ކްރޮއޭޝިއާ އަށް ފުރުސަތެއް އޮތީ ސްޕެއިންގެ ފެންވަރުގައި ކުޅެގެން

Jun 28, 2021, 4:02 AM
ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް:

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް:

ކޯޕެންހާގެން (ޖޫން 28) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަަނަ ބުރުގައި މިރޭ ސްޕެއިން އަތުން މޮޅުވާން ކްރޮއޭޝިއާ އިން ކުރަން ޖެހޭނެ ކަމަކީ ސްޕެއިންގެ ފެންވަރުގައި މޮޅު ފުޓްބޯޅައެއް ކުޅުން ކަމަށް ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕްގެ ރަނަރަޕަށް ދިޔަ ކްރޮއޭޝިއާ ޓީމުން މި ފަހަރުގެ ޔޫރޯގައި އަންނަނީ މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދަމުންނެވެ. ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ޗެކް ރިޕަބްލިކާ އެއްވަރުކޮށް ތިން ވަނަ މެޗުގައި ވަނީ ސްކޮޓްލެންޑް ބަލިކޮށްފަ އެވެ.

ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ކްރޮއޭޝިއާގެ ކޯޗު ޑާލިޗް ބުނީ ސްޕެއިން ގްރޫޕް ސްޓޭޖުގެ މެޗަކުން ބަލިނުވެ، ޕްރެޝަރު ވަގުތުގައި ވެސް ތަފާތު މޮޅަށް ކުޅެގެން މި ބުުރުން ފުރުސަތު ހޯދާފައި ވުމަކީ ކްރޮއޭޝިއާ އިން ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ.

"ސްޕެއިނުން އެންމެ ފަހުން ކުޅުނު މެޗުގައި ސްލޮވާކިއާއާ ދެކޮޅަށް އެ މީހުންގެ އަސްލު ފެންވަރު ދައްކާލައިފި. ވަރަށް ޒުވާން ކުޅުންތެރިންތަކެއް ތިބި ރަނގަޅު ރޫހެއްގައި ކުޅޭ ޓީމެއް އޮތީ. އަހަރެމެން ކުޅެން ޖެހޭނީ ސްޕެއިނުގެ ފެންވަރުގައި ސްޕެއިން ކައިރިން ނަތީޖާ ނެރެން. ހަމައެކަނި ޑިފެންސަށް ފޯކަސް ކޮށްފައި ކުރިއަށް ކުޅެގެން ނުވާނެ. ފަހުގެ ފުޓްބޯޅަ ވިސްނުމަކީ އެންމެ ރަނގަޅަށް ޑިފެންސް ކުރެވޭނީ ވަރުގަދަ އަށް އެޓޭކް ވެސް ކޮށްގެން،" މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑާލިޗް ބުންޏެވެ.

ސްޕެއިން މެޗަށް ތައްޔާރުވަމުން ދަނިކޮށް ކްރޮއޭޝިއާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިވާން ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވެ، މި މެޗު ގެއްލުމެވެ.

ޑާލިޗް ބުނީ ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވުމަކީ ޓީމަށް ލިބުނު ޝޮކެއް ކަމަށެވެ. ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ ކުޅުނު ތިން މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ޕެރިސިޗް ކުޅުނުއިރު، ދެ ގޯލު ޖަހައި ގޯލެއް ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދިނެވެ.

"މިއީ އޭނަ (ޕެރިސިޗް) އަށް ވެސް އަދި އަހަރެމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ދެރައެއް. އަހަރެމެން މި މަސް ތެރޭގައި މި އުޅެން ޖެހެނީ މި ބޮލުގެ ރިހުމުގެ ތެރޭގައި. އެއީ ކޮންމެ މީހެއް ވެސް ޕޮޒިޓިވް ވެދާނެ ކަމަށް ދެކިގެން. އެހެންވީމަ މާ ބޮޑު ކަަމަކަށް ނުހަދައި މެޗަށް ފޯކަސް ކުރުން އޮތީ،" ޑާލިޗް ބުންޏެވެ.

"(މި ވަގުތަށް) ޕެރިސިޗް ދެން ހުންނާނީ އަހަރެމެންގެ އެންމެ ބޮޑު ސަޕޯޓަރުގެ ގޮތުގައި،"

ކްރޮއޭޝިއާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެއިން އަތުން މޮޅުވެފަ އެވެ. އެއީ 2018 ވަނަ އަހަރު ނޭޝަންސް ލީގުގައި 3-2 އިން މޮޅުވި މެޗުގަ އެވެ. އެ ފަހަރު ސްޕެއިން ދަނޑުގައި ކުޅުނު މެޗުން ކްރޮއޭޝިއާ 6-0 އިން ބަލިވިއިރު، މިއީ އެ ގައުމުގެ ފުޓްބޯޅައިގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.

ޖެހިޖެހިގެން ދެ ފަހަރު ދެ ވަނަ ބުރުން ކަޓައިގެންދާން ސްޕެއިން ބޭނުމެއް ނޫން

ސްޕެއިނުން 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދުމަށް ފަހު 2016 ވަަނަ އަހަރު ވެސް ނުކުތީ ތަށީގެ އުއްމީދުގަ އެވެ. އެކަމަކު އެ ފަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އިން ސްޕެއިން ކެޓީ ދެ ވަނަ ބުރުގައި އިޓަލީ އަތުން ބަލިވެގެންނެވެ.

މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ސްޕެއިނުން ކްރޮއޭޝިއާއާ ކުޅޭއިރު، ޖެހިޖެހިގެން ދެ ފަހަރު ދެ ވަނަ ބުރުން ކަޓައިގެންދާން އެ ޓީމުން ބޭނުމެއް ނޫނެވެ.

މި މުބާރާތުގެ ފުރަތަމަ ދެ މެޗުން ސްޕެއިނަށް މޮޅެއް ނުލިބެ އެވެ. ސްވިޑެންއާ ލަނޑެއް ނުޖެހި ފުރަަތަމަ މެޗުން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ސްޕެއިން ލަނޑެއް ޖަހާފައި ވަނިކޮށް ޕޮލެންޑުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. ޕްރެޝަރުގައި ކުޅެން ޖެހުނު މެޗުގައި ސްލޮވާކިއާ އަތުން ސްޕެއިން ވަނީ 5-0 އިން މޮޅުވެފަ އެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ފުރަތަމަ ދެ މެޗުން އެހެން ދިޔަ ކަމަށް ވިޔަސް ގްރޫޕްގެ އެއް ވަަނައިގެ ގޮތުގައި ދެ ވަނަ ބުރުން ފުރުސަތު ލިބޭނެ ކަމުގެ އުއްމީދު އޭނާ އަށް އޮތް ކަމަށެވެ. ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، ސްލޮވާކިއާ މެޗުން ހޯދުނު މޮޅުގެ ފައިދާ މާ ބޮޑަށް ކުރާނެ ކަމަށް އެންރީކޭ ނުދެކެ އެވެ.

"މިއީ ތަފާތު މެޗެއް. ސްލޮވާކިއާ އަތުން އަހަރެމެން ހޯދި މޮޅު މުހިއްމުވީ އެ ވަގުތުގެ ހާލަތުން އަރައިގަނެ ކޮންފިޑެންސް ރަނގަޅު ކުރަން. އެކަން ދިޔައީ ރަނގަޅަށް. އެކަމަކު ކްރޮއޭޝިއާ ކައިރިން ނަތީޖާ ނެރޭނަމަ އަހަރެމެން ފޯކަސް ގެއްލުވައިނުލައި މުޅި މެޗު ކުޅެން ޖެހޭ،" އެންރީކޭ ބުންޏެވެ.

"ކްރޮއޭޝިއާ އަކީ ވެސް މެދުތެރެއިން ކޮންޓްރޯލް ނަގައިގެން ކުޅެން ބޭނުންވާ ޓީމެއް. އަހަރެމެން ވެސް މިއީ އެ ގޮތަށް ކުޅޭ ޓީމެއް. އެހެންވީމަ މި މެޗުގެ ކޮންޓްރޯލް ކޮށްގެން ކުޅޭ ޓީމަކަށް ފުރުސަތު ބޮޑު،"

އެންމެ ފަހުން ޔޫރޯގައި ދެ ވަނަ ބުރުން ކަޓައިގެން ދިޔަ ސްޕެއިން ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން މި ފަހަރުގެ ސްކޮޑުގައި ވެސް އެބަތިއްބެވެ އެހެންވެ، ޖެހިޖެހިގެން ދެ ފަަހަރު އެއް ހިސާބަކުން ކަޓައިގެންދާން އެ ކުޅުންތެރިން ބޭނުންނުވާނެ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

ކްރޮއޭޝިއާ އިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ސްޕެއިން 2-1 އިން ބަލިކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި މި ދެ ޓީމު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox