މެޗުގެ ކުރިން ވެމްބްލީގައި ފަރިތަކުރަން ނުދޭތީ ޖަރުމަނު ހިތްހަމަނުޖެހިއްޖެ

Jun 28, 2021, 2:34 AM
ޖަރުމަނުގެ ޕްރެކްޓިހެއްގެ ތެރެއިން ކޯޗު ޔަކީމް ލޯ (ވ) އާއި ފޯވާޑް ޓިމޯ ވާނާ.

ޖަރުމަނުގެ ޕްރެކްޓިހެއްގެ ތެރެއިން ކޯޗު ޔަކީމް ލޯ (ވ) އާއި ފޯވާޑް ޓިމޯ ވާނާ.

ލަންޑަން (ޖޫން 28) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާދަމާރޭ އިންގްލެންޑާ ދެކޮޅަށް ޖަރުމަނު ކުޅޭ މެޗުގެ ކުރިން އެ މެޗު ކުރިއަށްދާ އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ފަރިތަކުރުމުގެ ފުރުސަތު ޖަރުމަނަށް ނުލިބޭތީ އެ ޓީމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އާންމު އުސޫލުން ނަމަ މުބާރާތުގެ މެޗު ކުޅޭ ދަނޑުގައި ކޮންމެ ޓީމަކަށް ވެސް މެޗުގެ ކުރިން ފަރިތަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު ޖަރުމަނާއި އިންގްލެންޑް މެޗުގެ ކުރިން ދެ ޓީމަށް ވެސް ދަނޑުގައި ޕްރެކްޓިސް ކުރަން ނުދޭން ނިންމީ ލަންޑަނަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑު ހަލާކުވެދާނެ ކަމަށް ބުނެ އެވެ.

ޔުއެފާ އިން ވެމްބްލީ ސްޓޭޑިއަމް މެޗުގެ ކުރިން ޕްރެކްޓިސް ކުރަން ނުދޭން ނިންމުމުން އޭގެ ގެެއްލުން ބޮޑީ ޖަރުމަނަށެވެ. އެއީ ވެމްބްލީ އަކީ އިނގިރޭސި ރަސްމީ ސްޓޭޑިއަމް ކަމަށްވާއިރު، އިންގްލެންޑުން އެ ދަނޑުގައި ޕްރެކްޓިސް ނުކުރިއަސް ހުންނާނީ އެ ދަނޑަށް ހޭނިފަ އެވެ. އަދި މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑުން ތިން މެޗު ވެސް ކުޅުނީ ވެމްބްލީގަ އެވެ. އެ ތިން މެޗުގެ ކުރިން ވެސް ވަނީ އެ ދަނޑުގައި ޕްރެކްޓިސް ކޮށްފަ އެވެ.

މިހާރު އޮތްގޮތުން ޖަރުމަނުން ވެމްބްލީ އަށް އަރާނީ ސީދާ މެޗަށެވެ. އެ ދަނޑުގައި ޕްރެކްޓިހެއް ނުކުރެވުމަކީ ޖަރުމަނު ކޯޗު ޔަކީމް ލޯ އަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. އޭނާ ހުރީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް ޖަރުމަނު މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ވެމްބްލީގައި މެޗުގެ ކުރިން ފަރިތަކޮށްލަން ނުލިބޭތީ ޖަރުމަނުން ވަނީ މެޗު ކުޅެން ލަންޑަނަށް ދިއުން ވެސް ފަސްކޮށްފަ އެވެ. މިިހާރު އޮތްގޮތުން ޖަރުމަނުން މެޗު ކުޅެން ލަންޑަނަށް ދާނީ މާދަމާ އެވެ. ފުރުން ލަސްކޮށްލުމުން ޖަރުމަނުން އިތުރު ޕީސީއާރް ޓެސްޓެއް ހަދައި މުޅި ސްކޮޑު އެއްކޮށް ކޮވިޑަށް ޓެސްޓްކުރަން ޖެހޭނެ ކަމަށް ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox