ޓެކްސް މައްސަލަތަކުގެ އިސްތިއުނާފާ ގުޅޭ މުހިންމު ނިންމުމެއް: މުއްދަތު ގުނާނީ ބަންދު ދުވަހާއެކު

ހައިކޯޓު: ޓެސްޓް މައްސަލަތަކުގެ އިސްތިއުނާފާ ގުޅޭ މުހިންމު ނިންމުމެއް ވަނީ ނިންމާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހައިކޯޓު: ޓެސްޓް މައްސަލަތަކުގެ އިސްތިއުނާފާ ގުޅޭ މުހިންމު ނިންމުމެއް ވަނީ ނިންމާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޓެކްސް އެޕީލް ޓްރިބިއުނަލުން ނިންމާ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއެކު ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކްސް މައްސަލަތަކުގައި އިސްތިއުނާފީ މުއްދަތެއްގެ ގޮތުން ކަނޑައަޅާފައި އޮތީ 30 ދުވަހެވެ. އޭގެފަހުން ސުޕްރީމް ކޯޓުން ގާނޫނުގެ އެ މާއްދާ ބާތިލްކޮށް އިސްތިއުނާފީ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅި އެވެ. އެ މުއްދަތުތައް ގުނަމުން ދިޔައީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނަ އެވެ.

އިސްތިއުނާފުކުރުމުގެ މުއްދަތަކީ އާންމު އުސޫލުން 10 ދުވަސް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނިކޮށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 2019 ވަނަ ގެނައި އިސްލާހުގައި ޓެކްސް އެޕީލް ޓްރިބިއުނަލުގެ ނިންމުންތައް އިސްތިއުނާފުކުރުމުގެ މުއްދަތެއްގެ ގޮތުގައި 30 ދުވަސް ކަނޑައެޅި އެވެ.

Advertisement

އެ ގާނޫނުގައި މުއްދަތު ގުނާނެ ގޮތެއް ބަޔާނެއް ނުކުރެ އެވެ.

އޭގެފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުއްދަތަށް އަނެއްކާވެސް ބަދަލު ގެނެސް ޓެކްސް މައްސަލަތައް 60 ދުވަހުގެ ތެރޭ ހައިކޯޓަށް ހުށަހެޅޭނެ ކަމަށް ކަނޑައެޅި އެވެ. މިހާރު އަމަލުކުރަމުން ދަނީ އެ މުއްދަތަށެވެ. އެ މުއްދަތު ގުނަމުން ދަނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

އިސްތިއުނާފީ މުއްދަތު ގުނާނެ ގޮތެއް ގާނޫނުގައި ނެތް ނަމަވެސް، ގާނޫނުގައި ދަށުން ހަދާފައި އޮތް ޓެކްސް ނެގުމާބެހޭ އިދާރީ ގަވައިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.

އެ ގަވައިދަށް އެކި ފަހަރުމަތިން އިސްލާހުތަކެއް ގެނެސްފައިވީ ނަމަވެސް، އެ މާއްދާއަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން އިއްވި ހުކުމްގައި ބުނި ގޮތުގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ނުވަތަ ގަވައިދުގައި މުއްދަތެއް ބަޔާންކޮށްފައިވާނަމަ، އެ މުއްދަތު ގުނުމުގައި ބަލަންޖެހޭނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

ހައިކޯޓުން މިގޮތަށް ކަނޑައެޅުމަށްފަހު، ޓެކްސް އެޕީލް ޓްރިބިއުނަލުން ނިންމި ނިންމުމަކާ ގުޅިގެން މީރާއިން އެ ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެއް ބޭރުކޮށްލި އެވެ.

މޫސާ ނަސީމް ކިޔާ މީހަކަށް ދެކޮޅަށް މީރާއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލާފައިވަނީ އިސްތިއުނާފީ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން ގުނުމުން، މުއްދަތު ހަމަވެފައިވާތީ އެވެ.

އިސްތިއުނާފުކޮށްފައިވާ މައްސަލައަކީ، ޓްރިބިއުނަލުން 19 އޮކްޓޯބަރު 2020 ގައި ނިންމާފައިވާ މައްސަލައެކެވެ. އޭރު ޓެކްސް މައްސަލަތައް އިސްތިއުނާފުކުރުމަށް އޮތް މުއްދަތަކީ 30 ދުވަހެވެ.

އެ މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި މީރާއިން ހުށަހަޅާފައިވަނީ 8 ޑިސެމްބަރު 2020 ގަ އެވެ. އެހެންކަމުން ބަންދު ދުވަސްތައް ހިމަނައިގެން ގުނާއިރު، މައްސަލަ ނިންމިތާ 30 ދުވަސް އޮތީ އޭރު ހަމަވެފަ އެވެ.

ބަންދު ދުވަސްތަކާއެކު ބަލާއިރު، މީރާއަށް އެ މައްސަލަ ހުށަހެޅޭނެ އެންމެ ފަހު ދުވަހަކީ 18 ނޮވެމްބަރު 2020 އެވެ. އޭގެ ފަހުން މައްސަލަ ހުށަހަޅާފައި އޮތުމުން، ހައިކޯޓުން ނިންމީ މިއީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

މި ހުކުމާއެކު، ޓެކްސް އެޕީލް ޓްރިބިއުނަލުން ނިންމާފައިވާ ގިނަ މައްސަލަތަކެއްގެ އިސްތިއުނާފަށް އަސަރުކުރާނެ ކަމަށް ބެލެވެ އެވެ. މިހާރު އިސްތިއުނާފު މުއްދަތު ގުނުމުގައި އަމަލު ކުރަމުން އަންނަނީ ބަންދު ދުވަސްތައް ނުހިމަނައި ކަމުން މައްސަލަތައް ހުށަހަޅަމުން ދިޔައީ އެ މުއްދަތަށް ބަލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox