ޖަރުމަނު މެޗުގެ ކުރިން ސައުތުގޭޓަށް ވަޒީފާގެ ޔަގީންކަން

Jun 27, 2021, 8:30 AM
ޖަރުމަނު މެޗުގެ ކުރިން ސައުތުގޭޓަށް ވަޒީފާގެ ޔަގީންކަން

ލަންޑަން (ޖޫން 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަންނަ އަންގާރަ ދުވަހު ޖަރުމަނާ ދެކޮޅަށް ނޮކައުޓް ބުރުގައި އިންގްލެންޑުން ކުޅެން އޮތް މެޗުގެ ކުރިން އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދިނުމުގެ ވާހަކަތަކެއް އިނގިރޭސި އެފްއޭ އިން ދައްކައިފި އެވެ.

ސައުތުގޭޓް އިނގިރޭސި ކޯޗަކަށް ހުރީ އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އެކަމަކު، މި ފަހަރުގެ ޔޫރޯގައި އިންގްލެންޑަށް ރަނގަޅު ކާމިޔާބެއް ނުހޯދިއްޖެނަމަ ސައުތުގޭޓް މަގާމުން ވަކިިކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ފަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑުން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެއީ ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް އަތުންނެވެ. އެއްވަރުވީ ސްކޮޓްލެންޑާ އެެވެ. އިންގްލެންޑަކީ ޔޫރޯ ތާރީހުގައި ގްރޫޕް ސްޓޭޖުގައި ދެ ގޯލު ޖަހައިގެން ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރުން ފުރުސަތު ހޯދި ޓީމެވެ.

ސައުތުގޭޓް ވަނީ އިންްގްލެންޑާ އެކު އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. މި ފަހަރުގެ ޔޫރޯގައި އިންގްލެންޑް ކުޅޭ ގިނަ މެޗުތައް އަމިއްލަ ގައުމުގައި ކުޅެން ޖެހޭތީ އިންގްލެންޑުން މުބާރާތް ކާމިޔާބު ކުރަން ޖެހޭނެ ކަމަށް އެ ގައުމުގެ ގިނަ ސަޕޯޓަރުން ގަބޫލުކުރާތީ އޭގެ ޕްރެޝަރު ޓީމަށް ބޮޑެވެ. އެކަމަކު އިނގިރޭސި އެފްއޭ އިން މިހާރު ވަނީ އެކަމުގެ ތެރެއިން ސައުތުގޭޓަށް އޮތް އެ ޕްރެޝަރު ކުޑަކުރަން މަސައްކަތް ފަށައިފަ އެވެ.

އިނގިރޭސި އެފްއޭގެ ޗީފް އެގްޒެކްޓިވް މާކް ބުލިންހަމް ދާދި ފަހުން ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މި ފަހަރުގެ ޔޫރޯގައި އިންގްލެންޑްގެ ނަތީޖާތައް ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް އެފްއޭގެ މި ވަގުތުގެ ވިސްނުން ހުރީ ސައުތުގޭޓާ އެކު ދިގު މުއްދަތަކަށް ކުރިއަށް ދިއުމަށް ކަމަށެވެ.

"ސައުތުގޭޓްގެ މަސައްކަތާ މެދު ހިތްހަމަޖެހޭ. އިންގްލެންޑް ދިޔައީ ގްރޫޕްގެ އެއް ވަނަ. ވަރަށް ވަރުގަދަކޮށް ޑިފެންސް އޮތީ ވެސް. މުބާރާތްތަކުގައި ޑިފެންސް ވަރުގަދަ ވުމަކީ ކުރިއަށް ދިއުމަށް އެޅޭ ފިޔަވަޅެއް. އެކަމަކު އަހަރެމެން މި ވިސްނަނީ މި މުބާރާތަކަށް ނޫން ސައުތުގޭޓާ އެކު ދިގު މުއްދަތެއްގެ ޕްލޭނަކަށް،" ބުލިންހަމް ވިދާޅުވި އެވެ.

ބުލިންހަމް ތަކުރާރުކޮށް ވިދާޅުވި އަނެއް ވާހަކަ އަކީ އަންގާރަ ދުވަހުގައި ޖަރުމަނާ ދެކޮޅަށް ކޮންމެ ނަތީޖާއެއް ނުކުތްކަމުގައި ވިޔަސް ސައުތުގޭޓް އިންގްލެންޑް ކޯޗުގެ މަގާމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެމެންގެ 100 ޕަސެންޓް ސަޕޯޓް އޮތީ ސައުތުގޭޓާ އެކު. އަންގާރަ ދުވަހު (ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗު) ކޮންމެ ނަތީޖާއެއް ނުކުތަސް މި ބަލަނީ ސައުތުގޭޓާ އެކު ކުރިއަށްދާން،" ބުލިންހަމް ވިދާޅުވި އެވެ.

އިންގްލެންޑް ކޯޗުކަމުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޭމް އެލަޑައިސް ވަކިކުރުމަށް ފަހު ސައުތުގޭޓް ގެނައީ ވަގުތީ ކޯޗަކަށެވެ. އޭރު ސައުތުގޭޓް ހުރީ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވެ އެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ ސައުތުގޭޓް ކުރި މަސައްކަތް ރަނގަޅުވުމުން އެ އަހަރު ފަހު ކޮޅު ސައުތުގޭޓް ވަނީ ހަަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި އިންގްލެންޑް ސީނިއާ ޓީމާ އެކު ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox