އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ކުޑަކަމަށް ބުނެ އަނެއްކާ ވެސް ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ކުޑަކަމަށް ބުނެ އަނެއްކާ ވެސް ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ބުނީ މިދިޔަ މަހުގެ ދެވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުޅުވައިލާފައި ވީނަމަވެސް، އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ، އަލުން ހުޅުވާލީ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.

މިއީ އެ މަގާމަށް މީހަކު ހޯދަން ރައީސް އޮފީހުން ހުޅުވައިލި ތިން ވަނަ ފަހަރެވެ.

ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މީހަކު ހޯދަން ހުޅުވާލުމަށްފަހު، މަޖިލީހުގެ ރުހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ތިން ބޭފުޅުންގެ ތެރެއިން އެއްވެސް ނަމެއް ކޮމެޓީން ފާހެއް ނުވި އެވެ. ފާސް ނުވީ، ކޮމިޓީގައި ވޯޓު ނެގިއިރު މަޖިލީހުގެ ގަވާއިދުގައި ބުނާ މިންވަރަށް މެމްބަރުންގެ ތާއިދު ނުލިބުމުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރުހުން ހޯދަން ރައީސް ސޯލިހް ފޮނުއްވީ ޝިހާމް މުހައްމަދު ވަހީދު، އާހިދު ރަޝީދު އަދި މަރިޔަމް އަލީމްގެ ނަމެވެ. ނަމަވެސް އޭގެން އެއްވެސް ބޭފުޅަކަށް ރުހުން ނުދޭން ކޮމެޓީން ނިންމި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހޭނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން، 21 މާޗްގައި ފިޔާޒު އިސްތިއުފާ ދެއްވާފައިވާއިރު، އެ މަގާމު ހުސްކޮށް އޮންނަތާ 100 އަށް ވުރެ ގިނަ ދުވަސް މިހާރު ވެސް ވަނީ ވެފަ އެވެ.

އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ދާއިރު، ތިން ވަނަ ދައުރު ފެށޭނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ. އޭގެ މާނައަކީ އެހާ ތަނަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރެވުނަސް، މަޖިލީހަށް ރުހުން ނުދެވޭނެ އެވެ.

ކޮމިޝަނަރު ނެތި އައިކޮމް ހުއްޓިފައި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮންނަ ގޮތުން އައިކޮމް ދައުލަތުގެ އެފަދަ އެހެން މުއައްސަސާތަކާ ތަފާތެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާ ބުނާ ގޮތުން، ގާނޫނުގެ ދަށުން ދޭންޖެހޭ މައުލޫމާތެއް އާއްމުކޮށް ގިނަ ވެގެން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ހޯދަން އެދުނު ފަރާތަކަށް ފޯރުކޮށްދޭންޖެހެ އެވެ.

އެކަމަކު އެފަދަ މައުލޫމާތެއް ދޫނުކުރެވޭ ކަމަށް ބުނެ އުފެދޭ ހިލާފަކާ މެދު ގޮތް ނިންމާނީ ސީދާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ އެ މަގާމުގައި މީހަކު ނެތުމުން މުޅި ގާނޫނު ހުއްޓޭ ސަބަބެވެ.

އައިކޮމްއިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ކޮމިޝަނަރުކަމުގައި ފިޔާޒު ހުންނެވިއިރު ނުނިމި އޮތް ހަ މައްސަލައަކާއެކު ގޮތެއް ނުނިންމި ޖުމްލަ 11 މައްސަލަ މިހާރު ވެސް އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox