ފޭސްބުކް ޑީލް ނިމިއްޖެ، ކުރިއަށް އޮތް ސީޒަނުން ފެށިގެން ލަލީގާ ޓީވީން ދައްކާނެ

Jul 6, 2021, 6:56 AM
ފޭސްބުކް ޑީލް ނިމިއްޖެ، ކުރިއަށް އޮތް ސީޒަނުން ފެށިގެން ލަލީގާ ޓީވީން ދައްކާނެ

ނިއު ދިއްލީ (ޖުލައި 6) - މިދިޔަ ތިން އަހަރު ރާއްޖެ ހިމެނޭ ގޮތަށް އިންޑިއަން ސަބް ކޮންޓިނެންޓަށް ސްޕެނިޝް ލީގު (ލަލީގާ) ވަގުތުން ދައްކާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް އިން ނަމަވެސް އަންނަ ސީޒަނުން ފެށިގެން ޓީވީން ލަލީގާ މެޗުތައް ދައްކަން ނިންމާފައިވާ ކަމަށެވެ.

އަންނަ ސީޒަނުން ފެށިގެން ތިން އަހަރަށް އިންޑިއަން ސަބް ކޮންޓިނެންޓްގައި ސްޕެނިޝް ލީގު (ލަލީގާ) ދެއްކުމުގެ ރައިޓްސް ގަނެފައިވަނީ ވަޔަކޮމް18 ޔޫތު ޗެނަލެއް ކަމަށްވާ އެމްޓީވީންނެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން ޖިއޯ އާއި ވޫޓް ޕްލެޓްފޯމްތަކުން ލަލީގާ މެޗުތައް ފެންނާނެ ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެ އެވެ.

ލަލީގާ އިން އިންޑިއާ އަށް ހަމަޖައްސާފައިވާ ޑިރެކްޓަރު ހޯސޭ އެންޓޯނިއޯ ވިދާޅުވީ މީގެ ތިން އަހަރު ކުރިން ފޭސްބުކަށް ލަލީގާގެ ރައިޓްސް ދިން އެންމެ ބޮޑު ސަބަބަކީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ގޮތުން ކަމަށާއި އަލުން ޓީވީން ދައްކާ ގޮތަށް ހަމަޖެއްސީ ރަނގަޅަށް ހުރިހާ ކަމެއް ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

"ފޭސްބުކް މެދުވެރިކޮށް ދެއްކިއިރު ކުރެވުނު ދިރާސާތަކުން ތަފާތު ހިޔާލުތަކެއް ލިބުނު. ދެން އެ ވިސްނުންތައް ހިފައިގެން އަލުން ޓީވީ އަށް އެނބުރި މިއައީ. އިންޑިއަން ސަބް ކޮންޓިނެންޓަކީ ލަލީގާގެ ވަރަށް ބޮޑު ފޭންބޭސް އެއް އޮތް ސަރަހައްދެއް،" އެންޓޯނިއޯ ވިދާޅުވި އެވެ.

އިންޑިއަން ސަބް ކޮންޓިނެންޓަކީ 1.3 ބިލިއަން މީހުންނަށް ވުރެ ބޮޑު އާބާދީއެއް ކަމަށާއި ލަލީގާ އަށް އަހަރެއްގެ މައްޗަށް ބަލާއިރު މި ސަރަހައްދުން ބޮޑު މާލީ މަންފާއެއް ކުރާ ކަމަށް އެންޓޯނިއޯ ވަނީ ފާހަގަކޮށްފަ އެވެ.

އެންމެ ކުރިން ސޮނީ ޕިކްޗާ ނެޓްވޯކުން ލަލީގާގެ ރައިޓްސް ގަތީ ސީޒަނަކަށް 32 މިލިއަން ޑޮލަރަށެވެ. ރިޕޯޓްތައް ބުނާގޮތުން ތިން އަހަރު ކުރިން ފޭސްބުކް އިން އެ ރައިޓްސް ހޯދީ ސީޒަނަކަށް ބަލާއިރު، 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ލަލީގާ އަށް ފައިސާ ލިބޭ ޑީލެއްގެ ތެރެއިންނެވެ. މި ފަހަރު އަލުން ވަޔަކޮމް18 އަށް ލަލީގާގެ ރައިޓްސް ވިއްކި އަގެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox