ކުނީގެ ރާޅުތައް ބީއްސުން ދެ އަހަރުން ހުއްޓުވަން ހައްލުތަކެއް

މިނިސްޓަރު "އަދަދު"އާ ވާހަކަ ދައްކަވަނީ: ކުނީގެ މައްސަލަތަކަށް ދެ އަހަރުން ހައްލު ހޯދަން ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުން. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މިނިސްޓަރު "އަދަދު"އާ ވާހަކަ ދައްކަވަނީ: ކުނީގެ މައްސަލަތަކަށް ދެ އަހަރުން ހައްލު ހޯދަން ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުން. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރާއްޖޭގެ ރީތި މޫދާއި ގޮނޑުދޮށްތައް ކުނީގެ ރާޅުތަކުން ސަލާމަތް ނުކުރެވެންވީ ސަބަބެއް ނެތެވެ. އެކަން ވާން އެބައޮތެވެ;

ދެ އަހަރުން ނަތީޖާ ނެރެވޭނެ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވަނީ މިހާތަނަށް މި މައްސަލަ ހައްލުކުރުމުގައި އިސް ސަފުގައި ތިބެ ނަމޫނާ ހޯދަމުން އަންނަ ބައެއް އަތޮޅުތަކަށް ތައުރީފް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކުގައި މިހާރަށް ވުރެން ބޮޑަށް މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ އިގްތިސާދީ ގޮތުން ލޯ ސީޒަނެއް ނެތެވެ.

"ބައޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި ލޯ ސީޒަނަކީ މަންތާ ސީޒަން. އެ މަންތާ ބަލަން ވެސް އެބައާދޭ ޓޫރިސްޓުން. އެހެންވީމާ ތިމާވެށި ހިމާޔަތްކޮށްގެން އޭގެ އިގްތިސާދީ ނަފާ ވެސް ލިބޭނީ،" މިސާލެއްގެ ގޮތުން ބ. އަތޮޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް ކުނިން ތަޣައްޔަރުވެފައި: މިކަމަށް ހައްލު ހޯދެން އެބައޮތް.

މި ނަފާ ހޯދަން އެހެން އަތޮޅުތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނީގެ މައްސަލަ އެވެ. އުކާލާ ކުނިން މޫދު ތަޣައްޔަރުވެ، ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބުމުގެ އިތުރަށް ރާޅުތަކާ އެކު ގޮނޑުދޮށްތަކަށް ބީއްސަމުންދަނީ ހުސް ޕްލާސްޓިކެވެ.

މިކަމުން އަރައިގަނެ، ގޮނޑުދޮށްތަކުގެ ހިތްގައިމުކަން އިޔާދަކުރަން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. އެކަމަކަށް އަމާޒެއް ވެސް އެބައޮތެވެ.

މިނިސްޓަރު ޝައުނާ "އަދަދު"އަށް ވިދާޅުވި ގޮތުގައި ކުނީގެ މައްސަލަ ހައްލުކުރަން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަ ބަދަލުތަކާ އެކު ކުރު މުއްދަތަކުން ރާއްޖޭގައި ބޮޑު ހައްލެއް ފެންނާނެ އެވެ.

"ދޮޅު އަހަރާއި ދެ އަހަރުގެ ތެރޭގައި މި ބަދަލު ފެންނާނެ. އެންމެ ބޮޑަށް ކުނީގެ ގޮތުގައި މި ފެންނަ ބައެއް މާއްދާތައް އަޅުގަނޑުމެންނަށް މަދުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައުނާ "އަދަދު"އަށް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރާއްޖެއަށް ކުނިން ސަލާމަތްވެވޭނެ އެވެ. މިނިސްޓަރު މި ވިސްނުން ގެންގުޅުއްވަނީ، އާއްމު ދިރިއުޅުމަށް ގެންނަ ކުދިކުދި ބަދަލުތަކުން ވެސް ބޮޑު ހިއްސާއެއް މިކަމުގައި ވެވޭތީ އެވެ. ޕްލާސްޓިކް ފުޅިތަކުގެ ބަދަލުގައި، އަމިއްލަ ފެންފުޅިއެއް ބޭނުންކުރުމާއި ޕްލާސްޓިކް ކޮތަޅުތަކުގެ ބަދަލުގައި ފޮތި ކޮތަޅުތައް ބޭނުންކުރުން މިސާލެއްގެ ގޮތުގައި ދެއްކެވި އެވެ.

ރާއްޖޭގައި މިކަން ކާމިޔާބުކުރެވިދާނެ ކަމުގެ އަނެއް ހެއްކަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުނި މެނޭޖްކުރުމުގައި ބައެއް އަތޮޅުތަކުން ނަމޫނާ ދައްކާފައި ވުމެވެ.

އޭގެ ތެރޭގައި، ބ. މާޅޮހާއި ނ. ކުޑަފަރީ އާއި ރ. ވަންދު އާއި އއ. އުކުޅަސް ފަދަ ރަށްތަކަކީ ކުނި މެނޭޖްކުރުމުގައި އެންމެ ކުރީގައި ސަފުގައި ތިބި ބައެއް ރަށްތަކެވެ. އެހީދޭ ބައެއް ޖަމާއަތްތަކުގެ އެހީއާ އެކު ހިންގި ބައެއް މަޝްރޫއުތަކުން މި ރަށްތައް ކުރި ހޯދާފައިވާ އިރު އެހެން ރަށްތަކަށް މިކަން ކުރުވޭނެ މަގު އެބައޮތެވެ.

މިކަމުގައި އޮތީ ވިސްނުމަށް ގެންނަންވީ ބަދަލެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުނީގެ މައްސަލަ މިހާ ބޮޑުވެގެން އުޅެނީ ދިރިއުޅުމަށް ވެސް އައި ބަދަލުތަކާ އެކުގަ އެވެ. އާއްމު ދިރިއުޅުމުގައި, ފަނާ ނުވާ ޕްލާސްޓިކްގެ ބާވަތްތައް އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ސަރުކާރުން މިހާރު ވަނީ ޕްލާސްޓިކް މަދުކުރަން ގާނޫނަށް ބަދަލު ގެނެސްފަ އެވެ. އޭގެތެރޭގައި އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނު ވެސް ހިމެނެ އެވެ. އަދި ރާއްޖޭގައި އުފައްދާ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ބިލް މަޖިލީހުގައި އޮތް ކަން ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ, އެ ބިލް އަވަހަށް ނިމިގެން އައީމަ އެންމެ ބޮޑަށް ރާއްޖޭގެ ރަށްރަށުގެ އަތިރިމަތިން މި ފެންނަ ޕްލާސްޓިކް ކަމުގައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭވަރުގެ ބޮޑު ތަފާތެއް ފެންނާނެ" ޝައުނާ ވިދާޅުވި އެވެ.

ޕްލާސްޓިކް ފެން ފުޅިތައް ދޫކޮށްލުން

ފުޅީގައި ބަންދުކޮށްފައިވާ ފެން ރާއްޖޭގެ ރަށްތަކުގައި ބޭނުންކުރަނީ އެކަށީގެންވާ ބޯފެނުގެ ނިޒާމެއް ގާއިމްކުރެވިފައި ނުވާތީކަން ފާހަގަކުރައްވައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ފެށެންވާ އިރަށް ފެނާއި ނަރުދަމާގެ ނިޒާމްގެ ހިދުމަތް ހުރިހާ ރަށަކަށް ވެސް ފޯރުކޮށްދިނުން ކަމަށެވެ.

އޭގެ އިތުރަށް އިސްކުރު ފެނަކީ ރައްކާތެރި ފެނުގެ ރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި އިތުބާރު އުފެއްދުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން އޮތީ ރާވައިފަ އެވެ. އެއީ، ޕްލާސްޓިކް ފެން ފުޅި ބޭނުންކުރުން މަދުކުރަން ރާވާފައި ހުރި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެކަން ކުރިއަށް ގެންދަން އެމްޑަބްލިއުއެސްސީއާ އެކު މަޝްވަރާތަކެއް ވެސް ވަނީ ފަށައިފަ އެވެ.

"އަޅުގަނޑުމެން މިވަނީ މާލޭގެ ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައި ވޯޓާ ފައުންޓަންސް ބަހައްޓަން،" ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ޔަގީންކުރައްވާ ގޮތުގައި މި ގެންނަ ބަދަލުކުގެ އަމާޒުހުރީ ރަނގަޅު މިސްރާބަކަށެވެ.

"އެންމެ ބޮޑަށް ކުނީގެ ގޮތުގައި މި ފެންނަ މާއްދާތައް މަދުކުރެވި, އަޅުގަނޑު އުއްމީދުކުރަނީ ދެ އަހަރާއި ދޮޅު އަހަރާ ދޭތެރޭގައި މި ބަދަލު މަގުމަތިން ފެންނާނެ ކަމަށް," ޝައުނާ ވިދާޅުވި އެވެ.

ގެއާ ހިސާބުން ހައްލެއް: ކުނީގެ ބާވަތްތައް ވަކިކުރުން

ކުނި މެނޭޖްކުރުމުގައި ކައުންސިލްތަކުގެ ދައުރާއި ޒިންމާ މިހާރަށް ވުރެން ބޮޑުކުރަން ވެސް ސަރުކާރުން ވަނީ ވިސްނައިފަ އެވެ. އެކަމަށް އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ގޭބިސީތަކުން ކުނި ނަގާއިރު އެކި ބާވަތްތައް ވަކިކޮށްފައި ބަހައްޓަންޖެހޭ ގޮތަށް ކުންޏާ ބެހޭ ގަވާއިދު އިސްލާހުކުރަން އޮތީ ނިންމައިފަ އެވެ. އޭރުން، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލެ ފިޔަވައި އެހެން ހުރިހާ ސަރަހައްދުތަކުގައި މި އުސޫލުން އަމަލުކުރަން ލާޒިމްވާނެ އެވެ.

ބޭނުމަކީ، ކުނި ނައްތާލަން ކަނޑައަޅާފައިވާ ސަރަހައްދުތައް ނުވަތަ ފެސިލިޓީސްތަކާ ހަމައަށް ގެންދާއިރު ވެސް ފަސޭހަތަކެއް ހޯދުމުވެ. އެތަންތަނަށް ގެންދާނީ ރަށުގައި ނައްތާނުލެވޭ ޒާތުގެ ކުންޏެވެ.

ރ. ވަންދު އަށް ނުވަތަ ތިލަފުއްޓަށް ކުނި މިހާރު ގެންދާ ގޮތުންބުރަ އަދި އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގެއާ ހިސާބުން ހަގީގަތުގައި ކުންޏަށް ހައްލު ގެނައުމުގެ މަސައްކަތް މި ފަށައިގަންނަން ޖެހެނީ," ޝައުނާ ވިދާޅުވި އެވެ.

"ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމަކީ ވެސް އަޅުގަނޑުމެންގެ ސިޔާސަތެއް. އެހެންވީމަ ވެޓް ވޭސްޓް ރަށުގައި މެނޭޖްކުރެވިދާނެ އެނގި އޭގެއިން ވަޒީފާތައް ލިބޭނެ ކަން އެނގުނީމަ މިކަމަށް އިތުރު ބާރެއް ލިބޭނެ."

ކުނީގެ މައްސަލަ ހައްލުކުރުމުގައި، ވިސްނުމަށް އަދި ހިފާގެންގުޅޭ ސާމާނަށް ބަދަލު ގެނައުމަކީ އެންމެ ބޮޑު އެއް ހައްލު ކަމަށް ވިދާޅުވެ ޕްލާސްޓިކާ އެންމެން ދުރަށް ދިއުމުގެ ވިސްނުން ކުރިއަށް ނެރެން މިނިސްޓަރު އެދިވަޑައިގަތެވެ.

ރިސޯޓްތަކުން މޫދަށް ކުނި އުކާލާ މައްސަލަ!

މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި މޫދަށް ކުނި އުކާލާކަށް ރިސޯޓްތަކުން ވެސް ބޭނުމެއް ނުވެ އެވެ. ސަބަބަކީ އޭގެއިން އެންމެ އުނދަގޫވާނެ އެއް ބަޔަކީ ނުވަތަ އެ މަންޒަރު އެންމެ ބޮޑަށް ފެންނާނެ އަދި ހިތްހަމަނުޖެހޭނެ ބަޔަކީ ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދުތަކުން ހިތްހަމަޖައްސަން އަންނަ ޓޫރިސްޓުންނެވެ.

ރިސޯޓްތަކުން ކުނިތައް ދޯންޏަކަށް ލާފައި ފޮނުވާލުމުން އެ މީހުންގެ ޒިންމާ ނިމި، ދެން ރަނގަޅަށް މޮނިޓާ ނުކުރެވުމަކީ ވެސް މިކަމުގައި އޮތް ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ މަޝްވަރާ ކުރެވިފައި އެބަހުރި ކުނި ވެސަލްގައި ރަނގަޅަށް މޮނިޓާކުރެވޭނެ ނިޒާމެއް ހޯދުން، އެއީ ކެމެރާ ހަރުކޮށްގެން ނަމަވެސް،" ޝައުނާ ވިދާޅުވި އެވެ.

މި މަޝްވަރާތަކުން ގޮތްތަކެއް ހޯދަން ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކުގެ އެއްބާރުލުން ލިބޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަގުތުކޮޅެއް ނެގިއަސް އަމާޒުގައި މަސައްކަތް ކުރެވިއްޖެ ނަމަ ކުނީގެ މައްސަލަ ހައްލުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox