ޑިޕްލޮމެޓުންގެ ހަބަރުތައް ގެނެސްދޭއިރު ސަމާލުވާން އަންގައިފި

Jul 8, 2021, 9:31 AM
ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލު ކުރަނީ: ޑިޕްލޮމެޓުންގެ ހަބަރު ގެނެސްދޭއިރު ސަމާލުވުމަށް އެމްއެމްސީން އެދޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލު ކުރަނީ: ޑިޕްލޮމެޓުންގެ ހަބަރު ގެނެސްދޭއިރު ސަމާލުވުމަށް އެމްއެމްސީން އެދޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުންގެ ހަބަރުތައް ގެނެސްދޭއިރު ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު އަންގައިފި އެވެ.

އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ރޯހިތުއާ ގުޅޭ ގޮތުން "ދިޔަރެސް" ނޫޙުގައި ލިޔުނު ރިޕޯޓެއްގެ މައްސަލަ ބަލަން، އެމްއެމްސީއަށް މަޖިލީހުން ވަނީ އަންގައިފަ އެވެ. އިންޑިއާ ހައިކޮމިޝަނުން ވެސް ވަނީ ދިޔަރެސް ނޫހުގެ މައްސަލަ ބަލައިދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފަ އެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަފީރުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމޭޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔުންތައް ޝާއިއު ކުރާ ކަމުގެ ޝަކުވާ ކަމާ ބެހޭ އެކި ފަރާތްތަކުން އެ ކައުންސިލަށް ހުށަހަޅައިފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ހަބަރުތައް ފެތުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެއާއި ދޭދޭ ގައުމުތަކާއެކު އޮތް ގުޅުމަށް ބުރޫއަރައި، ވަކި ގައުމަކާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލު ލުވުމުގެ ސަބަބުން މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މި ކައުންސިލުން ދެކޭ ގޮތުގައި އެއްވެސް ގައުމަކާމެދު އޮންނަ ހާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ކަނޑައެޅިގެން ދޮގު ހަބަރު ފެތުރުމަކީ، އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫން،" ބަޔާނުގައިވެ އެވެ.

އެމްއެމްސީން ބުނީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހަމަތަކާއި ގަވައިދުތަކާ އެއްގޮތަށް ހަބަރު ފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ހުރިހާ ބައިނަލް އަގުވާމީ މުއާހަދާތަކަށްވެސް އިހުތިރާމްކުރުމާއެކު، ހަބަރާއި މައުލޫމާތު ފެތުރުމުގައި އަންގައިފައިވެ އެވެ.

އެމްއެމްސީން ބަޔާން ނެރެފައިވާއިރު ރޯހިތުގެ މައްސަލާގައި އެ ކޮމިޝަނުން އަމަލު ކުރި ގޮތެއް ލިޔުމުން މަޖިލީހަށް ހުށަހަޅަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox