ނޫހުގެ މައްސަލަ ބަލަން ހައިކޮމިޝަނުން ނޭދޭ، ހިއްސާކުރީ ކަންބޮޑުވުންތައް: ރޮޒައިނާ

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ކޮމެޓީގައި: ދިޔަރެސްއާ ދޭތެރޭ އެޅި ފިޔަވަޅެއް ލިޔުމުން ހުށަހަޅަން ވަނީ އަންގައިފައި-- ފޮޓޯ މަޖިލިސް

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ކޮމެޓީގައި: ދިޔަރެސްއާ ދޭތެރޭ އެޅި ފިޔަވަޅެއް ލިޔުމުން ހުށަހަޅަން ވަނީ އަންގައިފައި-- ފޮޓޯ މަޖިލިސް

އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ރޯހިތުއާ ގުޅޭ ގޮތުން "ދިޔަރެސް" ނޫޙުގައި ލިޔުނު ރިޕޯޓެއްގެ މައްސަލަ ބަލަން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް އެންގީ ވަކި ގައުމެއްގެ މީހަކަށް ވެގެން ނޫން ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު ބުނެފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ވަނީ ދިޔަރެސް ނޫހުގެ މައްސަލަ ބަލައިދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފަ އެވެ. އޭގެފަހުން، އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މީޑިއާ ކައުންސިލަށް ހުށަހަޅާފަ އެވެ.

އެމްއެމްސީގެ މެމްބަރުން ހާޒިރުކޮށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެ މައްސަލަ ކޮމެޓީއަށް ހުށަހެޅި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ކޮމެޓީގައި އެކަމާ މެދު މަޝްވަރާ ކުރުމުގެ ބަދަލުގައި ޖަވާބު ބޭނުންވަނީ ލިޔުމަކުން ކަމަށެވެ.

އެހެންކަމުން ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް، އެމްއެމްސީއަށް އެންގީ ރޯހިތުގެ ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުން އަމަލު ކުރިގޮތް ލިޔުމުން ހުށަހެޅުމަށެވެ.

ރޮޒައިނާ ވިދާޅުވީ އިންޑިއާ ޑެޕިއުޓީ ހައި ކޮމިޝަނާ އެ މައްސަލަ ބަލައި ދޭން އޭނާގެ ގާތުގައި ނޭދޭ ކަމަށާއި އޭނާ ހިއްސާ ކުރީ ކަންބޮޑުވުންތަކެއް ކަމަށެވެ. ރޮޒައިނާ ގަބޫލު ކުރާ ގޮތުގައި މީހެއްގެ އަބުރު ކަތިލައި އެފަދަ ހަބަރެއް މީޑިއާއިން ގެނެސްފިނަމަ އެމްއެމްސީން އެކަން ބަލަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ވަކި ބޭފުޅަކު ނުވަތަ ވަކި ގައުމެއްގެ ބޭފުޅަކު ވެގެން މިކޮމެޓީން ބަލަމުން ދާ ބައެއް ނޫން. މީޑިއާ ތަކުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތަކެއް މީޑިއާ ކައުންސިލާ ގުޅިގެން އަޅުގަނޑުމެން މިހާތަނަވަސް ވެސް ކުރަމުން ދަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މަޖިލީހުން އެމްއެމްސީއަށް ފޮނުވި ސިޓީގައި އޮތީ ރޯހިތު ނުރަސްމީކޮށް އެކޮމެޓީއަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެކަން ބަލައި ދިނުމަށް ކަމަށެވެ. ހާރިޖީ ކަންކަމުގައި ތިއްބަވާ ބޭފުޅުންނަކީ ވަކި ގޮތަކަށް އަމަލު ކުރަން ޖެހޭ ބަޔަކަށް ވާއިރު ޑިޕްލޮމެޓިކް ޗެނަލް ނޫން ގޮތަކަށް އަންނަ ޝަކުވާތައް ރައްޔިތުން މަޖިލީހުގެ ކޮމެޓީތަކުން ބަލާ ކަމަށްވާނަމަ އެއީ ސީރިއަސް މައްސަލައެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ އެ ކޮމެޓީން މައްސަލަ ބަލަނީ ވަކި ގައުމެއްގެ މީހެއްގެ މައްސަލަ ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox