ތަފާތު ބޮޑު މޮޅެއް ހޯދައި ރެކޯޑް ފޯމަކާ އެކު އިންގްލެންޑް ސެމީ އަށް

Jul 3, 2021, 8:50 PM
ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޯމް، އިޓަލީ (ޖުލައި 4) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޔޫކްރެއިން އަތުން 4-0 އިން ތަފާތު ބޮޑު މޮޅެއް ހޯދައި ރެކޯޑް ފޯމަކާ އެކު އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ މިދިޔަ 25 އަހަރު ތެރޭ އިންގްލެންޑުން ޔޫރޯގެ ސެމީ ފައިނަލްގައި ކުޅޭ ފުރަތަމަ ފަަހަރެވެ. އިންގްލެންޑުން އެންމެ ފަހުން ޔޫރޯގެ ސެމީގައި ކުޅުނީ 1996 ވަނަ އަހަރު އެ ގައުމުގައި ޔޫރޯ ބޭއްވިއިރު އެވެ. އެ ފަހަރު ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ވަނީ ޖަރުމަނު އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ސެމީ ފައިނަލް ވެސް އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅޭއިރު، އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ ޑެންމާކް އެވެ.

މި ފަހަރުގެ ޔޫރޯގައި އިންގްލެންޑް ކުޅުނު ފަސް މެޗުގައި ވެސް އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ އެވެ. މިއީ ޔޫރޯ ތާރީހުގައި ވެސް ޓީމެއްގެ އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑެވެ. މިރޭގެ މެޗަކީ އިންގްލެންޑުން ޔޫރޯގެ ނޮކައުޓް މެޗެއް އަމިއްލަ ގައުމުން ބޭރުގައި މޮޅުވި ފުރަތަމަ ފަހަރެވެ.

އިންގްލެންޑްގެ ތާރީހުގައި އެ ޓީމުން މި ވަނީ ދެ ފަހަރެއްގެ މަތިން ޖެހިޖެހިގެން ބޮޑު ދެ މުބާރާތެއްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އިންގްލެންޑުން 1966 ވަަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު 1968ގެ ޔޫރޯގެ ސެމީގައި ކުޅުނެވެ. އަދި އިންގްލެންޑުން މި ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ސެމީ ފައިނަލުގައި ކުޅުމަށް ފަހު މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ.

މިރޭގެ މެޗަކީ އިންގްލެންޑުން މި ފަހަރުގެ ޔޫރޯގައި ރަށުންބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ. ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އިންގްލެންޑުން ވަނީ ލީޑުނަގައިފަ އެވެ. މި ފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިން ދިން ބޯޅައަކުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން މި ގޯލު ޖެހީ އޭރިއާތެެރެއިންނެވެ. ކޭން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔޫކްރެއިންގެ ގޯލްކީޕަރު ޖިއޯޖީ ބުޝްޗާން ގައިގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގެ މެދުތެރެއިން އިންގްލެންޑްގެ ކައިލް ވޯކާ ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި ޔޫކްރެއިންގެ ފޯވާޑް ރޯމަން ޔަރެމްޗުކް ވަނީ ގޯލަށް ހަމަލާއެއް ފޮނުވާލައިފަ އެވެ. ތިރިތިރިން ޔަރެމްޗުކް ޖެހި ޝޮޓް އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

ލީޑުފުޅާކުރަން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އިންގްލެންޑްގެ ޑެކްލަން ރައިސް ފޮނުވާލި ބާރު ބޯޅަ ކީޕަރު ބުޝްޗާން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އޭރިއާތެރެއިން އިންގްލެންޑްގެ ޖޭޑަން ސަންޗޯ ޖެހި ބޯޅައެއް ވެސް ހުއްޓުވީ ކީޕަރު ބުޝްޗާން އެވެ. ލޫކް ޝޯ ދިން ބޯޅައަކުން އޭރިއާތެރެއިން ސަންޗޯ އެ ބޯޅަ ފޮނުވާލިއިރު، އޮފްސައިޑް ކަމަށް ދިދަ ނެގި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދިނަމަ އެ އޮފްސައިޑް ވުމުގެ ފުރުސަތު ކުޑަ އެވެ.

އިންގްލެންޑްގެ މެގުއާ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަނީ.

އިންގްލެންޑުން ވަނީ ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މިނިޓެއްގެ ތެރޭގައި ދެ ވަަނަ ގޯލެއް ޖަހައިފަ އެވެ. ހިލޭ ޖެހުމަކުން ޝޯ ނަގައިިދިން ބޯޅައަކުން މި ގޯލު ޖެހީ ހެރީ މެގުއާ އެވެ. ޔޫކްރެއިނަށް އިންގްލެންޑްގެ އެޓޭކްތައް ހުއްޓުވޭ ގޮތެއްނުވި އެވެ. ދެ ވަނަ ގޯލު ޖެހިތާ ހަަތަރު މިނިޓް ތެރޭގައި އިންގްލެންޑުން ތިން ވަނަ ގޯލެއް ޖެހި އެވެ. މި ގޯލު ޖެހީ ޝޯ ނަަގައިދިން ހުރަހަކުން ކޭން ބޮލުންނެވެ.

ކޭން، ހެޓްރިކް ފުރިހަމަކުރަން މެޗުގެ 61 އޭރިއާބޭރުން ޖެހި ވޮލީ ކީޕަރު ބުޝްޗާން ވަނީ ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ. އެ ކޯނަރުން އިންގްލެންޑްގެ ހަތަރު ވަނަ ގޯލު ޖެހީ ޖޯޑަން ހެންޑަސަން އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ހެންޑަސަން މި ގޯލު ޖެހީ މޭސަން މައުންޓް ނެގި ކޯނަރަކުން ބޮލުންނެވެ. މިއީ ގައުމީ ޓީމަށް ކުޅުނު 62 މެޗުން ހެންޑަސަން ޖެހި ފުރަތަމަ ގޯލެވެ.

ހަތަރު ގޯލުގެ ލީޑެއް ލިބުމާ އެކު އިންގްލެންޑުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މާކަސް ރެޝްފޯޑް، ކިއެރަން ޓްރިޕިއޭ، ޖޫޑް ބެލިންހަމް އަދި ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ ކުޅެން އަރުވައިފަ އެވެ.

މިރޭގެ މެޗުގައި ކޭން ޖެހި ދެ ގޯލާ އެކު އޭނާ ވަނީ ބޮޑު މުބާރާތްތަކުގައި އިންގްލެންޑަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި އެލަން ޝިއަރާއާ ހަމަކޮށްފަ އެވެ. ކޭން އާއި ޝިއަރާ ވަނީ ބޮޑު މުބާރާތްތަކުގައި އިންގްލެންޑަށް ނުވަ ގޯލު ޖަަހައިދީފަ އެވެ. އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ގެރީ ލިނެކާ އަތުގަ އެވެ. އޭނާ ވަނީ 10 ގޯލު ޖަހައިފަ އެވެ. ލިނެކާގެ ރެކޯޑާ ހަމަކުރުމުގެ ފުރުސަތު ކޭން އަށް އެބައޮތެވެ.

މިރޭގެ މެޗުގެ ކުރިން ޔޫރޯގެ ތާރީހުގައި ނޮކައުޓް ބުރުގައި އިންގްލެންޑުން ފުރަތަމަ ގޯލެއް ޖެހި ފަސް މެޗުން ވެސް މޮޅުވެވިފައިނުވެ އެވެ. އެކަމަކު، މި ފަހަރު އެ ގޯސް ރެކޯޑަށް ނިމުން އައި އެންމެ ބޮޑު ސަބަބަަކީ އިންގްލެންޑްގެ ޑިފެންސް ވަރުގަދަވުމެވެ.

މިއީ ޔޫކްރެއިންގެ ތާރީހުގައި އެ ޓީމުން ޔޫރޯއެއްގެ ކުއާޓާ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އެ ޓީމު ކުޅުނު ދެ ވަނަ ކުއާޓާ ފައިނަލް އެވެ. ދެ ފަހަރު ވެސް ކުއާޓާ ފައިނަލާ ހަމައިން ކެޓީ އެވެ.

ސެމީ ފައިނަލް މެޗުތައް:

އިޓަލީ - ސްޕެއިން (6 ޖުލައި 2021 - އަންގާރަ)

އިންގްލެންޑް - ޑެންމާކް (7 ޖުލައި 2021 - ބުދަ)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox