ވަޒީފާގެ ފަހު ދުވަހަކީ އިންގްލެންޑް މެޗަށް ވާން ލޯ ނޭދޭ

Jun 29, 2021, 5:02 AM
ޖަރުމަނުގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ލޯ.

ޖަރުމަނުގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ލޯ.

ލަންޑަން (ޖޫން 29) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނުގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ޔަކީމް ލޯ އެ ޓީމުގައި މަސައްކަތްކުރާ އެންމެ ފަހު ދުވަހަކީ މިރޭ އިންގްލެންޑާ ދެކޮޅަށް ޔޫރޯގެ ދެ ވަނަ ބުރުގައި ކުޅޭ މެޗަށް ވާން ބޭނުން ނުވާ ކަމަށް ބުނެފި އެވެ.

ފަނަރަ އަހަރަށް ފަހު ލޯ ޖަރުމަނުގެ ކޯޗުކަން ދޫކޮށްލާނެކަން މި މުބާރާތް ފެށުމުގެ މާ ކުރިން އޮތީ އިއުލާނު ކޮށްފަ އެވެ. މި މުބާރާތުގެ ކުރިން ލޯ ވަނީ ޖަރުމަނު ސަޕޯޓަރުން ހިތްރުހޭ ވަރުގެ ކާމިޔާބެއް ވަދާއީ މުބާރާތުން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މިރޭ އިންގްލެންޑާ ދެކޮޅަށް ޖަރުމަނުން ކުޅޭއިރު، މިއީ ފުޓްބޯޅައިގައި ވަރަށް ބޮޑަށް ވާދަވެރިކަން އޮންނަ ދެ ގައުމެވެ.

މެޗުގެ ކުރިން ލޯ ބުނީ ކޮންމެ ގޮތެއް ވިޔަސް އޭނާ ވެސް އަދި ޖަރުމަނު ފުޓްބޯޅަ ސަޕޯޓަރުން ވެސް އިންގްލެންޑް އަތުން ބަލިވެގެން މި ހިސާބުން މުބާރާތް ނިމެން ބޭނުންނުވާ ކަމަށެވެ.

"އަހަރެން ވެސް ބޭނުމެއް ނޫން. (މި މުބާރާތުގެ) ނޮކައުޓް ބުރުގެ ފުރަތަމަ މެޗަކީ އަހަރެން މި މަގާމުގައި (ޖަރުމަނު ކޯޗަކަށް) ހުންނަ ފަހު ދުވަހަށް ވާން. ވަރަށް ރަނގަޅަށް ތައްޔާރުވެގެން މެޗަށް ނުކުންނާނީ،" ލޯ ބުންޏެވެ.

މެޗުގެ ކުރިން ޖަރުމަނު ޓީމަށް ދިމާވި އެންމެ ބޮޑު އުނދަގުލަކީ މިރޭގެ މެޗު ކުޅޭ އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި ފަރިތަކޮށްލުމުގެ ފުރުސަތު ނުލިބުމެވެ. އާންމު އުސޫލުން ބަލާއިރު، މެޗުގެ ކުރިން ކޮންމެ ޓީމަކަށް ވެސް ދަނޑުގައި އެއް ޕްރެކްޓިސް ކޮށްލަން ލިބެ އެވެ. އެކަމަކު މި ފަހަރު އެ ފުރުސަތު ނެތީ ލަންޑަން އަށް ވިއްސާރަ ދުވަސްވަރަކަށް ވެފައި، މެޗު ކުޅޭއިރު ދަނޑުގެ ހާލަތު ރަނގަޅު ފެންވަރެއްގައި ބޭއްވުމަށެވެ.

ޖަރުމަނު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ލޯ ވަނީ ވެމްބްލީގައި ޕްރެކްޓިސް ކޮށްލަން ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯ އެ ފަދަ ސުވާލުތަކަށް ޖަވާބެއް ދޭން ބޭނުމެއް ނުވި އެވެ.

"މި ވަގުތު ފޯކަސް ހުރީ މެޗަށް އެކަނި،" ލޯ ބުންޏެވެ.

ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑާ ދެކޮޅަށް ޖަރުމަނުން އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ބަލިވެފައި ނުވެ އެވެ. ފަސް މެޗުން ވަނީ އިންްގްލެންޑް ބަލިކޮށްފަ އެވެ. މިއީ ލޯ އަށް އޮތް ކުޑަ ހިތްހަަމަ ޖެހުމެއް ނަމަވެސް އޭނާ ދެކޭ ގޮތުގައި ގްރޫޕް ސްޓޭޖުގައި ޖަރުމަނުގެ މެޗުތައް ދިޔަ ގޮތުން އެ ޓީމު އިންގްލެންޑާ ދެކޮޅަށް ކުޅޭއިރު، ސަމާލުވާން ޖެހޭނެ އެވެ.

"އަހަރެމެން ގްރޫޕް ސްޓޭޖުގައި ހެދި އެ ގޯސްތައް މި މެޗުގައި ތަކުރާރު ވެއްޖެނަމަ މިއީ ވަރަށް ގެއްލުން ބޮޑުވާނެ މެޗެެއް. އަހަރެން ބޭނުންވަނީ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ބަލިކުރި މެޗުގައި ޖަރުމަނުން ދެއްކި ކުޅުން މި މެޗުގައި ތަކުރާރު ކުރަން،" ލޯ ބުންޏެވެ.

ލޯގެ އެ ވާހަކަތަކަށް ޖަރުމަނުގެ ކުޅުންތެރިން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

އިންގްލެންޑުން އަމިއްލަ ދަނޑުގައި އެ ކުޅެނީ. އެހެންވީމަ އެ މީހުން ޔަގީނުން ވެސް ވަރަށް ވަރުގަދަ އަށް އެޓޭކް ކުރަން (އޯޕަން މެޗަކަށް) ނުކުންނާނީ. އަހަރެމެން ވެސް ތިބެން ޖެހޭނީ އެ ވިސްނުމުގައި -- ލޯ

އަނިޔާގެ ސަބަބުން މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި ޖަރުމަނުގެ އިލްކާއި ގުންޑޮގާން އާއި އެންޓޯނިއޯ ރުޑިގާ އަށް ނުކުޅެވިދާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެކަމަކު ލޯ ވަނީ އެ ދެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމަށް ބުނެފަ އެވެ. އެންމެ ފަހުން ގްރޫޕް ސްޓޭޖުގައި ހަންގޭރީއާ 2-2 އިން އެއްވަރުވި މެޗުގައި އަނިޔާގެ ސަބަބުން ފުރަތަމަ އެގާރައިގައި ނުކުޅެވުނު ޖަރުމަނުގެ ތޯމަސް މުލާ، މި މެޗު ފަށާއިރު ފުރަަތަަމަ އެގާރައިގައި ބޭނުން ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި ޖަރުމަނު މިހާތަނަށް އިންގްލެންޑް އަތުން ބަލިވީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގަ އެވެ. އޭގެ ފަހުން ހަަތަރު ފަހަރެއްގެ މަތިން ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި މި ދެ ޓީމު ކުރިމަތިލިއިރު، މޮޅުވީ ޖަރުމަނެވެ. ޖަރުމަނުން 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި 4-1 އިން އިންގްލެންޑް ބަލިކުރިއިރު، ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން މި ވަގުތު ޖަރުމަނު ސްކޮޑުގައި އެބަތިއްބެވެ.

އިންގްލެންޑާއި ޖަރުމަނު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox