އިރާނުން އެހީވާ ހަނގުރާމަވެރިން ސީރިއާގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް ހަމަލާ ދީފި

އިރާނުން އެހީވާ ހަނގުރާމަވެރި ގްރޫޕުތައް އިރާގާއި ސީރިއާގެ ބޯޑަރު ހިސާބުގައި ހަރަކާތްތެރިވޭ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިރާނުން އެހީވާ ހަނގުރާމަވެރި ގްރޫޕުތައް އިރާގާއި ސީރިއާގެ ބޯޑަރު ހިސާބުގައި ހަރަކާތްތެރިވޭ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ބެއިރޫތް، ލުބްނާން (ޖޫން 29) - އެމެރިކާއިން ދިން ހަމަލާތަކެއްގެ ރައްދުގައި އިރާނުން އެހީވާ ހަނގުރާމަވެރިން ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޮކެޓު ހަމަލާތަކެއް ދީފި އެވެ.

އެމެރިކާގެ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު ވެއިން މަރޮޓޯ ޓްވިޓާ މެދުވެރިކޮށް ބުނީ އިރުމަތީ ސީރިއާގައި ގިނަ އަދަދެއްގެ ރޮކެޓް ހަމަލާ އަމާޒުވި ނަމަވެސް އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްއިން ބުނީ ސީރިއާގެ އަލް އުމަރް ތެޔޮ ވަޅު ސަރަހައްދުގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް ހަމަލާ ދިން ކަމަށެވެ. އަދި ދެ ފަރާތުގެ މެދުގައި ގިނަ އިރުތަކެއް ވަންދެން ބަޑީގެ ހަމަލާތައް ބަދަލު ކުރި ކަމަށް ވެސް ރިޕޯޓު ކުރި އެވެ.

އެމެރިކާއިން އާދީއްތަ ދުވަހުގެ ރޭ ވަނީ އިރާގާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި އުޅޭ އިރާނުން އެހީވާ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި ހަނގުރާމަވެރި ހަތް މީހަކު މަރުވި އެވެ.

މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑެން މަގާމުގެ ހުވާ ކުރެއްވި ފަހުން އިރާނުން އެހީވާ ޓާގެޓުތަކަށް އެމެރިކާއިން ދިން ދެ ވަނަ ހަމަލާ އެވެ. ހަމަލާ ދެނީ "ރައްދުގައި" ކަމަށް ޕެންޓަގަން އިން ބުނާއިރު، އިރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް މި ވަގުތު ދަނީ ކުރިއަށެވެ.

އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ހާދެމީ ވިދާޅުވީ އެމެރިކާގެ ހަމަލާތަކަކީ އެ ގައުމުގެ އިސްތިގްލާލަށް ބުރޫ އަރާ، އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ހަމަލާތަކެއް ކަމަށެވެ. އަދި ސީރިއާއިން ވެސް ވަނީ ހަމަލާތައް ކުށްވެރިކޮށްފަ އެވެ.

އެމެރިކާގެ 2،500 ސިފައިން އިރާގުގައި އުޅެނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. މި އަހަރު އެކަނިވެސް އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިރާގުގައި 40 އަށް ވުރެ ގިނަ ހަމަލާ ދިނެވެ.

އޭގެ ތެރެއިން ގިނަ ހަމަލާތަކަކީ އެއްގަމު އުޅަނދު ދަތުރު ކުރާއިރު ދޭ ބޮމުގެ ހަމަލާ އެވެ. އޭގެ އިތުރުން 14 ރޮކެޓު ހަމަލާ ވެސް ދީފައި ވެ އެވެ. ހަމަލާތައް ދެނީ އިރާގުން އެމެރިކާ ސިފައިން ފޮނުވާލުމަށް ބާރު އެޅުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox