ނެދަލެންޑްސް ކަޓުވާލައި ޗެކް ރިޕަބްލިކް ކުއާޓާ ފައިނަލަށް

Jun 27, 2021, 5:54 PM
ޗެކްގެ ޝިކް (ކ) އާއި ހޮލޭޝް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--

ޗެކްގެ ޝިކް (ކ) އާއި ހޮލޭޝް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--

ބުޑަޕެސްޓް (ޖޫން 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ދެ ވަަނަ ހާފްގެ ބޮޑުބައިގައި އެއް ކުޅުންތެރިއަކު މަަދުކޮށް ކުޅުނު ނެދަލެންޑްސް އަތުން 2-0 އިން މޮޅުވެ، ޗެކް ރިޕަބްލިކް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިރޭގެ މެޗުގެ ދެ ވަނަ ހާފްގެ 40 އަށް ވުރެ ގިނަ މިނިޓް ނެދަލެންޑްސް އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނީ އެ ޓީމުގެ ޑިފެންޑަރު މަތައިސް ޑި ލިޓް އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ޗެކް ރިޕަބްލިކުން ނެދަލެންޑްސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ރަނގަޅަށް ނެގިއިރު، މިއީ އެ ޓީމުން 2012 ވަނަ އަހަރަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅޭ ފުރަތަމަ ފަަހަރެވެ. ޗެކް ރިޕަބްލިކް 2016 ވަނަ އަހަރުގެ ޔޫރޯ އިން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

މިއީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވުމަށް ފަހު ނޮކައުޓްގެ ފުރަތަމަ މެޗުން ބަލިވެ، ނެދަލެންޑްސް މުބާރާތުން ޖެހިޖެހިގެން ކެޓި ދެ ވަނަ ފަހަރެވެ. އެ ޓީމުން 2008 ވަނަ އަހަރުގެ ޔޫރޯގައި ވެސް ގްރޫޕް ސްޓޭޖު ފަހަނައެޅީ ތިން މެޗުން މޮޅުވެގެންނެވެ. މި ފަހަރު ވެސް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖް ނިންމާލައިގެން ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން ބަލިވެ ކެޓީ އެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި މިރޭ ކުޅުނު މެޗުގެ ފުރަަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ޗެކް ރިޕަބްލިކްގެ ކެޕްޓަން ތޯމަސް ސޫޗެކް ބޮލުން ޖެހި ބޯޅަ އަރިމަތިން ބޭރަށްދިޔައިރު، ހާފުގެ މެދެއްހާ ހިސާބުން ތޯމަސް ހޮލެޝް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

އޭރިއާބޭރުން ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކް ޖެހި ޝޮޓް ނެދަލެންޑްސްގެ ކީޕަރު މާޓިން ސްޓެކެލެންބާގް އަތަށް އަމާޒުވިއިރު، އޭރިއާތެރެއިން އެ ޓީމުގެ އޮންޓޮނިން ބަރަކް މުޅިން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ޑިފެންޑަރު ޑި ލިޓް ވަނީ ބްލޮކޮށްފަ އެވެ.

ނެދަލެންޑްސްގެ ކުރިއަށް ކުޅޭ މެމްފިސް ޑިޕާއި އާއި ޑޮންޔެލް މާލެންގެ ފަރާތުން ކޮމްބިނޭޝަން ކުޅުން ކޮންމެވެސް ވަރަކަށް ފުރަތަމަ ހާފުގައި ފެނުނުއިރު، މާލެން އޭރިއާތެރެއިން ޖެހި ޝޮޓެއް ޗެކް ރިޕަބްލިކްގެ ޑިފެންޑަރު ތޯމަސް ކަލާޝް ވަނީ ބްލޮކްކޮށްފަ އެވެ. ނެދަލެންޑްސްގެ ފުލްބެކް ޑެންޒެމް ޑަމްފްރީސް އަށް ލިބޭ ބޯޅަތަކުގައި ޗެކް ރިޕަބްލިކްގެ ފަަހަތަށް ބާރު ބޮޑުވަމުންދިޔައިރު، އޭރިއާތެރެއިން އޭނާ ނެގި ހުރަހެއް ޗެކް ރިޕަބްލިކްގެ ކީޕަރު ތޯމަސް ވަސްލިޗް ވަނީ ފައިން މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 51 ވަނަ މިނިޓްގައި މާލެން އަށް ވަނީ ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މުޅިން ހުސްކޮށް އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ މާލެން އުޅުނީ ކީޕަރު ވަސްލިޗް ނައްޓާފައި ގޯލު ޖަހާށެވެ. އެކަމަކު ވަސްލިޗް ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

ނެދަލެންޑްސްގެ މާލެން (ވ) ކީޕަރު ވަސްލިޗް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.

އޭގެ އެއް މިނިޓް ފަހުން ނެދަލެންޑްސްގެ ޑި ލިޓް އަތުން ގެއްލުނު ބޯޅައެއް ހޯދައި ޝިކް ގޯލު ޖަހަން އޭރިއާތެރެއަށް މިސްރާބު ޖެހި ވަގުތު ޑި ލިޓް ވަނީ ބޯޅައިގައި އަތްލައިފަ އެވެ. މެޗުގެ ރެފްރީ ފުރަތަމަ ޑި ލިޓަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދައި ދަނޑުގެ މޮނީޓަރުން ވެސް ބެލުމަށް ފަހު ނިންމީ ޑި ލިޓް އެންމެ ފަހު މީހާގެ ގޮތުގައި ހުރެފައި ޝިކް އަށް ހުރަސް އަޅާފައިވާތީ ޑި ލިޓަށް ރަތް ކާޑެއް ދެއްކުމަށެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ނެދަލެންޑްސް އިން ވަނީ މާލެންގެ ބަދަލުގައި ކުއިންސީ ޕްރޮމެސް އަރުވައިފަ އެވެ. އަދި ޕްރޮމެސް ފަޅިން ކުޅުވުމަށް ފަހު ޑިޕާއި އެންމެ ކުރިއަށް ޖެއްސި އެވެ. އެކަމަކު އޭގެ މާ ބޮޑު ފައިދާއެއް ނުކުރި އެވެ.

ޗެކް ރިޕަބްލިކަށް ލީޑުނަގައިދޭން މެޗުގެ 63 ވަނަ މިނިޓްގައި އެ ޓީމުގެ ޕަވެލް ކަޑެރަބެކް ޖެހި ޝޮޓް ޑަމްފްރީސް ވަނީ ބްލޮކްކޮށްފަ އެވެ. އެކަމަކު އޭގެ ފަސް މިނިޓް ފަހު ހޮލެޝް ވަނީ ޗެކް ރިޕަބްލިކަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކަލާޝް ބޮލުން ޖައްސާލުމުން އެ ބޯޅަ ހޯދުމަށް ފަހު ހޮލެޝް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ހޮލެޝް އެ ބޯޅަ ފޮނުވާލިއިރު، ގޯލު ރޮނގުމަތީގައި ހުރި ނެދަލެންޑްސް ތިން ކުޅުންތެރިންނަށް ވެސް އެ ހުއްޓޭގޮތެއްނުވި އެވެ.

އޭގެ ފަހުން ދެ ވަނަ ގޯލެއް ޖަހަން ޗެކް ރިޕަބްލިކުން ފުލުފުލުގައި އެޓޭކް ކުރަމުންދިޔަ އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި ޝިކް އެވެ. ހޮލެޝް މެދުތެރެއިން ބޯޅައެއް ހޯދުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ ޝިކް ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޝިކް ޖެހި ހަތަރު ވަނަ ގޯލެވެ.

ނެދަލެންޑްސް އިން 1988 ވަނަ އަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދި ފަހުން ނޮކައުޓް ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ ދެ ފަހަރު އެވެ. ޗެކް ރިޕަބްލިކް މިރޭ މޮޅުވިއިރު، ކުއާޓާ ފައިނަލުގައި އެ ޓީމު ކުޅޭނީ ޑެންމާކާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox