ޔޫކްރެއިނާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗަށް އިނގިރޭސި ސަޕޯޓަރުންނަށް ނުދެވޭނެ

Jul 1, 2021, 1:15 PM
އިނގިރޭސި ދެ އަންހެން ސަޕޯޓަރުން ވެމްބްލީ ސްޓޭޑިއަމްގައި.

އިނގިރޭސި ދެ އަންހެން ސަޕޯޓަރުން ވެމްބްލީ ސްޓޭޑިއަމްގައި.

ލަންޑަން (ޖުލައި 1) - އަންނަ ހޮނިހިރު ދުވަހުގެރޭ އިޓަލީގެ ރޯމުގައި ޔޫކްރެއިނާ ދެކޮޅަށް ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗު ބަލަން އިނގިރޭސިވިލާތުން ދަތުރުކުރާ އެއްވެސް ސަޕޯޓަރަކަށް މެޗު ކުޅޭ ދަނޑު ރޯމް އޮލިމްޕިކް ސްޓޭޑިއަމަށް ނުވަދެވޭނެ ކަމަށް އިޓަލީ ސަރުކާރުން ނިންމައިފި އެވެ.

ލަންޑަނުގައި ހުންނަ އިޓަލީގެ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގައި މިދިޔަ 14 ދުވަސް ތެރޭގައި އުޅުނު މީހެއް އިޓަލީ އަށް ދަތުރުކުރުމަށް ފަހު ފަސް ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި އެ ގޮތަށް އަމަލުކުރާއިރު، ވަކި ގައުމެއްގެ މީހެއް އިސްތިސްނާނުވާނެ ކަމަށެެވެ. އަދި ކަރަންޓީނުން ދޫކުރާނީ ނެގެޓިވް ނަތީޖާއަކަށް ފަހު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

"މެޗުގެ ޓިކެޓެއް އޮތް މީހެއް ކަމުގައި ވިޔަސް އިނގިރޭސިވިލާތުގައި މިދިޔަ 14 ދުވަސްތެރޭ އުޅުނު މީހެއް ވިއްޔާ (ޔޫކްރެއިނާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް) މެޗު ބަަލަން ދަނޑަށް ނުވައްދާނަން،" އިޓަލީ އެމްބަސީ ބަޔާނުގައިވެ އެވެ.

އިނގިރޭސިވިލާތަށް ދަތުކުރުމުގައި ސަމާލުވާން ޖެހޭ ކަމަށް ބުނެ، އިޓަލީ ސަރުކާރުން ދާދި ފަހުން ވަނީ ޓްރެވަލް އެޑްވައިޒަރީ އެއް ވެސް ނެރެފަ އެވެ. އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ އިޓަލީ ސަރުކާރުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް އިނގިރޭސިވިލާތުން އެ ގައުމަށް އަންނަ ކޮންމެ މީހެއް ފަސް ދުވަހަށް ކަރަންޓީނުވާން އަންގައިފަ އެވެ.

އިޓަލީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގައި އުޅެފައި އިޓަލީ އަށް އައިސް ހަ ދުވަސްވެފައިވާ މީހުން މެޗު ބަލަން ދަނޑަށް ވަދެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހު ކަމަށެވެ.

"މ އުސޫލުތަކާ ހިލާފުވާ މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭނަން،" އިޓަލީ ސަރުކާރުގެ ބަޔާނުގައި އެވެ.

މިހާރު އޮތް ހާލަތުން ސަޕޯޓަރުން ނުލައި ކުޅެން ޖެހުމަކީ އިންގްލެންޑް ޓީމަށް ދިމާވާނެ މާޔޫސްކަމެކެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އިންގްލެންޑުން ކުޅުނު ހަތަރު މެޗު ވެސް ކުޅުނީ އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. އިންގްލެންޑުން ގްރޫޕް ސްޓޭޖުގެ ތިން މެޗު ކުޅުނީ އެވްރެޖްކޮށް ބަލާނަމަ 18،000 މީހުންގެ ކުރިމަތީގަ އެވެ. އެންމެ ފަހުން ދެ ވަނަ ބުރުގައި ޖަރުމަނު ބަލިކުރި މެޗު ބަލަން 40،000 އަށް ވުރެ މީހުން ދަނޑަށް ވަނެވެ. ގިނައީ އިނގިރޭސި ސަޕޯޓަރުންނެވެ.

އިންގްލެންޑުން ސަޕޯޓަރުން ނުލައި ޔޫކްރެއިނާ ދެކޮޅަށް ކުޅެން ޖެހޭއިރު، މީގެ އުނދަގޫތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެެެވެ. އެއީ ސަޕޯޓަރުންގެ ކުރިމަތީގައި ގާތްގާތުގައި މެޗުތަކެއް ކުޅެފައި، ކުއްލިއަކަށް ސަޕޯޓަރުން ނުލައި ކުޅެން ޖެހުމުންނެވެ. ޔޫކްރެއިނުން މުޅިން އަލަށް ޔޫރޯއެއްގެ ނޮކައުޓް ބުރުގައި ކުޅެމުން އަންނައިރު، އެ ޓީމުން ވަނީ ދެ ވަނަ ބުރުގައި ސްވިޑެން ބަލިކުރަން ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.

އިނގިރޭސިވިލާތުގައި އުޅެފައި އަންނަ މީހުންނަށް އިޓަލީ ސަރުކާރުން އުސޫލުތައް ހަރުކަށި ކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. ޔޫކްރެއިނާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ. އިޓަލީގެ ރޯމް ސްޓޭޑިއަމުގައި މިހާތަނަށް ޔޫރޯގެ ތިން މެޗެއް ކުޅުނުއިރު، އެ މެޗުތަކަށް އެވްރެޖްކޮށް ވަދެފައިވަނީ 11،000 ސަޕޯޓަރުންނެވެ.

މެޗު ޝެޑިއުލަށް ބަދަލެއް ނާންނާނެ: ޔުއެފާ

ކޮވިޑް-19ގެ ތެރޭގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވައްދައިގެން ޔޫރޯގެ މެޗުތައް ކުރިއަށްގެންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޔޫރަޕްގެ މައި އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހަންގޭރީ އާއި ސްކޮޓްލެންޑް އަދި އިންގްލެންޑުން ޔޫރޯގެ މެޗުތަކާ ގުޅޭ ކޮވިޑް-19ގެ ކޭސްތައް ފެންނާތީ އެ ގައުމުތަކުގެ ސިއްހީ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންގްލެންޑްގައި ކޮވިޑްގެ ހާލަތު ގޯސްވާތީ ގިނަ ޓީމުތަކަކުން އަންނަނީ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު އިންގްލެންޑް ނޫން ތަނެއްގައި ކުޅެން ގޮވާލަމުންނެވެ. މެޗުތައް ބަދަލުކުރަން ގައުމުތަކުން ބޭނުންވަނީ އިޓަލީގެ ރޯމުގައި ނޫނީ ހަންގޭރީގެ ބުޑަޕެސްޓް އަށެވެ.

ޔުއެފާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް މެޗުތައް ކުރިއަށްދާނެ ކަމަށާއި މެޗު ކުޅޭނެ ސްޓޭޑިއަމަކާއި ގަޑިއަކަށް ބަދަލެއް ގެންނަން ޖެހޭ ފަދަ ކަމެއް އަދި ކުރިމަތިނުވާ ކަމަށެވެ.

އިނގިރޭސި ސަރުކާރުން ދިން ހުއްދައާ އެއްގޮތަށް ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލް މެޗު ބަލަން ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމަށް 60،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވައްދަން މަސައްކަތްކުރަމުން އަންނައިރު، އެ ކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަ އެވެ.

ޔުއެފާ އިން ބުނީ ސަޕޯޓަރުން ދަނޑަށް ވައްދާނެ އަދަދެއް ކަނޑައެޅުމުގެ ބާރު ދީފައި އޮތީ ކޮންމެ ގައުމެއްގެ ލޯކަލް އޮތޯރިޓީއަށް ކަމަށާއި އެ ކަމުގެ ތެރެއަށް ޔުއެފާ އިން ނުވަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox