ރަޖިސްޓްރާ ގޯސްކޮށް އަމަލުކޮށްފައި އޮތުމުން ހައިކޯޓުން މައްސަލައެއް ބޭރުކޮށްފި

ހައިކޯޓު: އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމުމެއް ގޯސްކޮށް އޮތުމުން މައްސަލައެއްގެ އިސްތިއުނާފަށް ފުރުސަތެއް ނުދިން

ހައިކޯޓު: އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމުމެއް ގޯސްކޮށް އޮތުމުން މައްސަލައެއްގެ އިސްތިއުނާފަށް ފުރުސަތެއް ނުދިން

ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމެއް ގޯސްކޮށް އޮތުމުން، އެ ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެއް ބޭރުކޮށްލައިފި އެވެ.

ރަޖިސްޓްރާގެ ނިންމުން ގޯސްވެގެން ހައިކޯޓުން މިއަދު ބޭރުކޮށްލާފައިވަނީ ހޮނާސް ކްލަބު މޯލްޑިވްސްގެ ފަރާތުން ޓެރަފާމާ މޯލްޑިވްސްގެ މައްޗަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަކީ، ހޮނާސް ކްލަބު މޯލްޑިވްސްއާ ދެކޮޅަށް ސިވިލް ކޯޓުން މައްސަލައެއް ޣައިރު ހާޒިރުގައި ނިންމާފައި އޮތުމުން އިސްތިއުނާފަށް އޮތް މުއްދަތުގެ ތެރޭ އެ ކޯޓަށް ކޯޓަށް ހުށައެއް ނޭޅުމެވެ.

ނަމަވެސް، އެއީ ޒަރޫރީ ހާލަތެއް ކަމަށް ބަލައިގެން ހައިކޯޓުން ނިންމީ މައްސަލަ އިސްތިއުނާފުކުރުމަށް 10 ދުވަހުގެ މުއްދަތު ހަމަވެފައި އޮތަސް ހުއްދަ ދޭންށެވެ.

މުދަތުގައި އިސްތިއުނާފަށް ހުށަނޭޅޭ މައްސަލަތައް، އެ މައްސަލައެއް އިސްތިއުނާފަށް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ހައިކޯޓަށް ގަބޫލުކުރެވޭފަދަ ސަބަބެއް ކަމުގައިވާނަމަ، ހާލަތުލްޒަރޫރާގެ ދަށުން ހުއްދަ ދިނުމުގެ އިހްތިޔާރު ހައިކޯޓަށް އޮވެ އެވެ.

އެގޮތުގެ މަތިން އިސްތިއުނާފުކުރުމަށް ހުއްދަ ހައިކޯޓުން ދީފައިވަނީ 11 ފެބުރުއަރީ 2019 ވަނަ ދުވަހު އެވެ. ނަމަވެސް، އެ ހުއްދައިގެ ދަށުން މައްސަލަ ހޮނާސް ކްލަބު މޯލްޑިވްސްއިން ހައިކޯޓަށް ހުށަހަޅާފައިވަނީ އޭގެ 93 ދުވަސް ފަހުން 16 މެއި 2019 ވަނަ ދުވަހު އެވެ. ބަންދު ދުވަސްތައް ނުލައި ވެސް 64 ދުވަސް ފާއިތުވީ ފަހުންނެވެ.

އެހާ ގިނަ ދުވަސް ފަހުން މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީކޮށްދީފަ އެވެ.

އެ މައްސަލާގައި ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ އިސްތިއުނާފުކުރުމަށް ހައިކޯޓުން ހުއްދަ ދިން ތާރީހާއި މައްސަލައިގެ ފޯމް ހޮނާސް ކްލަބު މޯލްޑިވްސްއިން ހުށަހެޅި ތާރީހާ ދެމެދު އެކަށީގެން ނުވާ ދިގު މުއްދަތުތަކެއް ހިނގާފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ހާއްސަ ހާލަތެއްގެ ދަށުން ހުއްދައެއް ލިބުމުން، ހައްދެއް އިމެއް، ވަގުތެއް ނެތި އިސްތިއުނާފަށް މައްސަލަ ނުވައްދައި ތިބުމުގެ ފުރުސަތު ހުޅުވިފައި އޮވެއްޖެނަމަ އެކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތް ކުރެވުމުގެ ހައްގު ގެއްލިގެން ދިއުމުގެ އިތުރަށް ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް ހުކުމްގައި ބުންޏެވެ.

އެހެންކަމުން، އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށްފަހު އެތައް ދުވަހެއްވީ ފަހުން މައްސަލަ ހުށަހެޅުން އެ ބަލައިގެންފައިވަނީ ގޯސްކޮށް ކަމަށް ކަނޑައެޅި އެވެ. އެފަދަ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅައި ފައިސަލާކުރުވަނިވި ހުކުމެއް އިއްވުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

އެ ސަބަބާހުރެ އެ މައްސަލައަކީ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމި ކަމަށް ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އިއްތިފާގުން ނިންމެވި އެވެ.

އިއްތިފާގުން އިއްވެވި ހުކުމްގައި ބުނި ގޮތުގައި، ކޮންމެ ހައްގެއް ވެސް އިންތިޒާމުވެފައި އޮންނަންވާނީ ގާނޫނުން ކަނޑައަޅާ ހުދޫދެއްގެ ތެރޭގައި އެވެ. އޭގެން އިސްތިއުނާފުކުރުމުގެ ހައްގު ވެސް އިސްތިސްނާ ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox