އާބާދީ އިތުރު ކުރަން މާޅޮހުގައި ރަޖިސްޓްރީ ކުރާ ކުދިންނަށް ހަދިޔާ ފޮއްޓެއް

މާޅޮހުގައި ކުޑަކުދިންތަކެއް: އެރަށުގައި ރަޖިސްޓްރީ ކުރާ ކުޑަކުދިންނަށް ހަދިޔާ ދޭން ވަނީ ނިންމައިފައި-- ފޮޓޯ: ބްކިންޑޮޓް ކޮމް

މާޅޮހުގައި ކުޑަކުދިންތަކެއް: އެރަށުގައި ރަޖިސްޓްރީ ކުރާ ކުޑަކުދިންނަށް ހަދިޔާ ދޭން ވަނީ ނިންމައިފައި-- ފޮޓޯ: ބްކިންޑޮޓް ކޮމް

އއ. މާޅޮހުގެ އާބާދީ އިތުރު ކުރަން ހިތްވަރު ދިނުމުގެ ގޮތުން އަލަށް އުފަންވާ ކުދިންގެ ތެރެއިން އެރަށުގެ ރަޖިސްޓްރީގައި ޖައްސާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

އެ ރަށު ކައުންސިލުން މިއަދު އާއްމު ކުރި އުސޫލުގައި ބުނަނީ އެ ރަށުގައި ރަޖިސްޓްރީ ކުރާ އެއް އަހަރުން ދަށުގެ ކުދިންނަށް ހަދިޔާ ފޮށި ދޭނެ ކަމަށެވެ. އެ ހަދިޔާ ފޮށީގައި ހިމެނެނީ 350 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގެ އަގުގެ އެންމެ ތުއްތު ކުދިންނަށް ބޭނުންވާ ސާމާނެވެ.

ހަދިޔާ ހުންނަން ވާނީ ޕާރުސަލް ކޮށްފައި ކަމަށް ވެސް އުސޫލުގައި ބުނެ އެވެ.

އުސޫލުގައި ބުނާގޮތުން އެ ރަށުގައި އުފަންވި ނަމަވެސް ރަށު ރަޖިސްޓްރީގައި ނުޖައްސާ ކުދިންނަށް ހަދިޔާއެއް ނުލިބޭނެ އެވެ.

އެކަން ކުރާ ސަބަބާ ގުޅޭގޮތުން، އާބާދީގައި 756 މީހުން ހިމެނޭ މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު މިރޭ "އަދަދު" އަށް ވިދާޅުވީ އެހެން ރަށްރަށު މީހުންނާ އިނދެގެން އުޅޭ އެ ރަށު މީހުންނަށް ލިބޭ ކުދިން އެހެން ރަށްރަށުގައި ރަޖިސްޓްރީ ކުރާތީ އެކަން މަދު ކުރުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ.

"ރަށުގެ އާބާދީ އިތުރު ކުރަން ހިތްވަރު ދިނުން މީގެ އެއް މަގުސަދަކީ،" އިސްމާއިލް ވިދާޅުވި އެވެ.

އެމްޑީޕީގެ ފަސް ކައުންސިލަރުން ތިބޭ މާޅޮހުގެ ކައުންސިލް މެމްބަރުން ކެމްޕެއިންގެ ވައުދުގެ ތެރޭގައި އެރަށު ރަޖިސްޓްރީގައި ޖައްސާ ކޮންމެ ކުއްޖަކަށް ހަދިޔާ ދިނުން ހިމެނެ އެވެ.

އެ ވައުދުވީ އެއީ މިސަރުކާރުގެ ވައުދަކަށް ވާތީ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެ ހަދިޔާ ދޭނީ ކައުންސިލް ބަޖެޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދިނުމަކީ މިސަރުކާރުގެ ވައުދަކަށް ވީނަމަވެސް މިހާތަނަށް އެ ވައުދު ފުއްދާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox