އިޓަލީ ފައިނަލަށް ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއްނުކުރި: މަންޗިނީ

Jul 7, 2021, 6:45 AM
ރޭގެ މެޗަށް ފަހު މަންޗިނީ (ކ) ސްޕެއިނުގެ ކޯޗު އެންރީކޭއާ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗަށް ފަހު މަންޗިނީ (ކ) ސްޕެއިނުގެ ކޯޗު އެންރީކޭއާ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖުލައި 7) - ޔޫރޯ ފުޓްބޯޅަ މުބާރާތް ފެއްޓުމުގެ ކުރިން މި ފަހަރުގެ ފައިނަލުގައި އިޓަލީ ވާދަކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

އިޓަލީން ވަނީ ރޭ ސްޕެއިން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. އިޓަލީ ފައިނަލުން ފުރުސަތު ހޯދީ މިހާތަނަށް މުބާރާތުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 33 މެޗުން ބަލިވެފައި ނުވެ އެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގައި ރެކޯޑެކެވެ.

ރޭގެ މެޗަށް ފަހު މަންޗިނީ ބުނީ ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީ އަށް ލިބުމާ އެކު ލިބޭ އެއް ހިތްހަމަޖެހުމަކީ އެ ޓީމާ މެދު ސުވާލު އުފެއްދި ބައެއް މީހުންނަށް ޖަވާބެއް ދެވުން ކަމަށެވެ.

"ގާތްގަނޑަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރި އަހަރެމެންނަށް މިކަން ކުރެވޭނެ ކަމަށް (ފައިނަލުގެ ޖާގައެއް ހޯދޭނެ ކަމަށް) އެކަމަކު ވެސް އަހަރެމެން މި ތިބީ ފައިނަލުގައި. މިއީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް،" މަންޗިނީ ބުންޏެވެ.

ރޭގެ މެޗުގައި ސްޕެއިނުން ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އިޓަލީން ވަނީ ސްޕެއިން ހިފެހެއްޓުމުގައި ކުރިހޯދައިފަ އެވެ. އިޓަލީ މޮޅުވީ ތަޖުރިބާގެ އެހީ އާއި ބުރަ މަސައްކަތުންނެވެ. މަންޗިނީ ބުނީ ފުޓްބޯޅައިގައި ބައެއް މެޗުތަކަކީ އެންމެ ފުރިހަމަ އަށް ނުޅެވުނަސް ނަތީޖާ އިން ހިތްހަމަޖެހުން ހޯދަން ޖެހޭ މެޗުތަކެއް ކަމަށެވެ.

"ތެދެއް ތިއީ. ބޯޅަ ހިފަހައްޓައިގެން ކުޅުމުގައި ސްޕެއިނަކީ އެ ފަދަ ދެ ވަނަ އެއް ނެތް ޓީމެއް. އެ މީހުން މި މެޗުގައި ވެސް އެކަން ކުރި. އަހަރެމެން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކުރީ މަސައްކަތް. ޕެނަލްޓީ އަކީ ލޮޓަރީއެއް ކަހަލަ ކަމެއް. އަހަރެން ސްޕެއިނުން ކުރި މަސައްކަތް ފާހަގަކުރަން،" މަންޗިނީ ބުންޏެވެ.

ރޭގެ މެެޗުގެ ތެރެއިން އެންރީކޭ އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އޭއެފްޕީ

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން ސްޕެއިން ކެޓި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ސްޕެއިނުން ސެމީ ފައިނަލްގައި ކުޅުނު ފަސް ފަހަރު ވެސް ވަނީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި ފަހަރުގެ މުބާރާތުގެ މިހާ ހިސާބުން އިޓަލީ އަތުން ބަލިވި ކަމުގައި ވިޔަސް އެއީ އޭނާ ހިތާމަކުރާނެ ކަމެއް ނޫން ކަމަށެވެ.

"ބަލިވުމުގެ މާޔޫސްކަން ހުންނާނެ. އެކަމަކު ބައްޔަކީ ވެސް ފުޓްބޯޅައިގެ ބައެއް. މިއީ އަހަރެން ހިތާމަވެރިވާން ޖެހޭ ކަމެއް ކަމަށް ނުދެކެން. ބަލިވެގެން މޮޅުވެސް ވެވޭނީ. އަހަރެމެންގެ މި އޮތް ޒުވާން ޓީމަށް މިއީ ތަޖުރިބާއެއް. ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މޮޅުވީ. ސެމީގައި ބަލިމިވީ ހަމަ ޕެނަލްޓީން. ޕެނަލްޓީ އަކީ ނަސީބާ ވެސް ގުޅިފައި އޮންނަ ކަމެއް،" އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ އިޓަލީން ހޯދި މޮޅަށް އެ ޓީމަށް މަރުހަބާ ކިޔާ ކަމަށާއި މުޅި މުބާރާތުގައި ދެއްކި ކުޅުމަށް ބަލާއިރު، އިޓަލީ އަށް ފައިނަލުގެ ފުރުސަތު ލިބުމާ ދެކޮޅަށް ވާހަކަ ދައްކާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

ރޭގެ މެޗުގައި ސްޕެއިން 1-0 އިން ބަލިވެފައި ވަނިކޮށް އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އަލްވާރޯ މޮރާޓާ އެވެ. އެކަމަކު، ޕެނަލްޓީގައި ސްޕެއިން ބަލިވީ މޮރާޓާ އަތުން ނާކާމިޔާބުވި ޕެނަލްޓީ އަށް ފަހު އެވެ. އެންރީކޭ ބުނީ މޮރާޓާ މި މެޗުގައި ކުޅުނީ އަނިޔާއެއްގައި ހުރެ ކަމަށާއި އެ ހާލަތުގައި ހުރެ ވެސް ޓީމަށް އެހީވާން އޭނާ ކުރި މަސައްކަތުގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox