ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހަކަށް ބޮޑު ހުކުމެއް: 32 އަހަރަށް ޖަލަށް

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއް: ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހަކަށް ބޮޑު ހުކުމެއް ވަނީ އިއްވާފައި

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއް: ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހަކަށް ބޮޑު ހުކުމެއް ވަނީ އިއްވާފައި

ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހަކު 32 އަހަރަށް ޖަލަށްލާން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ދޮންދަރިއަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވަނީ ފުވައްމުލައް ޑައިމަންޑް، އަލީ މޫސާ އަހުމަދުގެ މައްޗަށެވެ.

އޭނާ ނުވަ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ ފާހަނާގައި އުޅެނިކޮށް، އޭނާގެ ޖިންސީ ގުނަވަން ދައްކައިގެންނެވެ.

މައްސަލާގައި ދައުލަތުން އަލީ މޫސާގެ މައްޗަށް އުފުލީ މީހަކު، ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއްކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

އަދި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ކުރި އެވެ.

ޝަރީީއަތުގައި އަލީ މޫސާ ވަނީ ދައުވާތަކަށް އިންކާރުކޮށް، އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

ނަމަވެސް، މިއަދު ފުވައްމުލައް ކޯޓުން ނިންމާފައިވަނީ ކުއްޖާގެ ބަޔާނާއި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކުރާއިރު އޭނާގެ މައްޗަށް ހަތަރު ދައުވާ ވެސް ސާބިތުވާ ކަމަށެވެ.

ގާޒީ ހަދީޖާ ލީނާ ކުރެއްވި ހުކުމްގައިވާ ގޮތުން، ކަންވީ ގޮތް ކަމަށް ބުނެ ކުއްޖާ ދީފައިވާ ބަޔާނާއި ކުއްޖާ އެކި ފަރާތްތަކަށް ކިޔާދީފައިވާ ކިޔައިދިނުމުގައި އެއްވެސް މިންވަރެއްގެ ފުށުއެރުމެއް ނެތެވެ. އަދި، ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން ހެދި ރިޕޯޓްގައި ކުއްޖާއަށް ނަފްސާނީ އަނިޔާ އާއި ޖިންސީ ގޯނާގެ އަނިޔާ އެންމެ މަތީ މިންވަރަށް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

މި ހުކުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެ މައްސަލާގައި ދައުލަތުގެ ފަރާތުން މަސައްކަތް ކުރެއްވި ވަކީލުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، މި މައްސަލާގައި ކުރެވުނީ ރަނގަޅު މަސައްކަތްތަކެއް ކަމާއި މިކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox