކިޔުން އަމާޒުވި އެވެ.

ވިމްބަލްޑަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗުތައް ޝެޑިއުލް އޮންނަނީ އާންމުކޮށް ވެސް ޕްރޮފެޝަނަލް ޓެނިހުގައި ހުއްދަދޭ މިންގަނޑަށް ކަމަށާއި އެމާގެ ހާދިސާ އަކީ ކުއްލިއަކަށް ދިމާވި ކަމެއް ކަމަށެވެ.

އެމާ ބުނީ އޭނާ އަށް އެހެންދިމާވީ ޝެޑިއުލްގެ މައްސަލައަކުން ނޫން ކަމަށެވެ. އިތުރު މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހު ވަރަށް އަވަހަށް ޓްރެއިނިން ފަށައި ކުރިއަށް އޮތް މުބާރާތްތަކުގައި ވާދަކުރާނެ ކަމަށް އެމާ ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ވިމްބަލްޑަން އަށް ފަހު ދެން އިއުލާނުކުރާ ދުނިޔޭގެ ރޭންކިން އިން އެމާ އަށް ގަދަ 100 ކުޅުންތެރިންގެ ތެރެއިން ފުރުސަތު ލިބުމުގެ ފުރުސަތު ބޮޑެވެ. އަދި މި ފަހަރުގެ ވިމްބަލްޑަންގެ ތިން މެޗަކުން މޮޅުވެފައިވާތީ ފައިސާ އިނާމުގެ ގޮތުގައި އެމާ އަށް 250,000 ޑޮލަރު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox