ޑރ. ހުސެއިން ރަޝީދަށް މަޖިލީހުން ރުހުން ދީފި

މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މީގެ ކުރިން މަޖިލީހަށް މައުލޫމާތު ދެއްވަނީ: އޭނާ ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަނުކުރަން މަޖިލީހުން މިއަދު ވަނީ ރުހުންދީފަ. -ފޮޓޯ: މަޖިލިސް

މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މީގެ ކުރިން މަޖިލީހަށް މައުލޫމާތު ދެއްވަނީ: އޭނާ ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަނުކުރަން މަޖިލީހުން މިއަދު ވަނީ ރުހުންދީފަ. -ފޮޓޯ: މަޖިލިސް

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސެއިން ރަޝީދު ހަސަން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ކެބިނެޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންނެވި ބަދަލުތަކުގެ ތެރެއިން އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން، ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ނަމަވެސް، އަމިއްލަ ކުންފުންޏެއްގައި އޭނާގެ ހިއްސާ އޮތުމުގެ މައްސަލަ ފެންމަތިވެ، އެކަން ދިރާސާކުރަން ހަވާލުކުރި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެމްބަރުން މެދުގައި ހިޔާލުތަފާތުވި އެވެ.

މެމްބަރުން ކަންބޮޑުވުން އޮތީ، ވަޒީރަކު ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ ފަދަ އެ ނޫން ވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށް ބުނާތީ އެވެ.

އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އާމްދަނީ ހޯދަން ފަންނީ މަސައްކަތެއްގައި ޝާމިލުވެ އާމްދަނީ ލިބޭ ފަދަ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާއިރު، ޑރ. ހުސެއިން އަށް ރުހުންދެވިދާނެ ކަމާމެދު ސުވާލު އުފެދުނެވެ.

އެއާއެކު ކަމާ ގުޅޭ އިދާރާތަކުން މައުލޫމާތު ސާފުކޮށް، ކޮމިޓީން ބުނީ އަމިއްލަ ކުންފުންޏެއްގައި ހުސެއިންގެ މަސްލަހަތު އޮތީ ފައުންޑިން ޝެއާހޯލްޑަރެއްގެ ގޮތުގައި ކަމަށްވާއިރު، ކުންފުނިތައް ހިންގަނީ އެ ކުންފުންޏެއްގެ ބޯޑާއި މުވައްޒަފުންކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ގާނޫނުއަސާސީގައި ވަޒީރަކު ކޮށްގެންނުވާނެ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުން ކަމަށް ހުސެއިންގެ މައްސަލާގައި ބެލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް ކޮމިޓީން ނިންމީ އެވެ.

އެ މައްސަލަ ދިރާސާކޮށް ކޮމިޓީން ނިންމި ގޮތަށް ހުސެއިން އަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

ޑރ. ހުސެއިން ރަޝީދު ހަސަން

ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި، ޑރ. ހުސެއިން ވަނީ 2008 އަހަރުން 2013 ވަނަ އަހަރާ ހަމައަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަވާފަ އެވެ.

ލޭބާ މިނިސްޓްރީގައި ވެސް ހިދުމަތް ކުރެއްވި ޑރ. ހުސެއިނަކީ ގާނޫނު އަސާސީ އިސްލާހުކުރަން އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ޖުމްހޫރި ޕާޓީގެ ޑެޕިޔުޓީ ލީޑަރުގެ މަގާމުގައި ހުންނެވި، ޑރ، ހަސަން ވަނީ މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox