ގިނަ ކޯޗުންތަކެއް ނޫނެކޭ ބުނި ޓޮޓެންހަމާ ހަވާލުވީ ނޫނޯ!

Jun 30, 2021, 8:05 PM
ގިނަ ކޯޗުންތަކެއް ނޫނެކޭ ބުނި ޓޮޓެންހަމާ ހަވާލުވީ ނޫނޯ!

ލަންޑަން (ޖުލައި 1) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ވުލްވްސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަވާލުވެއްޖެ އެވެ.

މިދިޔަ ސީޒަނަށް ފަހު ވުލްވްސްގެ ކޯޗުކަމުން ވަކިވި ނޫނޯ ވަނީ ޓޮޓެންހަމާ އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އުމުރުން 47 އަހަރުގެ ނޫނޯއާ ޓޮޓެންހަމް ހަވާލުވުމުގެ ކުރިން އެ ކްލަބުން ވަނީ ގިނަ ކޯޗުންތަކަކާ މަޝްވަރާކޮށްފަ އެވެ. އެ ކޯޗުންގެ ތެރޭގައި އިންޓަގެ ކޯޗުކަމުން ވަކިވި އެންޓޯނިއޯ ކޮންޓޭ، ކުރި މުއްދަތެެއްގެ ތެރޭގައި ނަޕޯލީ އާއި ފިއޮރެންޓީނާގެ ކޯޗުކަން ދޫކޮށްލި ޖެނާރޯ ގަޓޫސޯ، ރޯމާ އިން ވަކިވި ޕައޮލޯ ފޮންސޭކާ، ޔުވެންޓަސްއާ ހަވާލުވި މެސިމޯ އަލެގްރީ، ބަޔާން މިއުނިކާ ގުޅުނު ހޫލިއަން ނާގަލްސްމަން، ބަޔާން ދޫކޮށް ޖަރުމަނު ގައުމީ ޓީމަށް ބަދަލުވި ހަންސީ ފްލިކް، އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގް، ޕީއެސްޖީގައި ހުރި ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ، ސެވިއްޔާގައި ހުރި ހުލެން ލޮޕެޓެގީ، ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް، ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒް އަދި ފުލަމް ދޫކޮށް ދާދި ފަހުން ބޯންމައުތާ ހަވާލުވި ސްކޮޓް ޕާކާ ހިމެނެ އެވެ.

މީގެއިން ކޮންމެ ކޯޗެއް ވެސް ޓޮޓެންހަމާ ހަވާލުވާން މަޝްވަރާތައް ބޭއްވުމަށް ފަހު އެ ޓީމާ ނުގުޅެން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ކްލަބްގެ މާލީ ހާލަތު މި ވަގުތު އޮތްގޮތުން ކައިރި މުސްތަގުބަލެއްގައި ޓީމު ބިނާކުރަން ބޮޑު ހަރަދެއް ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އަދި ޓޮޓެންހަމުން ހެރީ ކޭން ފަދަ އެ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ވިއްކާލަން ޕްރެޝަރު ބޮޑުވަމުން އަންނާތީ އެވެ.

ޓޮޓެންހަމަކީ މި ވަގުތަށް ބަލާނަމަ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ދަރަނި ބޮޑު ކްލަބެވެ. އެ ޓީމުން ވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ހާލަތުން އަރައިގަންނަން ދާދި ފަހުން ވެސް ލޯނެއް ނަގައިފަ އެވެ.

ކުރިން ވުލްވްސްގެ އިތުރުން ޕޯޓޯ އަށް ކޯޗުކޮށްދިން ނޫނޯ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްއާ ހަވާލުވާން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ ޓޮޓެންހަމާ ގުޅުނީ އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓީޗީއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ. ޕަރަޓީޗީ އަކީ މިދިޔަ ސީޒަނަށް ފަހު ޔުވެންޓަސްގެ ވަޒީފާ ދޫކޮށްލި ނަން މަޝްހޫރު ސްޕޯޓިން ޑިރެކްޓަރެކެވެ.

ވުލްވްސް އިނގިރޭސި ދެ ވަނަ ޑިވިޝަނުން ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީ ނޫނޯ ވަނީ އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގައި ވެސް ވާދަކޮށްފަ އެވެ. މިދިޔަ ސީޒަނަށް ފަހު ނޫނޯ ވުލްްވްސް ދޫކޮށްލަން ނިންމީ އެ ޓީމު ލިގުގެ 13 ވަނައިގައި ނިންމާލަން ޖެހުމުންނެވެ.

ޓޮޓެންހަމުން ދާއިމީ ކޯޗަކު ހަމަޖެއްސީ އެ ޓީމުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރިތާ 73 ދުވަސް ފަހުންނެވެ. މޮރީނިއޯ ވަކިކުރުމަށް ފަހު މިދިޔަ ސީޒަންގެ ފަހު ބައިގައި ޓޮޓެންހަމަށް ކޯޗުކޮށްދިނީ ޔޫތު ކޯޗު ރަޔާން މޭސަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox