އަބުރަށް ގެއްލުން ދެމުންދާ ކަމަށް ބުނެ މީޑިއާތަކަށް ފިޔަވަޅު އަޅަން އިންޑިއާ ހައި ކޮމިޝަނުން އެދެފި

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ: އިންޑިއާގެ ޑިޕްލޮމެޓުންގެ ކަރާމާތަށް އަރައިފައިވާ ކަމަށް ބުނެ ފިޔަވަޅު އަޅައި ދިނުމަށް ވަނީ އެދިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ: އިންޑިއާގެ ޑިޕްލޮމެޓުންގެ ކަރާމާތަށް އަރައިފައިވާ ކަމަށް ބުނެ ފިޔަވަޅު އަޅައި ދިނުމަށް ވަނީ އެދިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އިންޑިއާ ހައިކޮމިޝަނަރު ސަންޖޭ ސުދިރް އާއި ހައި ކޮމިޝަނުގެ ވެރިންގެ އަބުރު ގެއްލޭ ގޮތަށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާތީ އެކަމާމެދު ފިޔަވަޅު އެޅުމަށް ގޮވާލައި އެފަދަ ކަންކަން ތަކުރާރުވާ ނަމަ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު އިންޑިއާއިން ދީފި އެވެ.

އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ގޮތަށް ހައި ކޮމިޝަނުން އެދިފައިވަނީ އޮންލައިން ނޫސް، "ދިޔަރެސް" ގައި ލިޔުނު އާޓިކަލްއަކާ ގުޅިގެންނެވެ.

އެ ސިޓީގައި ބުނެފައިވަނީ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގެ ޕޯސްޓްތަކުގައި އެ ހައި ކޮމިޝަންގެ ޑިޕްލޮމެޓުންގެ އަބުރަށް އަރައިގެންފައިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ. އަބުރަށް އަރައި ދޭ "ހަމަލާތައް" ތަކުރާރު ވާނަމަ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

"އިންޑިއާ ހައިކޮމިޝަނާއި އެ މިޝަންގެ ހެޑް އަދި ޑިޕްލޮމެޓިކް މުވައްޒަފުންގެ އަބުރަށް ގެއްލުންވާ ގޮތަށް ދެވޭ މިފަދަ ހަމަލާތައް ތަކުރާރުވަމުންދާ ނަމަ ހައި ކޮމިޝަނުގެ މަސައްކަތްތަކަށް ބުރޫއަރައި، ދެ ފަރާތަށް ވެސް ފައިދާ ލިބޭ ގޮތަށް ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު މި އޮތް ގުޅުމަށް އަސަރުކޮށްފާނެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

"ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަން" ގެ 29 ވަނަ މާއްދާއާ ހަވާލާ ދީ ސިޓީގައި އެދިފައިވަނީ އަބުރަށް ގެއްލުންދޭ ފަރާތްތަކާމެދު މެދު ފިޔަވަޅު އަޅައިދިނުމަށެވެ. ކޮންވެންޝަންގެ އެ މާއްދާގައި ބުނަނީ ބޭރުގެ ޑިޕްލޮމެޓުންނަށް އެ މީހުން ތިބޭ ގައުމަކުން ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ޑިޕްލޮމެޓުންނަށް އެއްވެސް ގެއްލުމެއް ލިބިދާނެ ފަދަ ކަންކަމުން ސަލާމަތް ކުރުމަށް އެ ގައުމެއްގެ ސަރުކާރުން ފިޔަވަޅު އަޅައި ދޭން ޖެހޭނެ ކަމަށެވެ.

އެ މާއްދާއާ ހަވާލާދީ ހައި ކޮމިޝަނުން އެދިފައިވަނީ ޑިޕްލޮމެޓުންގެ އަބުރަށާއި ކަރާމާތަށް އަރައިގެންފައިވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށާއި އެ ޑިޕްލޮމެޓުންގެ ރައްކާތެރިކަން އިތުރަށް ޔަގީން ކޮށްދިނުމަށެވެ.

އެ ސިޓީއާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ގައުމުގެ އެފަދަ ހާރިޖީ މުއާމަލާތްތަކުގެ މައުލޫމާތު ހާމަ ނުކުރާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ކުރެއްވި މެސެޖެއް ވަނީ ލީކްވެފަ އެވެ. ރޮޒައިނާގެ އެ މެސެޖްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނާއާ ގުޅޭގޮތުން މީޑިއާގައި ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުން އޭނާގެ ސެކިއުރިޓީއަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ ގުޅުއްވި ކަމަށެވެ.

އެހެންވެ އެ މައްސަލަ ބަލައި ދިނުމަށް އެދި މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށް ރޮޒައިނާގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

"އެކަމަކު އަޅުގަނޑަށް ފެނޭ ކޮމެޓީގެ ފަރާތުން މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް މީޑިއާ ކައުންސިލަށް ހުށަހަޅަން،" ރޮޒައިނާ ވިދާޅުވި އެވެ.

އެ މެސެޖާ ގުޅޭގޮތުން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ވިދާޅުވީ ދިޔަރެސް ނޫހުގެ މައްސަލަ ރޮޒައިނާ އޭނާގެ ސަމާލުކަމަށް ގެނައި ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން ރަސްމީކޮށް އެ މައްސަލަ މިހާތަނަށް ހުށަހަޅައިފައި ނުވާ ކަމަށެވެ.

"މަޖިލީހުގެ ބައެއް މެމްބަރުން ނުރަސްމީކޮށް ގުޅުއްވި. މިނިވަން މުއައްސަސާތަކުގެ މުގައްރިރު ވެސް ގުޅުއްވި. ނަމަވެސް ފޮރިން މިނިސްޓްރީގެ ސިޓީއެއް ވެސް މަޖިލީހުގެ ސިޓީއެއް ވެސް ރަސްމީކޮށް ލިބިފައެއް ނެތް،" ޝަހުބާން ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ ރޮޒައިނާ އޭނާގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުން އެކަމާ ގުޅޭގޮތުން ކައުންސިލް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. ކައުންސިލް މެމްބަރުން ނިންމީ އިސްވެ އެ ކައުންސިލުން އެ މައްސަލަ ނުބަލަން ކަމަށް ވެސް ޝަހުބާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox