އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގެ ވާހަކަ ސައުތުގޭޓަށް ޝައުގުވެރިއެއް ނޫން

Jul 7, 2021, 9:47 AM
އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގެ ވާހަކަ ސައުތުގޭޓަށް ޝައުގުވެރިއެއް ނޫން

ލަންޑަން (ޖުލައި 7) - އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގެ ވާހަކަ އަކީ އޭނާ އެހާ ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫން ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ބޮޑު މުބާރާތަކަށް އިންގްލެންޑުން މިހާތަނަށް ކާމިޔާބުކުރި ހަމައެކަނި މުބާރާތަކީ 1966 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ފީފާ ވޯލްޑް ކަޕް އެވެ. އޭގެ ފަހުން އެ ޓީމަށް ބޮޑު މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރެވުނީ ވެސް ހަ ފަހަރު އެވެ. އޭގެ ތެރެއިން ދެ ސެމީ ފައިނަަލަށް ދިޔައީ ސައުތުގޭޓްގެ ކޯޗުކަމުގަ އެވެ.

ފަންސަވީސް އަހަރު ތެރޭ އިންގްލެންޑުން ޔޫރޯގައި ކުޅޭ ފުރަތަމަ ސެމީ ފައިނަލް މެޗުގައި އެ ޓީމުން މިރޭ ޑެންމާކާ ބައްދަލުކުރާނެ އެވެ. އިންގްލެންޑަށް މިހާތަނަށް ޔޫރޯ ފައިނަލެއްގައި ކުޅުމުގެ ނަސީބު ވެސް އަދި ލިބިފައެއް ނުވެ އެވެ. މިރޭގެ މެޗުން މޮޅުވެގެން އިންގްލެންޑަށް ފުރަތަމަ ފަހަރަށް ޔޫރޯ ފައިނަލުން ފުރުސަތު ހޯދޭނެ އެވެ.

"އަހަރެމެން ހީކުރާހާ ވަރުގަދަ ތާރީހެއް އަހަރެމެންގެ ފުޓްބޯޅައަކު ނެތް. އެއީ އަހަރެން އިންގްލެންޑްގެ ފުޓްބޯޅަ ތާރީހާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ސަބަބު. އަހަރެންގެ ވިސްނުމަކީ ތާރީހުގައި ލިޔެވޭފަދަ ކާމިޔާބެއް ހޯދުން،" މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ސައުތުގޭޓް ބުންޏެވެ.

އަހަރެމެންނަށް އަދި ޔޫރޯ ފައިނަލްގެ ފުރުސަތެއް ނުލިބޭ. މިއީ އެކަން ހާސިލްކޮށް ތާރީހުގައި ލިޔެލަން ފުރުސަތެއް. މިއީ ކޮންމެ ކުޅުންތެރިއަކު ވެސް ޝައުގުވެރިވާނެ ކަމެއް - ސައުތުގޭޓް

މިރޭ އިންގްލެންޑުން ޔޫރޯގެ ސެމީ ފައިނަލުގައި ކުޅޭ ޑެންމާކަކީ 1992 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަނުންނެވެ. އިންގްލެންޑުން މިރޭގެ މެޗަށް ނުކުންނައިރު، ވިސްނަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ޑެންމާކުން މި މުބާރާތް ކާމިޔާބުކޮށްފައިވުން ހިމެނެ އެވެ. ސައުތުގޭޓް ބުނީ އެ ތަޖުރިބާކޮށްފައި އޮތް ފުޓްބޯޅަ ސަގާފަތެއް އޮތުމުން ކޮންމެވެސް ވަރަކަށް އެ މީހުންނަށް ތައްޔާރީތަކުގައި ފަސޭހަވާނެ ސަބަބުތަކެއް ހުންނާނެ ކަމަށެެވެ.

"އަހަރެމެންގެ ގައުމުގެ ފުޓްބޯޅައިގައި އުޅޭ މީހުންނަށް މިކަން އެހާ މުހިއްމު ކަމަކަށް ނުވެދާނެ. އެކަމަކު މިއީ އަހަންނަށް މުހިއްމު ކަމެއް،" ސައުތުގޭޓް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގައި މިހާތަނަށް އިންގްލެންޑް ކޮޅަށް ގޯލެއް ވަދެފައި ނުވެ އެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ވެސް ސެމީ ފައިނަލަށް އައި ޓީމެއްގެ އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑެވެ. ސައުތުގޭޓް ބުނީ ގޯލެއް ވަދެފައި ނެތް ކަމުގައި ވިޔަސް ކޮންމެ ހާލަތަކަށް ވެސް އޭނާގެ ޓީމުން ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

އިންގްލެންޑުން 2018 ވަނަ އަަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކްރޮއޭޝިއާ އަތުން ބަލިވިއިރު، އެ މެޗުގައި ހިނގައިދިޔަ ކަންތައްތަކުން ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

"ތަޖުރިބާތަކެއް ލިބިއްޖެ މިހާތަނަށް ވެސް. ރަނގަޅު ކުރެވޭނެ ކަންކަމަށް އަދިވެސް ފޯކަސް ކުރުން އަހަންނަށް މުހިންމީ،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނީ ކާމިޔާބު ހޯދަން ބޭނުންވާ ކަމަށް ބުނެ، ގިނަ ވާހަކަތަކެއް ދެއްކިދާނެ ކަމަށާއި މިއީ އެކަން ހާސިލްކުރަންވީ ވަގުތު ކަމަށެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މިދިޔަ އަހަރު ޑެންމާކުން ވަނީ އިންގްލެންޑާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޑެންމާކުގައި ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އިންގްލެންޑާ އެއްވަރުވެފަ އެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު ވެމްބްލީގައި ކުޅުނު މެޗުން ޑެންމާކް ވަނީ 1-0 އިން އިންގްލެންޑް ބަލިކޮށްފަ އެވެ. ޑެންމާކްގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން ކްރިސްޓިއަން އެެރިކްސަން އެވެ.

ވެމްބްލީގައި މިރޭ ޑެންމާކާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox