ސަރުކާރަށް ގިނަ ހުށަހެޅުންތަކާއެކު ހަމަލާގެ އިންކުއަރީ ރިޕޯޓު ފާސްކޮށްފި

މިރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓު ފާސްކުރަން މެމްބަރުން ވޯޓު ދެއްވަނީ. -ފޮޓޯ: މަޖިލިސް

މިރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓު ފާސްކުރަން މެމްބަރުން ވޯޓު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބެލީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން ހިންގި ތަހުގީގަށް 50 އަށް ވުރެ ގިނަ ފަރާތް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ކޮމިޓީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކޮށް، ރިޕޯޓު ފާސްކުރުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އެ ރިޕޯޓު އެކުލަވާލުމުގައި ކުރެވުނު މަސައްކަތްތަކާއި އޭގައި ހިމެނޭ މުހިންމު ބައިތަކަށް ކޮންމެވެސް މިންވަރަކަށް އަލިއަޅުވާލައްވައިފަ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ޖުމްލަ 236 ގަޑުގެ ރިޕޯޓު އާއްމުކުރާއިރު، ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް އުނިކުރުމަށް ކޮމިޓީން ނިންމާފައި ވެ އެވެ.

ނަމަވެސް، އެ ރިޕޯޓު ރައީސާއި، މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރާ ހިއްސާކުރާއިރު، އެ ހުރިހާ މައުލޫމާތެއް ހިމެނޭނެކަން އަސްލަމް ފާހަގަކުރެއްވި އެވެ.

އެ ރިޕޯޓުގައި އިންކުއަރީގެ އަމާޒާއި، ސްކޯޕްގެ އިތުރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނާފައިވާއިރު، ނަޝީދަށް ހަމަލާދިނުމުގެ ކުރިންނާއި ފަހުން ކަން ހިނގާދިޔަ ގޮތް ވެސް ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ބަލާފައިވާނެ އޭޑީކޭ ހޮސްޕިޓަލްގެ ސަރަހައްދުގައި ސެކިއުރިޓީގެ ކަަންކަން އޮތްގޮތް. މިބައިގައި ބަލާފައިވާނެ ތިން ކަމެއް. އަދި އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާ ތެރެއިން ފެނުނު ފިސްތޯލަ އާއި ގުޅޭގޮތުންވެސް ބަލާފައިވާނެ. އެކަމާއި ގުޅޭގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ހަތަރު ކަމެއް ވާނީ ހިމަނާފައި،" އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން، ކަމާގުޅޭ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު އެއްކުރުމާއި ހިއްސާކުރުމުގައި ކުރާ މަސައްކަތްތަކާއި ހަމަޖެހިފައިވާ އުސޫލުތައް ރިޕޯޓުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެކަމުގެ ތަފްސީލީ މައުލޫމާތު އާއްމުނުކުރާނެކަމަށް ވިދާޅުވި އެވެ.

ހަމަލާއާ ގުޅިގެން ކޮމިޓީގެ ގިނަ ރެކަމެންޑޭޝަނުތަކެއް

އެފަދަ ހަމަލާއެއް ތަކުރާރުވިޔަނުދީ، ރާއްޖޭގައި ދީނީ ހައްދުފަހަނައެޅުމުގެ ފިކުރާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އެ ރިޕޯޓުގައި ކޮމިޓީގެ ފަރާތުން ޖުމްލަ 45 ރެކަމެންޑޭޝަނެއް ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާ ދެމެދު އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ހިއްސާކުރުމަށްޓަކައި ހާމަނައިޒްޑް ޑާޓާ ސިސްޓަމެއް އެކުލަވާލުމުގެ އިތުރުން، ގައުމީ އިންޓެލިޖެންސް ގާނޫނެއް ވުޖޫދުކުރުން ހިމެނެ އެވެ.

އަދި ގައުމީ ސަލާމަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް، ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރެއް އައްޔަނުކުރަން ކޮމިޓީން ވަނީ ލަފާދީފަ އެވެ.

ނަޝީދަށް ހަމަލާ ދެވުމުގައި އިންޓެލިޖެންސް ފެއިލްވުމުގެ ތުހުމަތުކުރެވޭއިރު، ކޮމިޓީން ވަނީ އެ ހަމަލާއާ ގުޅިގެން އިހުމާލުވާ ފަރާތްތަކެއްވާނަމަ، އެކަންކަން އިތުރަށް ބަލައި، ފިޔަވަޅުތައް އެޅުމަށް ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން، ނަޝީދަށް އޮތް ތުރެޓު ލެވެލާ އެއް ފެންވަރުގެ ސެކިޔުރިޓީއެއް ފޯރުކޮށްދީ، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި 24 ގަޑިއިރު ހަތިޔާރާއެކު ފޯރިމެރުމުގެ އިތުރުން، އެ ސަރަހައްދުގައި ސީސީޓީވީ ހަރުކޮށް ބެލެހެއްޓުމަށް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

އެ ރެކަމެންޑޭޝަންތަކާއެކު އެ ރިޕޯޓު ފާސްކޮށްފައިވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 13 މެމްބަރުން އިއްތިފާގުންނެވެ.

އެ ރިޕޯޓު ފާސްވުމުން، ކޮމިޓީގެ މެމްބަރުން ކުރެއްވި ބުރަ މަސައްކަތްތަކަށް އަސްލަމް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އެ ރިޕޯޓުގައި ހިމެނޭ ބައެއް އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު އާއްމުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox