ރާއްޖޭގައި "ކްލަބްހައުސް" ވައިގައި ހިފައިފި!

Jun 26, 2021, 5:38 AM
ރާއްޖޭގައި "ކްލަބްހައުސް" ވައިގައި ހިފައިފި!

މީގެ އަހަރުތަކެއް ކުރިއަށް ހަނދާން ގެންދާއިރު، ފެންނަނީ ޓްރެޑިޝަނަލް މީޑިއާތަކުގެ ބާރެވެ. ގައުމުގެ މަތީ ފަޑިން، ތިރި އަށް ފޯރުކޮށްދޭން ޖެހޭ ވާހަކައެއް ވިޔަސް އަދި ތިރިން، މަތީ ފަޑިއަށް ގެންދަން ބޭނުންވާ ވާހަކައެއް ވިޔަސް ދައްކައިދޭނީ އެ މީޑިއާތަކުންނެވެ. ހިޔާލު ފާޅުކުރުމުގެ މަގު އޮތީ އެފަދަ މީޑިއާތަކުގެ ނޫސްވެރިންނާއި އެޑިޓަރުން ނުވަތަ އޭގެން މީޑިއާއަކުން ފުރުސަތެއްދޭ ކޮލަމިސްޓަކަށެވެ.

ޒަމާން ބަދަލުވެއްޖެ އެވެ...ސޯޝަލް މީޑިއާތައް އައުމާ އެކު، ޓްރެޑިޝަނަލް މީޑިއާއާ ނުބައްސައި ވެސް ހަބަރާއި މައުލޫމާތު ފަތުރައި ހިޔާލުފާޅުކުރުމުގެ މީޑިއަމެއް ވެރިންނާއި އާއްމުންނަށް ވެސް ލިބުނީ އެވެ. މިއަދު އާއްމު މީހަކު، ކަމަކާ ހިތްހަމަނުޖެހި ކޮށްލާ އެންމެ ޓްވީޓެއް ވެސް ވައިރަލްވެ، އޭގެން ނެރެން ބޭނުންވާ ނަތީޖާއެއް ނެރެވިދާނެ އެވެ. ސަރުކާރުގެ ވެރިއަކު، ޕީއާރް ޖައްސަން ބޭނުންވެއްޖެ ނަމަ ކޮށްލަން ޖެހޭނީ ޓްވީޓެކެވެ. ކަމަކާ މެދު ހިޔާލެއް ބޭނުންވިޔަސް ކޮށްލަން ޖެހޭނީ ޓްވީޓެކެވެ.

އެ ނުފޫޒު ގަދަ ސޯޝަލް މީޑިއާގެ އާއިލާ އެންމެ ފަހުން އުފަންވީ "ކްލަބްހައުސް" އެވެ. މުޅި ދުނިޔޭގައި މަގުބޫލުވަމުން އަންނަ އެ އެޕްލިކޭޝަން ދިވެހިރާއްޖޭގައި ވެސް ވައިގައި ހިފައި، އޭގެ ތެރެއިން ލާފައި އާއްމުންގެ ޝުއޫރުތައް މުޖުތަމައުގެ ތެރޭގައި އެނބުރެން މިވަނީ ފަށައިފަ އެވެ.

Advertisement

އޯޑިއޯ ޗެޓްރޫމްތަކެއްގެ އޮނިގަނޑަށް ޑިވެލޮޕްކޮށްފައިވާ ކްލަބްހައުސްގައި ދައުލަތުގެ މުއައްސަސާތަކާއި، ޖަމާއަތްތަކާއި، އެސޯސިއޭޝަންތަކާއި، ކައުންސިލްތަކާއި، އާއްމު ފަރުދުން މިވަނީ ކްލަބްތައް ހަދައިފަ އެވެ. ބައެއް ކްލަބްތަކުގައި ކުރިއަށްދަނީ ކޮންމެވެސް މުނާސަބަތެއް ފާހަގަކުރަން ތަޖުރިބާކާރުންނާ އެކު ބާއްވާ ފޯރަމެކެވެ. ބައެއް ކްލަބްތަކުގައި ކުރިއަށްދަނީ އެ އަތޮޅެއް ނުވަތަ ރަށެއްގެ މައްސަލައަކާ މެދު ބަހުސްކުރުމެވެ. އެހެން ކްލަބެއްގައި، ކޮންމެވެސް އިޖްތިމާއީ މައްސަލައަކާ މެދު ހިޔާލު ބަދަލުކުރުމެއް އޮވެދާނެ އެވެ. ރީތި ލަވަތައް ފޮނުވާ ކްލަބެއް ވެސް އޮވެ އެވެ.

ސިޔާސަތުގެ ވާހަކަތެކެވެ. ދީނީ ވާހަކަތަކެވެ. ނަފްސާނީ ދުޅަހެޔޮ ކަމުގެ ވާހަކަ އާއި ކަސްރަތުގެ މުހިއްމު ވާހަކަ އެވެ. ޓެކްނޮލޮޖީގެ ވާހަކަތަކެވެ. ތާރީހާއި ސަގަފާތުގެ ވާހަކަތެކެވެ. އަތޮޅަށް ތަރައްގީ ގެނެވިދާނެ ރޭވުންތަކުގެ ވާހަކަ އެވެ. އިގްތިސާދާއި ސިނާއަތްތަކާއި ފަންނުތައް އެހެން ހަރުފަތަކަށް އެރުމަށް ހަދަން ޖެހޭ ފަންޑިތައިގެ ވާހަކަ އެވެ. ކުޅިވަރުގެ ދާއިރާގައި ހުރި ނުދެކޭ ވާހަތަކެކެވެ. މިއީ ކްލަބްހައުސްގެ އެކި ކްލަބްތަކުގައި ދެކެވޭ ވާހަކަތެކެވެ.

ކްލަބްހައުސްއާ އެކު ލިބުނު ފުރުސަތަކީ މީގެ ކުރިން ޓްވިޓަރުގައި 280 ލަފްޒުން ފާޅުކުރަން ޖެހޭ ހިޔާލު، އަގަބަހުން ފާޅުކުރަން ލިބުނު ފުރުސަތެވެ. ކްލަބްހައުސްއާ އެކު ލިބުނު ފުރުސަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ބަހުރުވައިން ދެކެވޭ ވާހަކަތައް އަޑުއަހާލުމުގެ ފުރުސަތެވެ. ކްލްބްހައުސްއާ އެކު ލިބުނު ފުރުސަތަކީ، ތަފާތު މައުލޫތަކަށް ދެކެވޭ ވާހަކަތަކާއި ކުރެވޭ އިލްމީ ބަހުސްތައް އަޑުއަހާލައި މައުލޫމާތުގެ ހަޒާނާ މުއްސަނދިކޮށްލުމުގެ ވެސް ފުރުސަތެވެ.

އެކަމަކު، މިދިޔަ އަހަރުގެ މާޗު މަހު މަހު ލޯންޗްކުރި ކްލަބްހައުސް އަށް ހަމަ ހުރެލާފައި އަދި ނުވަދެވޭނެ އެވެ. ކްލަބްހައުސްގެ ދޮރު އެ މީހަކަށް ހުޅުވޭނީ އޭގައި މިހާރު އުޅޭ ކޮންމެވެސް މީހަކު ދައުވަތެއް ފޮނުވުމުންނެވެ. އެ ދައުވަތާ އެކު ރަޖިސްޓްރީވުމުން، ކްލަބްހައުސްގައި ހިމެނޭ ތަފާތު ކްލަބްތަކުގައި ބައިވެރިވެ، ސެޝަންތަކަށް ވަދެ އަޑުއަހާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ވާހަކަދައްކަން ފުރުސަތު ލިބޭނީ އެ ސެޝަނެއްގެ މޮޑަރޭޓަރު އެ ފުރުސަތު ދިނުމުންނެވެ. އަދި ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ކްލަބްތަކާއި ސެޝަންތައް ބޭއްވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ކޮވިޑުގެ ސަބަބުން އެންމެން ގޭގައި ތިބޭ މިފަދަ ދުވަސްވަރަކަށް މިއަށް ވުރެ ވަކި ރަނގަޅު އެޕްލިކޭޝަނެއް ނުލިބޭނެ ކަމަށް އެއް ބަޔަކު ދެކެ އެވެ. ކަމާކަންފަށާ މިކަމަށް ހުސްވެގެން ނޫނީ އޮފީހުގެ މަސައްކަތުގައި އުޅެމުން، ނޫނީ ސުފުރާމަތިން ނުވަތަ ރޭގަނޑު ނިދުމުގެ ކުރިން ކްލަބްހައުސަކަށް ވަދެލައި ދެކެވޭ ވާހަކަތައް އަޑުއަލާއި ނުވަތަ ހިޔާލެއް ދިނުމަކީ، މިދިޔަ މަހެއްހާ ދުވަހުގެ ޓްރެންޑެވެ. ދެމި އޮންނާނީ ކިހާ ދުވަހަކު ކަމެއް ނޭގެ އެވެ. އެނގޭ ކަމަކީ، މިއީ ޑިމޮކްރަސީގެ މުހިއްމު އަސާސެއް ކަމަށްވާ ޕަބްލިކްސްޕިއާގެ ވާޗުއަލް ދުނިޔެ އަށް މިހާރު އެންމެ ބޮޑު ހިއްސާއެއް ވެދެމުން އަންނަ އެއް އެޕްލިކޭޝަން ކަމެވެ. ނުވަތަ ހިޔާލުފާޅުކުރުމުގެ ހައްގަށް، ޓެކްނޮލޮޖީން ދިން ވަރުގަދަ ހަދިޔާއެއް ކަމެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox