ބަލިމަޑުކަމާ ހެދި ކޮންޓެއިނަރު ޝިޕްކުރާ އަގު ރިކޯޑް މިންވަރަށް މައްޗަށް

ސީއެމްއޭ ސީޖީއެމް ކުންފުނީގެ މުދާ އުފުލާ މަނަވަރެއް.-- ފޮޓޯ: އާރްޓީއީ

ސީއެމްއޭ ސީޖީއެމް ކުންފުނީގެ މުދާ އުފުލާ މަނަވަރެއް.-- ފޮޓޯ: އާރްޓީއީ

ލަންޑަން، އިނގިރޭސި ވިލާތް (ޖުލައި 4) - ކޮރޯނާވައިރަސް ބަލިމަޑުކަން ފެށުނުތާ 18 މަސް ފަހުން ކޮންޓެއިނަރު ޝިޕްކުރާ އަގު ރިކޯޑް މިންވަރަށް މައްޗަށް ހިނގައްޖެ އެވެ.

"އަޅުގަނޑުމެންނަށް ދަނީ މުދާ އުފުލާ ކަނޑު އުޅަނދާއި ކޮންޓެއިނަރު ލިބުމުގެ ދަތިކަމާ ދިމާވަމުން،" ޑިމާންޑް އުފުލިފައިވާކަން ފާހަގަކޮށް ސީ އިންޓެލިޖެންސް ކޮންޒަލްޓެންސީ ކުންފުނީގެ އެލެން މާފީ އޭއެފްޕީއަށް ބުންޏެވެ.

"ހުސް ކޮންޓެއިނަރު ހޯދުމުގެ ދަތިކަން އިންތިހާއަށް ދަނީ ކުރިމަތިވަމުން،"

ބޮޑެތި ޝިޕިން ރޫޓްތައް ބެންޗުމާކް ކުރާ ފްރެއިޓޯޒް ބޯލްޓިކް އިންޑެކްސްއިން ދައްކާ ގޮތުގައި ޗައިނާއިން އެމެރިކާގެ ހުޅަނގު އައްސޭރިއަށް މުދާ އުފުލާ ދަތުރެއްގެ އަގު އެއް އަހަރު ތެރޭ ވަނީ ތިން ގުނަ މައްޗަށް ޖެހި ގާތްގަނޑަކަށް 7000 ޑޮލަރަށް އަރާފަ އެވެ.

ޔޫރަޕަށް ކުރާ ދަތުރެއްގެ އަގު މިދިޔަ އަހަރުގެ ޖުލައި މަހު 1،600 ޑޮލަރުގައި ހުރިއިރު، މި އަހަރުގެ ޖުލައި މަހު އުޅެނީ 10،000 ޑޮލަރުގަ އެވެ.

ލޮމްބާޑް އޮޑިއާ އިންވެސްޓްމެންޓްސް މެނޭޖާޒްގެ ޑިޑިއޭ ރަބައްޓޫ ބުނީ ބަލިމަޑުކަމާއެކު އެންމެ ފުރަތަމަ ޝިޕިން އިންޑަސްޓްރީ ހުއްޓުމަކަށް އައި ނަމަވެސް ފަހުން ޑިމާންޑް އުފުލުނު ކަމަށެވެ.

އެގޮތުން އެމެރިކާ އާއި ޔޫރަޕްގެ މީހުން ރެސްޓޯރެންޓުތަކާއި ތިއޭޓަރުތަކާއި ޗުއްޓީއަށް ހޭދަކުރުން ހުއްޓި، އޭޝިއާއިން އިމްޕޯޓް ކުރާ މުދާ ގަތުމަށް ހޭދަކުރަން ފެށި އެވެ.

ބައެއް ކުންފުނިތަކަށް ބަލާއިރު، ފްރާންސްގެ ސީއެމްއޭ ސީޖީއެމް ކޮންޓެއިނަރު އަދި ޝިޕިން ކުންފުންޏަށް ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެ ބިލިއަން ޑޮލަރުގެ ސާފު ފައިދާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 40 ގުނަ އިތުރު އަދަދެކެވެ.

ޑެންމާކުގެ އޭޕީ މޮލާ މައެސްކް އަށް މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނީ 2.7 ބިލިއަން ޑޮލަރުގެ ސާފު ފައިދާ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 13 ގުނަ އިތުރު އަދަދެކެވެ.

ފްރާންސްގެ މެރިޓައިމް ސާވިސް ޕްރޮފެޝަނަލްސް، އާމެޗާޒް ޑެ ފްރާންސުގެ ޖޯން މާކް ލަކާވް ބުނީ ބަލިމަޑުކަމުގެ ކުރިން އޮތް ގޮތަށް ހާލަތު ބަދަލު ވާނީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox