ހައިކޯޓުގެ ރަޖިސްޓްރޭޝަން މަރުހަލާ ލަސްވެ، ޕީޖީގެ ކަންބޮޑުވުން

ޕީޖީ ޝަމީމް: ހައިކޯޓުގެ ރަޖިސްޓްރޭޝަން މަރުހަލާ ލަސް ކަމަށް ވިދާޅުވެ، ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޕީޖީ ޝަމީމް: ހައިކޯޓުގެ ރަޖިސްޓްރޭޝަން މަރުހަލާ ލަސް ކަމަށް ވިދާޅުވެ، ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހައިކޯޓުގައި މައްސަލަތައް ބަލައިގަނެ، ރަޖިސްޓްރީކޮށްދޭ މުއްދަތު މާދިގުވެގެންދާތީ، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޝަމީމް މި ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ކުރިމިނަލް ކޯޓުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނިންމުން ހައިކޯޓުގައި އިސްތިއުނާފަށް ހުށަހެޅިތާ ހަފުތާއެއް ފަހުން ބަލައިގެންފައިވަނިކޮށެވެ.

ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތް ހިނގަމުންދާ ގޮތާމެދު ކަންބޮޑުވުން އޮތް މައްސަލައެއް ކަމުން އެ މައްސަލަ ވީއެންމެ އަވަހަކަށް ހައިކޯޓުގައި ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ޝަމީމް ގަބޫލު ކުރައްވަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ބުނަނީ ކޯޓަކުން ނިންމާ އަމުރެއް އިސްތިއުނާފުކުރާނަމަ، އެ ކަމަށް 48 ގަޑިއިރު ތެރޭ ހުށަހަޅަންވާނެ ކަމާއި އަދި ހަތް ދުވަސް ތެރޭ އިސްތިއުނާފު ކޯޓުން އެ މައްސަލަ ނިންމަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، މައްސަލަ ބަލައިގަނެ ރަޖިސްޓްރީކުރަން ޖެހޭނެ ވަކި މުއްދަތެއް ގާނޫނުގައި ނޯވެ އެވެ. އެހެންވެ، އެކި މައްސަލަތައް ބަލައިގަނެ، ރަޖިސްޓްރީކުރަނީ އެކި މުއްދަތުތަކުގަ އެވެ.

އެހެންވެ، ކޯޓު އަމުރާ ގުޅޭ ގިނަ މައްސަލަތައް ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭ ނިންމޭ ގޮތެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ފާހަގަ ކުރައްވާ ގޮތުގައި، އެކަން އެހެން ވެގެން ދަނީ ރަޖިސްޓްރޭޝަންގައި މާގިނަ މުއްދަތު ނަގާތީ އެވެ. އެކަމުގެ ސަބަބުން ގާނޫނުން ހާސިލުކުރަން ބޭނުންވާ ނަތީޖާތައް ހާސިލުވެގެން ނުދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން ހައިކޯޓުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް މިހާރަށްވުރެ ކުރިއަށް އޮތްތަނުގައި އަވަސްވާނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ. "އުއްމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އެކަން ރަނގަޅުވެގެން ދާނެ ކަމަށް، އަދި މައްސަލަތައް އަވަހަށް ހިނގިގެން ދާނެ ކަމަށް،"

ޝަމީމް ވިދާޅުވި ގޮތުގައި، މައްސަލައެއް ރަޖިސްޓްރީކުރުމަށް ގިނަ މުއްދަތެއް ހޭދަވި ނަމަވެސް، ފަނޑިޔާރުންގެ އަތްޕުޅަށް މައްސަލަ ލިބޭ ހިސާބުން ވަރަށް ބާރަށް މައްސަލަ ކުރިއަށް ގެންގޮސް ގޮތެއް ނިންމާކަން ފާހަގަކުރެވެ އެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި މިހާރު ހުންނެވީ، އެ މަގާމަށް 2018 ވަނަ އަހަރު އައްޔަން ކުރެއްވި މަރިޔަމް ހޫރުޝީދާ އެވެ. އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ ގޮތުގައި ހުންނެވި ހޫރުޝީދާ، ރަޖިސްޓްރާގެ މަގާމަށް އައްޔަންކުރީ އެ މަގާމު ހުސްކޮށް އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވަނިކޮށެވެ.

ރަޖިސްޓްރާއާމެދު ޕްރޮސިކިއުޓާ ޖެނަރަލް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މިދިޔަ ހަފުތާ ހައިކޯޓުގެ ހުކުމެއްގައި ވެސް ރަޖިސްޓްރާގެ ނިންމުމެއް ގޯސް ކަމަށް ކަނޑައަޅާފައިވެ އެވެ.

އެއީ، މަދަނީ މައްސަލައެއްގައި ޒަރޫރީ ހާލަތެއްގެ ދަށުން މުއްދަތު ހަމަވި ފަހުން މައްސަލައެއްގައި އިސްތިއުނާފު ހުށަހެޅުމަށް ހުއްދަ ދިންތާ 93 ދުވަސް ފަހުން ކޯޓަށް މައްސަލަ ހުށަހެޅުމުން ވެސް އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީކޮށްދީފައިވާތީ އެވެ. ހުކުމްގައި ބުނި ގޮތުގައި، ކޮންމެ ހައްގެއް ވެސް އިންތިޒާމުވެފައި އޮންނަންވާނީ ގާނޫނުން ކަނޑައަޅާ ހުދޫދެއްގެ ތެރޭގައި އެވެ. އޭގެން އިސްތިއުނާފުކުރުމުގެ ހައްގު ވެސް އިސްތިސްނާ ނުވެ އެވެ.

ހާއްސަ ހާލަތެއްގެ ދަށުން ހުއްދައެއް ލިބުމުން، ހައްދެއް އިމެއް، ވަގުތެއް ނެތި އިސްތިއުނާފަށް މައްސަލަ ނުވައްދައި ތިބުމުގެ ފުރުސަތު ހުޅުވިފައި އޮވެއްޖެނަމަ އެކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތް ކުރެވުމުގެ ހައްގު ގެއްލިގެން ދިއުމުގެ އިތުރަށް ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox