ޗިލީ ބަލިކޮށް ބްރެޒިލް ސެމީގައި ޕެރޫއާ ދެކޮޅަށް

Jul 3, 2021, 2:47 AM
ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ނޭމާ (ކ) އާއި ޕަކޭޓާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ނޭމާ (ކ) އާއި ޕަކޭޓާ އުފާފާޅުކުރަނީ.

ރިއޯ ޑި ޖަނެއިރޯ (ޖުލައި 3) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ދެ ވަނަ ހާފުގައި ކުޅުންތެރިއަކު މަދު ކުޅެ، ބްރެޒިލުން 1-0 އިން ޗިލީ ބަލިކޮށް ސެމީގައި ޕެރޫއާ ދެކޮޅަށް ކުޅެން ފުރުސަތު ހޯދައިފި އެވެ.

ބްރެޒިލް ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 4-0 އިން ޕެރޫ ބަލިކޮށްފަ އެވެ. ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލާއި ޕެރޫ ކުޅޭ މެޗު އޮންނާނީ ހޯމަ ދުވަހުގެރޭ އެވެ.

މެޗު ފަށައިގެން ވެސް ޗިލީގެ ބޮޑު ފޯކަސް އެއް އޮތީ ޑިފެންސް ކުރުމަށް ފަހު ކައުންޓަ އެޓޭކުގައި ބްރެޒިލް ކޮޅަށް ގޯލެއް ޖެހޭތޯ ބެލުމެެވެ. އެހެން ލިބޭ ބޯޅަތަކުގައި ބްރެޒިލްގެ ޑިފެންސަށް ބާރު ބޮޑުކޮށްދަނީ ޗިލީގެ އަލެކްސިސް ސަންޗޭޒާއި އާޓޫރޯ ވިޑާލަށް ލިބޭ ބޯޅަތަކުގަ އެވެ.

Advertisement

ގޯލެއް ޖަހަން ބްރެޒިލަށް މެޗުގައި ފުރަތަމަ ހުސް ފުރުސަތު ލިބުނީ 22 ވަނަ މިނިޓްގަ އެވެ. ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ އިރުކޮޅެއް ފަހުން ހިލޭ ޖެހުމަކުން ނޭމާ ނަގައިދިން ބޯޅަ މާކުއީނިއޯސް ބޮލުން ފޮނުވާލި ނަމަވެސް ޗިލީގެ ކީީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ބޯޅަ އަތަށް ނަގައިފަ އެެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލަށް ލީޑުނަގައިދޭން ގަބްރިއެލް ޖީސޫސް ޖެހި ބޯޅަ ކީޕަރު ބްރާވޯ ވަނީ މަތަކޮށްފަ އެވެ.

ބްރެޒިލްގެ ޖީސޫސް (ވ) އަށް ރަތް ކާޑެއް ދައްކަނީ.

ދެ ވަނަ ހާފަށް ބްރެޒިލް އިން ނުކުތީ ފިރްމީނޯގެ ބަދަލުގައި ލޫކަސް ޕަކޭޓާ ކުޅެން އަރުވައިގެންނެވެ. ކުޅެން އެރިތާ ދެ މިނިޓް ތެރޭ އޭނާ ވަނީ ގޯލެއް ޖަހައިފަ އެވެ. ނޭމާއާ އެކު ޕަކޭޓާގެ ކޮމްބިނޭޝަން ރަނގަޅަށް ފެނުނުއިރު، ޕަކޭޓާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލަނޑު ޖެހިތާ ދެ މިނިޓް ވެސް ނުވަނިސް ޗިލީގެ ފުލްބެކް މެނިއާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ބްރެޒިލްގެ ޖީސޫސް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ބްރެޒިލް ވަނީ ނަތީޖާ ދަމަހައްޓައިފަ އެވެ. ޗިލީން ފޮނުވާލި ހަމަލާތައް ބްރެޒިލްގެ ގޯލުގައި ހުރި ކީޕަރު އެޑަސަން މޮރާއެސް ވަނީ މަތަކޮށްފަ އެވެ.

ބްރެޒިލަށް އިތުރު ގޯލެއް ޖަހައިދޭން ނޭމާ ފޮނުވާލި ބޯޅަ ކީޕަރު ބްރާވޯ މަތަކުރި އެވެ. އަދި ރިޗާލިސަން އަށް ލިބުނު ބޯޅަތަކުގައި ރަނގަޅަށް ބޭނުންނުކުރެވުނެވެ.

ޕެރޫ އިން ސެމީގެ ފުރުސަތު ހޯދީ ރޭ ކުއާޓާގައި ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، 3-3 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެގެންނެވެ. ޕެނަލްޓީގައި ޕެރޫ ފޮނުވާލި ހަ ޕެނަލްޓީން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، ޕެރަގުއޭ އިން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ތިން ޕެނަލްޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox