ބެލްޖިއަމް ކޯޗުގެ މަގާމުގައި މާޓީނޭޒް ދެމިހުންނާނެ

Jul 5, 2021, 3:02 PM
ބެލްޖިއަމް ކޯޗުގެ މަގާމުގައި މާޓީނޭޒް ދެމިހުންނާނެ

ބްރުސެލްސް (ޖުލައި 5) - ބެލްޖިއަމްގެ ކޯޗު ކަމުން ރޮބާޓޯ މާޓީނޭޒް ވަކިކުރުމުގެ ވިސްނުމެއް ނެތްކަމަށާއި އެއްބަސްވުމާ އެއްގޮތަށް އޭނާ ދެމިހުންނާނެ ކަމަށް ބެލްޖިއަމް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.

މާކް ވިލްމޮޓްސްގެ ކޯޗުކަމުގައި 2016 ވަނަ އަހަރުގެ ޔޫރޯ އިން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލްގައި ވޭލްސް އަތުންނެވެ. ބެލްޖިއަމްގެ ކޯޗުކަމާ މާޓީނޭޒް ހަވާލުވީ 2016 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު އެވެ. މާޓީނޭޒްގެ ކޯޗުކަމުގައި ބެލްޖިއަމުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފަ އެވެ. އެކަމަކު، މި ފަހަރުގެ ޔޫރޯގައި ވެސް ސެމީ ފައިނަލުގެ ކުރިން ބެލްޖިއަމް ވަނީ ކަޓައިފަ އެެވެ. އެއީ ކުއާޓާ ފައިނަލުގައި އިޓަލީ އަތުން ބަލިވުމުންނެވެ.

ބެލްޖިއަމާ އެކު މާޓީނޭޒް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު އޭގެ ކުރިން މާޓީނޭޒް، ބެލްޖިއަމް ކޯޗުގެ މަގާމުން ވަކިކުރަން އުޅޭ ވާހަަކަތައް މީޑިއާގައި ދެކެވި، އެ ކަމާ ބެހޭގޮތުން ދެކޭ ގޮތެއް އޮޅުންފިލުވަން މީޑިއާ އިންކުރި ސުވާލުތަކަށް މާޓީނޭޒް ޖަވާބެއް ނުދެ އެވެ. އެ ސުވާލުތަކަށް ޖަވާބު ދިނީ ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ.

އެ އެސޯސިއޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޕީޓާ ބޯސާޓް ވިދާޅުވީ މިހާރު ތައްޔާރު ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު އޮތް މެޗުތަކަށް ކަމަށާއި ކޯޗު ބަދަލުކުރަން ޖެހޭ ކަމުގެ ވާހަކައެއް ރަސްމީ ސިފައެއްގައި ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އެ މެޗުތަކުގައި ވެސް (ކޯޗަކަށް) ހުންނާނީ މާޓީނޭޒް. އެ ނޫން ރަސްމީ ވާހަަކައެއް ދައްކަން ޖެހޭ ސަބަބެއް ނެތް. މާޓީނޭޒްގެ ކޮންޓްރެކްޓެއް އެބައޮތް. އޭގެއާ އެއްގޮތަށް ކުރިއަށްދާނެ،" ބޯސާޓް ވިދާޅުވި އެވެ.

މާޓީނޭޒް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީ އާއި ވިގަން އެތުލެޓިކް އަދި އެވަޓަން އަށް ކޯޗުކޮށްދީފަ އެވެ. ބެލްޖިއަމް އިން ވަކިވުމަށް ފަހު ކައިރި މުސްތަގުބަލެއްގައި ކްލަބް ފުޓްބޯޅަ އަށް އެނބުރި ދާން ޝައުގުވެރިކަން ހުރި ކަމަށް މާޓީނޭޒް ވަނީ މިދިޔަ އަހަރު ބުނެފަ އެވެ. ދާދި ފަހުން ޓޮޓެންހަމް ހޮޓްސްޕާސް އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތުގައި އުޅުނުއިރު، މާޓީނޭޒާ ވެސް މަޝްވަރާކުރި އެވެ.

ބޯސާޓް ވިދާޅުވީ ބެލްޖިއަމް ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮންނަނީ މާޓީނޭޒްގެ ރަނގަޅު މަސައްކަތުން ކަމަށެވެ. އަދި މި ޓީމާ އެކު އޭނާ ހާސިލްކުރަން ބޭނުންވާ އެހެން ކަންކަން ވެސް އެބަހުރި ކަމަށް ބޯސާޓް ވިދާޅުވި އެވެ.

"އަހަންނަށް ހިއެއްނުވޭ އޭނަ މި ޓީމުން ވަކިވާނެހެން. އެއީ މި ވަގުތު މައްސަލައެއް ވެސް ނެތީމަ. ދެން އޭނަ ކުރަން ބޭނުންވާ މަސައްކަތެއް މި ޓިމަށް ކާމިޔާބެއް ހޯދައިދިނުމަކީ. އަދި ފުރުސަތު އެބައޮތް އެކަން ކުރަން،" ބޯސާޓް ވިދާޅުވި އެވެ.

ބެލްޖިއަމްގައި މިހާރު އޮތް އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލުގެ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕަކީ ބޮޑު މުބާރާތެއް ކާމިޔާބުު ކުރަން ބެލްޖިއަމަށް ލިބޭ ފަހު ފުރުސަތެވެ. އެ މުބާރާތަށް ތައްޔާރުވާން ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާއްސަ ޕްލޭންތަކެއް ގެންގުޅެ އެވެ. އެކަން ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކަކީ ކޯޗު މާޓީނޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox