އިރާގާއި ސީރިއާއަށް ދިން އެމެރިކާގެ ހަމަލާތަކުގައި އިރާނުން އެހީވާ ހަނގުރާމަވެރިން މަރުވެއްޖެ

ހާޝިދް އަލް ޝާބީގެ ހަނގުރާމަވެރިން. އެ ޖަމާއަތަކީ އިރާނުން އެހީވާ ގްރޫޕެއް.-- ފޮޓޯ: އޭއެފްޕީ

ހާޝިދް އަލް ޝާބީގެ ހަނގުރާމަވެރިން. އެ ޖަމާއަތަކީ އިރާނުން އެހީވާ ގްރޫޕެއް.-- ފޮޓޯ: އޭއެފްޕީ

ލުބްނާން، ބެއިރޫތް (ޖޫން 28) - ސީރިއާ އާއި އިރާގުގެ ބޯޑަރު ސަރަހައްދަށް އެމެރިކާއިން ރޭ ދިން ވައިގެ ހަމަލާތަކުގައި މަރުވީ އިރާނުން އެހީވާ ހަނގުރާމަވެރި ގްރޫޕުތަކުގެ ހަތް މެމްބަރުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑެން މަގާމުގެ ހުވާ ކުރެއްވި ފަހުން އިރާނުން އެހީވާ ޓާގެޓުތަކަށް އެމެރިކާއިން ދިން ދެ ވަނަ ހަމަލާ އެވެ. ހަމަލާ ދެނީ "ރައްދުގައި" ކަމަށް ޕެންޓަގަން އިން ބުނާއިރު، އިރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް މި ވަގުތު ދަނީ ކުރިއަށެވެ.

އެމެރިކާގެ ޑިފެންސް ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ އިރާނުން އެހީވާ އަސްކަރީ ގްރޫޕުތަކުން ބޭނުން ކުރާ ތިން އަސްކަރީ ފެސިލިޓީއަށް ރޭ ހަމަލާ ދިން ކަމަށެވެ. އެއީ ސީރިއާގައި ހިންގާ ދެ ތަނާއި އިރާގުގައި ހިންގާ ތަނެކެވެ.

ކާބީ ވިދާޅުވީ އެ ތިން ޓާގެޓަކީ ވެސް އިރާގުގައި ހިންގާ އެމެރިކާގެ ފެސިލިޓީތަކާއި އެ ގައުމުގައި އުޅޭ އެމެރިކާ ސިފައިންނާ ދެކޮޅަށް "އަންމޭންޑް އެއިރިއަލް ވެހިކަލް" ހަމަލާ ދިނުމަށް ބޭނުން ކުރި ޓާގެޓުތަކެއް ކަމަށެވެ.

އެ ފެސިލިޓީތައް ބޭނުން ކުރާ ހަނގުރާމަވެރި ގްރޫޕުތަކުގެ ތެރޭގައި ކާތިބް ހިޒްބުﷲ އާއި ކާތިބް އަލް ޝުހަދާ ހިމެނެ އެވެ. އެއީ އިރާނާ ގާތް ގުޅުމެއް އޮންނަ ހަނގުރާމަވެރި ދެ ޖަމާއަތެވެ.

އެމެރިކާގެ 2،500 ސިފައިން އިރާގުގައި އުޅެނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. މި އަހަރު އެކަނިވެސް އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިރާގުގައި 40 އަށް ވުރެ ގިނަ ހަމަލާ ދިނެވެ.

އޭގެ ތެރެއިން ގިނަ ހަމަލާތަކަކީ އެއްގަމު އުޅަނދު ދަތުރު ކުރާއިރު ދޭ ބޮމުގެ ހަމަލާ އެވެ. އޭގެ އިތުރުން 14 ރޮކެޓު ހަމަލާ ވެސް ދީފައި ވެ އެވެ. ހަމަލާތައް ދެނީ އިރާގުން އެމެރިކާ ސިފައިން ފޮނުވާލުމަށް ބާރު އެޅުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox