ބޮޑުފޮޅުދޫގައި ކުޑަކުދިންނަށް ބުލީ ކުރާތީ ކައުންސިލްގެ އިލްތިމާސެއް

ރަށެއްގައި ކުޑަކުދިންތަކެއް ވޮލީ ކުޅެނީ: ކައުންސިލްގެ އިލްތިމާސަކީ ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން ބުލީ ކުރުން ހުއްޓާލުމަށް -- ފޮޓޯ: ފައިލް

ރަށެއްގައި ކުޑަކުދިންތަކެއް ވޮލީ ކުޅެނީ: ކައުންސިލްގެ އިލްތިމާސަކީ ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން ބުލީ ކުރުން ހުއްޓާލުމަށް -- ފޮޓޯ: ފައިލް

އއ. ބޮޑުފޮޅުދޫގެ އާންމު ތަންތަނުގައި ކުޑަކުދިންނަށް ބުލީ ކުރަމުންދާތީ އެކަން ނުކުރުމަށް ރަަށު ކައުންސިލުން މިއަދު އިލްތިމާސްކޮށްފި އެވެ.

ކައުންސިލުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަކި ވަކި ކުދިން ފާހަގަ ކުރުމަށްފަހު އެކުދިންނަށް ބުލީ ކުރަމުންދާ ކަމުގެ ޝަކުވާ އާންމުންނާއި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

"ކުޑަކުދިން ކުޅިވަރުކުޅޭ ތަންތަނުގައި ވަކިވަކި ކުދިން ބައިވެރި ނުކުރުމާއި ވަކިވަކިކުދިން ފާހަގަކޮށް، އެކުދިންނަކީ އެހެންކުދިންނާއެކު ޝާމިލްވެ ކުޅިވަރާއި އެހެނިހެން ކަންކަން ނުކުރެވޭނެ ކުދިން ކަމަށް ވަކިކުރެވޭ ކުދިންނަށް އިހްސާސްވާ ފަދަ ގޮތްތަކަށް ކުދިން އެކަހެރި ކުރެވެމުން ދާކަމުގެ ޝަކުވާ ބައެއް އާންމު ފަރާތްތަކުންނާއި ބައެއް ބެލެނިވެރިންގެ ފަރާތުން ދަނީ މިކައުންސިލަށް ލިބެމުން،" ފޮޅަދޫ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެ ކުދިންނަށް ކުޑަކުދިންނަށް ބޮޑެތި މީހުންގެ ފަރާތުން ވެސް އަނިޔާ ލިބެމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

"ހަމައެއާއެކު އެފަދަ ކުދިންނަށް ދަނީ ކެނޑި ނޭޅި އެއުމުރުފުރައިގެ ކުދިންނާއި އަދި ބޮޑެތި މީހުންގެ ފަރާތުން ބުލީކުރެވި އެކަމުގެ ހިތްދަތިކަން ލިބެމުން. މިފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން މުޖުތަމައުގެ ދުޅަހެޔޮކަންނެތި ހެދިބޮޑުވަމުން އަންނަ ޅަފުރައިގެ ކުދިންގެ ހައްގުތަކާއި ހަމަހަމަކަން ގެއްލިގެން ދާނެކަމެއް،" އެ ބަޔާނުގައިވެ އެވެ.

މުޅި ރަށް އެކިތަގަނޑަކަށްވެ ބުލީ ކުރުމާއި އެކި ކުދިންނަށް ތަފާތު ކުރުން ހުއްޓާލުމަށް ކައުންސިލުން އިލްތިމާސް ކުރެ އެވެ.

"މިފަދަކަންކަމަކީ މުޅިމުޖުތަމައު އެކަންކަމަށް ނޫނެކޭ ބުނާ އެކަންކަމާ ދެކޮޅަށް ތެދުވާ ކަންކަމަށް ހެދުމަށް ވެސް އިލްތިމާސް ކުރަން،" ކައުންސިލުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox