އަންނަ މަހު އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ރާއްޖޭން ބިޑްކޮށްފި

މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ އޭއެފްސީ ކަޕް ކެންސަލްނުކޮށް ކުރިއަށް ގެންދަން ކުރެވޭ މަސައްކަތުގެ ތެރެއިން ނުނިމި ހުރި ގްރޫޕްތަކުގެ މެޗުތައް ފުރިހަމަ ކުރަން ބަލާއިރު، މެޗުތައް ހޯސްޓްކުރަން ކުރާނެ ގައުމެއް ނުލިބޭ ގްރޫޕްތަކުގެ މެޗުތައް ކެންސަލްކުރަން ޖެހިދާނެ ކަމަށް އޭއެފްސީން ބުނެފައިވަނިކޮށް ރާއްޖޭން މިއަދު ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ބިޑްކޮށްފި އެވެ.

ރާއްޖޭން މިދިޔަ މެއި މަހު ވެސް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން މަސައްކަތްކުރި އެވެ. އެކަމަކު، ފަހު ވަގުތު ދިމާވި ކަންތައްތަކެއްގެ ސަބަބުން ބޭއްވޭ ގޮތެއް ނުވި އެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި މިއަދު އެފްއޭއެމުން ވަނީ އަނެއްކާ ވެސް ރާއްޖެ ގްރޫޕްގެ މެޗުތައް ބާއްވަން ބިޑް ކޮށްފަ އެވެ.

އޭއެފްސީ ކަޕްގެ 10 ގްރޫޕްގެ ތެރެއިން ހަ ގްރޫޕްގެ މެޗުތައް ވަނީ ކުޅެ ނިމިފަ އެވެ. އެކަމަކު ބައެއް ގްރޫޕްތަކުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ހޯސްޓްކުރާނެ ގައުމެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އޭއެފްސީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފްބުރުގައި އޮތް ރާއްޖޭގެ އީގަލްސް ނޫނީ އިންޑިއާގެ ބެންގަލޫރަށެވެ.

މިއަދުގެ ނިޔަލަށް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ކުޅޭނެ ގައުމެއް ކަނޑައަޅަން ބިޑް ކުރުމުގެ މުއްދަތު ހަމަވާނެ އެވެ. އެއްވެސް ގައުމަކުން މެޗުތައް ބާއްވަން ބިޑެއް ނުކޮށްފިނަމަ ރާއްޖެ ގްރޫޕްގެ މެޗުތައް ކެންސަލްވުމުގެ ބިރު އޮއްވައި އެފްއޭއެމުން ފަހު ވަގުތު ސަރުކާރާ ވެސް މަޝްވަރާކުރުމަށް ފަހު ނިންމީ ބިޑްކުރާށެވެ.

އީގަލްސް ވަނީ ކޮލިފައިން ފުރަތަމަ މެޗުގައި މާލޭގައި ކުޅެގެން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. އީގަލްސް އިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އޮތް ކޮލިފައިން ދެ ވަނަ ބުރުގެ މެޗު ކުޅޭނެ ދަނޑެއް ނުލިބި އޭއެފްސީން ވަނީ އަބަހާނީ މުބާރާތުން ވަކިކޮށްފަ އެވެ. އަދި އީގަލްސް އަށް ޕްލޭއޮފުން ޖާގަ ދޭން ނިންމި އެވެ.

މިދިޔަ މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކޮށް ފަހު ވަގުތު ފަސްކުރަން ޖެހުނު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް އަލުން އެންމެ ފުރަތަމަ ބާއްވަން ބެލީ މިދިޔަ ހަފްތާ އާއި މި ހަފްތާގަ އެވެ.

އެކަމަކު، އެއްވެސް ގައުމަކުން މި މުއްދަތުގައި މެޗުތައް ބާއްވަން ބިޑްނުކުރާތީ އޭއެފްސީ އަށް ޖެހުނީ އަންނަ މަހަށް މެޗުތައް ފަސް ކުރާށެވެ. އެ މުއްދަތުގައި މެޗުތައް ކުޅެން ރާއްޖޭން ބިޑް ނުކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ "އަދަދު" އަށް ވިދާޅުވެފަ އެވެ.

މިހާރު އޭއެފްސީން ނިންމާފައިވާ ތާރީހުތަކަކީ އަންނަ މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 އިން 24 އަށް ކުރިއަށްގެންދާށެވެ. އަދި އޭރު ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވަން ބިޑް ކުރަން ގައުމުތަކަށް ހުޅުވާލައިފަ އެވެ. މުއްދަތު ހަމަވާން ކައިރިވިއިރު، ބިޑްކުރި ގައުމަކަށް އަދި އޮތީ ރާއްޖެ އެކަންޏެވެ.

އޭއެފްސީ ކަޕްގެ މެޗުތައް މިދިޔަ އަހަރާއި މި އަހަރު ސެންޓަރަލައިޒްކޮށް ކުޅެން ބިޑްކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖޭން ވަނީ ދެ ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު ރާއްޖޭން އެކަނި ބިޑްކުރިއިރު، މި އަހަރު ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕް އެއްކޮށް ކެންސަލްކުރީ މެޗުތައް ބާއްވާނެ ދުވަސް ވެސް ޝެޑިއުލް ކުރުމަށް ފަހު އެވެ. އެއީ ހުރިހާ ގްރޫޕެއްގެ މެޗުތައް ބޭއްވޭނެ ގޮތެއް އޭރު ނުހޯދޭތީ އެވެ. މި ފަހަރު ބައެއް ގްރޫޕްތަކުގެ މެޗުތައް ނުބޭއްވުނަސް އޭއެފްސީގެ ވިސްނުމަކީ ކުޅެވޭ ޓީމުތަކާ އެކު މުބާރާތް ފުރިހަމަކުރުމެވެ.

މެއި މަހު ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ފުރަތަމަ ރޭވިއިރު، މެޗުތައް އޭރު ނުކުޅެވި ފަސްކުރަން ޖެހުނީ މެޗުތަކަށް މާލެ އައި ބެންގަލޫރުގެ ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވެ, މަގުމައްޗަށް ނުކުތުމުންނެވެ. އެކަން ހިނގުމާ އެކު އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ, ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބެންގަލޫރު ޓީމު އެނބުރި ގައުމަށް ދާން އެންގެވިއެވެ. އޭރު މުބާރާތް ނުބާއްވަން އާންމުން ވެސް ދިޔައީ ޕްރެޝަރު ކުރަމުންނެވެ.

އޭއެފްސީ ކަޕް ކުޅެން އޭރު އެންމެ ފުރަތަމަ ހުއްދަދިނީ ޕްރޮޓޮކޯލްގައިވާ ގޮތުން ކުޅުންތެރިންނަށް ބޭރަށް ނުކުމެވޭނީ މެޗާއި ޓްރެއިނިން އަށް އެކަނި ކަމަށްވާތީ އެވެ. އެކަމަކު ބެންގަލޫރު ޓީމުން ބޭރަށް ނުކުމެ ޕްރޮޓޮކޯލް މުގުރާލި ހިސާބުން މިނިސްޓަރު މަހުލޫފް ޓްވީޓެއް ކުރައްވާ އެންގެވީ އެ ވަގުތު މެޗުތައް ނުކުޅެވޭނެ ކަމަށެވެ.

އޭއެފްސީއާ މާ ބޮޑު މަޝްވަރާއެއް ކުރުމެއް ނެތި އޭރު މުބާރާތް ކުއްލިއަކަށް ފަސްކުރަން ނިންމުމާ އެކު އޭއެފްސީގެ އަދަބެއް އެފްއޭއެމަށް އަށް އައުމުގެ ފުރުސަތު އެބައޮތެވެ. މިހާރު އެފްއޭއެމާއި ބެންގަލޫރުގެ މައްސަަލައެއް އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ ބަލަމުންނެވެ. ބެންގަލޫރާއި އެފްއޭއެމަށް އަންނާނެ ކަމަށް ބޮޑަށް ބެލެވޭ އަދަބަކީ ޖޫރިމަނާއެއް ކަމަށް މީގެ ކުރިން ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox