އަލިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލާގައި މީހަކަށް ދައުވާކޮށްފި

ރޭޕްއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން: އަލިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ވަނީ ދައުވާކޮށްފައި

ރޭޕްއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން: އަލިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ވަނީ ދައުވާކޮށްފައި

ރ. އަލިފުށީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި މީހެއްގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން ރޭޕް ކުރުމުގެ ދައުވާ އުފުލާފައިވަނީ އަލިފުށީ ރޯޝަނީއާގެ، ނާއިލް އަބްދުﷲގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ މާޗު މަހު އޭނާއަށް ތުހުމަތު ކުރި މައްސަލައަކާ ގުޅިގެންނެވެ.

Advertisement

އެގޮތުން، އެ ދުވަހު އަލިފުށީގެ ގެއަކަށް ވަދެ، ކޮޓަރިއެއްގައި ނިދާފައި އޮތް އަންހެނަކާމެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު އޭނާ ކުރެ އެވެ.

އެ މައްސަލާގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި، ނާއިލް އަބްދުﷲގެ މައްޗަށް ރޭޕްގެ ދައުވާ ކޮށްފައިވަނީ އޭނާއާ ދެކޮޅަށް ޑީއެންއޭ ހެކި ވެސް ތަހުގީގުގައި ލިބިފައިވާތީ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލަތަކަކީ އެ އޮފީހުން ހާއްސަ އިސްކަމެއް ދީގެން ދައުވާ ކުރަމުންދާ މައްސަލަތަކެކެވެ. އެގޮތުން، އެކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވެފައިވެ އެވެ.

މިދިޔަ ހަފުތާ ވެސް ފުވަމުއްލައް ކޯޓުން ވަނީ ދޮންދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެ ހުކުމަކީ ވެސް ޝަމީމް ވިދާޅުވެފައިވާ ގޮތުން، ޖިންސީ ގޯނާއާ ދެކޮޅަށް އެ އޮފީހާއި ތަހުގީގީ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ލިބުނު ކާމިޔާބެއް އަދި އުއްމީދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox