އޭޕްރީލްގެ ނިޔަލަށް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ 98 މައްސަލަ

 ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެެއިން: ނަފްސާނީ އަނިޔާ ވެސް ވަރަށް ގިނައިން ކުރޭ -- ފޮޓޯ: އަދަދު ފައިލް

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެެއިން: ނަފްސާނީ އަނިޔާ ވެސް ވަރަށް ގިނައިން ކުރޭ -- ފޮޓޯ: އަދަދު ފައިލް

މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ 98 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާކަން އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް އެކި ވައްތަރުގެ އަނިޔާ އާއި ގެއްލުންތައް ކުރުމުގެ 373 މައްސަލައެއް ޖެންޑާ މިނިސްޓްރީން ބެލި އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ 98 މައްސަލައެއް ހިމެނޭކަން ހިސާބުތަކުން ފެނެ އެވެ.

ޖިންސީ އަނިޔާ ކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އަދި ނަފްސާނީ އަނިޔާ ކުރުމުގެ ވަރަށް ގިނަ މައްސަލަތަށް ވެސް އެ މިނިސްޓްރީން ބަލާފައިވާކަން ހިސާބުތަކުން އެނގެ އެވެ.

އެގޮތުން ކުޑަކުދިން ގައިގައި ތަޅައި އަނިޔާ ކުރި 62 މައްސަލައެއް މިއަހަރުގެ ފުރަތަމަ ހަތަރު އަހަރު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ. އަދި ނަފްސާނީ ގޮތުން އެކި ކަހަލަ ގެއްލުން ދީގެން 27 މަައްސަލައެއް ވެސް އެ މިނިސްޓްރީން ބަލާފައިވެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނާމެދު އިހުމާލުވުމުގެ ވަރަށް ގިނަ މައްސަލަތަކަކާއި ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލަތަކާއި އިންޓަނެޓުން ފުރައްސާރަ ކުރުމުގެ މައްސަލަތަކާއި ހަނގާ ކުރުމުގެ މައްސަލަތައް ހިމެނެ އެވެ.

ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާ ކުރުމުގެ މައްސަލަތައް ގިނަވެ، ހައްލު ނުލިބެ ދިގުދެމިގެންދާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މި މަހު އަނިޔާވެރި ގޮތަކަށް މަރާލި 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ދައުލަތުގެ އިހުމާލެ ވަރަށް ބޮޑު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox