ހުޅުމާލޭގައި އަޅާ ދެ ސްކޫލް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅު

ހުޅުމާލެ ދެވަނަ ފިޔަވަހި: ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓުގައި ފަށަންވާއިރަށް ނުނިމޭތީވެ ދެ ވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފަށަން އަންނަނީ މަޝްވަރާކުރަމުން.

ހުޅުމާލެ ދެވަނަ ފިޔަވަހި: ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓުގައި ފަށަންވާއިރަށް ނުނިމޭތީވެ ދެ ވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފަށަން އަންނަނީ މަޝްވަރާކުރަމުން.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ 2400 ދަރިވަރުންގެ ޖާގައިގެ ދެ ސްކޫލް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅަށް ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓްތަކުގެ ދެ ވަނަ ފިޔަވައްސަށް ގިނަ ބަޔަކު މި އަހަރު އާބާދުވާއިރު އެތަނުގައި ހަތަރު ސްކޫލް އަޅަން ނިންމާފައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އާ ސްކޫލު ޑިޒައިންކުރަނީ ވަށާޖެހޭ ތައުލީމީ ސިޔާސަތާ އެއްގޮތަށް ދަރިވަރުންނަށް އެފަދަ ތައުލީމެއް ދެވޭފަދަ ގޮތަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް "އަދަދު" އަށް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ނިންމާފައިވާ ދެ ސްކޫލުން ކޮންމެ ސްކޫލެއްގެ ޖާގައަކީ 1200 ދަރިވަރުން ކަމަށެވެ. މި އަހަރު ފެބްރުއަރީ މަހު ސޮއިކޮށްފައި ވަނީ ސަލާހުއްދީން ސްކޫލު އެޅުމުގެ މަސައްކަތުގަ އެވެ.

އަމީން ކޮންސްޓްރަކްޝަނާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅުގައި އެ ސްކޫލުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. އަމީން ކޮންސްޓްރަކްޝަނާ މަޝްރޫއު ހަވާލުކޮށްފައި ވަނީ 118،336،879 ރުފިޔާގެ އަގަކަށް، 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ނިންމާފައިވާ ސަލާހުއްދީން ސްކޫލު އެޅުމަށް ނިންމާފައިވާ ހުސް ބިމުގެ ކުރެހުމެއް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ނިންމާފައިވާ ސަލާހުއްދީން ސްކޫލު އެޅުމަށް ނިންމާފައިވާ ހުސް ބިމުގެ ކުރެހުމެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ނިންމާފައިވާ ސަލާހުއްދީން ސްކޫލު އެޅުމަށް ނިންމާފައިވާ ހުސް ބިމުގެ ކުރެހުމެއް

ދެވަނަ ފިޔަވަހީގައި އަޅާ ހުރިހާ ސްކޫލެއް އެޅުމަށް ވެސް ހަމަޖެހިފައި ވަނީ ދަރިވަރުންނަށް ކައިރި ހިސާބިތަކުގައި ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

އެގޮތުން ސަލާހުއްދީން ސްކޫލު އެޅުމަށް ނިންމާފައި ވަނީ އެޗް2 ފްލެޓްއާ އިންވެގެން އޮންނަ ހުސް ބިމުގަ އެވެ.

ފޭސްޓޫގައި އެޅުމަށް ނިންމާފައިވާ ދެވަނަ ސްކޫލު އަޅާނެ ބިން ފެންނަ ކުރެހުމެއް
ފޭސްޓޫގައި އެޅުމަށް ނިންމާފައިވާ ދެވަނަ ސްކޫލު އަޅާނެ ބިން ފެންނަ ކުރެހުމެއް

ފޭސްޓޫގައި އެޅުމަށް ނިންމާފައިވާ ދެވަނަ ސްކޫލު އަޅާނެ ބިން ފެންނަ ކުރެހުމެއް

ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން އީޕީސީ ޓާންކީ އުސޫލުން ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި އިމާރާތްކުރާ ސްކޫލްގެ ޑިޒައިން އަދި އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

އެއް އަހަރާއި ހަ މަސްދުވަހުން ނިންމުނަށް އެ މަސައްކަތް ހަވާލު ކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެ މަސައްކަތަކީ 2.43 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަސައްކަތަކީ ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭގޮތަށް ހަވާލުކުރާ މަޝްރޫއެކެވެ. އެ ސްކޫލު އެޅުމަށް އެޑިއުކޭޝަނުން ނިންމާފައި ވަނީ ސޯޝަލް ހައުސިން ސަރަހައްދުގަ އެވެ.

މީގެ އިތުރުން ރިޔާޒް ވިދާޅުވީ ފޭސް2އަށް ސްކޫލަށް ދިއުމަށް ބަހުގެ ހިދުމަތް ދިނުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox