"ކޭން އަކީ ރޮނާލްޑޯ ކަހަލަ ނުރައްކާ ކުޅުންތެރިއެއް"

Jul 7, 2021, 4:08 AM
"ކޭން އަކީ ރޮނާލްޑޯ ކަހަލަ ނުރައްކާ ކުޅުންތެރިއެއް"

ލަންޑަން (ޖުލައި 7) - އިނގިރޭސި ޓީމުގެ ކެޕްޓަން ހެރީ ކޭން އަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަހަލަ ނުރައްކާ ކުޅުންތެރިއެއް ކަމަށް ޑެންމާކްގެ ކުރީގެ ކޯޗު އާގާ ހެރައިޑް ބުނެފި އެވެ.

ޔޫރޯގެ ސެމީ ފައިނަލްގައި މިރޭ ޑެންމާކާއި އިންގްލެންޑް ބަައްދަލުކުރާނެ އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ކުޅޭނީ އިޓަލީއާ އެވެ. އިޓަލީ ފައިނަލުން ފުރުސަތު ހޯދީ ރޭ ޕެނަލްޓީ ޖަަހައިގެން ސްޕެއިން ބަލިކުރުމަށް ފަހު އެވެ.

މި ފަހަރުގެ ޔޫރޯގައި އިންގްލެންޑް ކުޅުނު ފުރަތަމަ ތިން މެޗުގައި ކޭން އަށް ގޯލެއް ނުޖެހުނު ކަމުގައި ވިޔަސް ކޭން ވަނީ ނޮކައުޓް ފުރަތަމަ ބުރުގައި ޖަރުމަނު ކޮޅަށް އެއް ގޯލު އަދި ކުއާޓާ ފައިނަލުގައި ޔޫކްރެއިން ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ.

ހެރައިޑް ގަބޫލުކުރާގޮތުގައި މިރޭގެ މެޗުން އިންގްލެންޑް މޮޅުވާނަމަ ތަފާތަކަށްވާނީ ކޭން އެވެ.

"ކޭން އަކީ ރޮނާލްޑޯ ކަހަލަ ނުރައްކާ ކުޅުންތެރިއެއް. އޭނަ އަށް ފުރުސަތެއް ދީފިއްޔާ ގޯލު ޖަހާނެ،" ހެރައިޑް ބުންޏެވެ.

އޭނާ ބުނީ ކޭން އަށް ފުރަތަމަ މެޗުތަކުގައި ގޯލު ނުޖެހުނަސް އެއީ މާ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަން އޭނާގެ މަސައްކަތުގެ ރޭޓް ހުރި މިންވަރުން އެނގުނު ކަމަށެވެ.

"ފުރަތަމަ މެޗުތަކުގައި ކޭންގެ ނަސީބު ވެސް ނެތީ. ބައެއް ފަހަރު އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ނުކުޅެވޭ ފަހަރު އަންނާނެ. އެ ގޮތަށް ވިސްނާއިރު ކޭން އަށް ފުރަަތަމަ މެޗުތަކުގައި ނަސީބު ދެރަކޮށް ދިޔައީ. އެކަމަކު، އޭރު ވެސް ފެނުނު އެއް ޕާސް ނޫނީ ދެ ޕާސް ލަސްވެގެން ކޭން އަށް ރަނގަޅު ވަގުތު ބޯޅަ ނުދެވި ކަހަލަ ގޮތަކަށް އެ މެޗުތަކުގައި ދިޔައީ،" ހެރައިޑް ބުންޏެވެ.

ޑެންމާކުން މިރޭގެ ސެމީ ފައިނަލުގައި ނަތީޖާއެއް ނެރޭނަމަ ކޭން ހިފަހައްޓަން ޖެހޭނެ ކަމަށް ހެރައިޑް ބުނެފައިވެ އެވެ.

މި ފަހަރުގެ ޔޫރޯ އަކީ މިދިޔަ އަހަރު ބާއްވަން ފުރަތަމަ ތާވަލުކުރި މުބާރާތެކެވެ. އެކަމަކު ކޮވިޑާ ހެދި ފަސްުކުރަން ޖެހުނީ އެވެ.

މިދިޔަ އަހަރު ޔޫރޯ ބޭއްވި ނަމަ ޑެންމާކަށް ކޯޗުކޮށްދޭނީ ހެރައިޑް އެވެ. ޔޫރޯ ކޮލިފައިންގައި ޑެންމާކަށް ކޯޗުކޮށްދިނީ ހެރައިޑް އެވެ. އެކަމަކު، މިދިޔަ އަހަރު ޖުލައި އަށް ހެރައިޑްގެ ކޮންޓްރެކްޓް ހަމަވެ، އޭނާ އެ ޓީމު ދޫކޮށްލަން ޖެހުނީ އެވެ. ހެރައިޑްގެ ކޯޗުކަމުގައި ޑެންމާކް އެންމެ ފަހުން ކުޅުނު 34 މެޗުގައި ބަލިނުވެ އެވެ.

ހެރައިޑް ވަނީ މިހާރު ޑެންމާކުގައި ހުރި ކޯޗު ކެޝްޕާ ހިއުލްމަންޑް ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު، އިންގްލެންޑަކީ ފޭވަރިޓުން ކަމުގައި ވިޔަސް ނަތީޖާއެއް ނެރެވޭ ފެންވަރު ޑެންމާކް ޓީމުގެ އެބަހުރި ކަމަށް ހެރައިޑް ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox