އޮލިމްޕިކްސްގައި ބައިވެރިވާ ބައެއް އިނގިރޭސި އެތުލީޓުން ވެކްސިން ޖަހަން ދެކޮޅު

Jun 26, 2021, 5:10 AM
އޮލިމްޕިކްސްގައި ބައިވެރިވާ ބައެއް އިނގިރޭސި އެތުލީޓުން ވެކްސިން ޖަހަން ދެކޮޅު

ލަންޑަން (ޖޫން 26) - އޮލިމްޕިކްސްގައި ވާދަކުރާ ގްރޭޓް ބްރިޓިއަން (އިނގިރޭސި) އެތުލީޓުން އަންނަ މަހު ޖަޕާނުގައި ބާއްވާ ޓޯކިޔޯ އޮލިމްޕިކްސް އަށް ދިއުމުގެ ކުރިން ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހަދަމުން އަންނަ ކަމަށް ބްރިޓިޝް އޮލިމްޕިކް އެސޯސިއޭޝަން (ބީއޯއޭ) އިން ވަނީ ބުނެފި އެވެ.

ބީއޯއޭގެ ޗީފް އެގްޒެކްޓިވް އެންޑީ އެންސޮން ވިދާޅުވީ އަންނަ މަހު 23 ވަނަ ދުވަހު އޮލިމްޕިކްސް ފެށުމުގެ ކުރިން އިނގިރޭސި އެތުލީޓުންގެ 90 ޕަސެންޓް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާނެ ކަމަށާއި އެކަމަކު ބައެއް އެތުލީޓުން ވެކްސިން ނުޖަހަން ބޭނުންވާތީ އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"މިއީ އެހާ ފަސޭހަ ކަމެއް ނޫން. ބައެއް އެތުލީޓުން އެބަތިބި ވެކްސިން އެއްގޮތަކަށް ވެސް ޖަހަން ބޭނުންނުވާ. އަހަރެމެން ބޭނުން ކޮންމެ މީހެއްގެ ނިންމުމަށް ވެސް އިހުތިރާމް ކުރަން. އެކަަމަކު މި ހާލަތުގައި ވެކްސިން ޖެހުން ނޫން ގޮތެއް މި ކަމުގައި ނޯންނާނެ. އަހަރެމެން މި އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން،" އެންސޮން ވިދާޅުވި އެވެ.

އޮލިމްޕިކްސްގައި ވާދަކުރާ އިނގިރޭސި އެތުލީޓުންގެ އަދަދު 370 އަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖަޕާނުގައި އޮލިމްޕިކްސް ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރު އެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތު އޭރު އޮތީ ވަރަށް ގޯސްކޮށް ކަމަށްވާތީ އޮލިމްޕިކްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތް ފަސްކުރަން ޖެހުނެވެ. މި އަހަރު ވެސް މުބާރާތް ބޭއްވިދާނެތޯ ވަރަށް ފަހަކާ ޖެހެންދެން އޮތީ ސުވާލު އުފެދިފަ އެވެ. އެއީ ޖަޕާނުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާތީ އެވެ.

އެކަމަކު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އާއި ޖަޕާން އޮލިމްޕިކް ކޮމިޓީ އަދި އެ ގައުމުގެ ސަރުކާރުގެ މަސައްކަތުން އޮލިމްޕިކްސް އަންނަ މަހު އެ ގައުމުގައި ބޭއްވޭނެކަން މިހާރު އޮތީ ގާތްގަނޑަކަށް ޔަގީންވެފަ އެެވެ.

މި ފަހަރުގެ އޮލިމްޕިކްސް ކުރިއަށް ގެންދަން ޖެހޭނީ ވަރަށް އުނދަގޫ މާހައުލެއްގައި ކަމަށް ގިނަ ގައުމުތަކަކުން ވަނީ ބުނެފަ އެވެ. އެއީ 18000 އެނދުގެ އެތުލީޓުންގެ ވިލެޖްގައި އެއް ކެންޓީނެއް ހުންނަ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާއިރު، މިއީ ކޮވިޑް-19 ފަދަ ހާލަތެއްގައި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެ އެކި ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އޮލިމްޕިކްްސް ފަށަން މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް މިހާރު ވެފައިވާއިރު، ބައެއް ގައުމުތަކުގެ އެތުލީޓުން އަންނަނީ ގޭމްސް ފެށުމުގެ ކުރިން ތަމްރީން ކުރުމުގެ ގޮތުން ޖަޕާނަށް ދަމުންނެވެ. ޖަޕާނަށް އެތެރެވެވޭނީ ވެކްސިން ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު އެވެ. އެކަމަކު ދާދި ފަހުން ދެ ޑޯޒް ފުރިހަމަކޮށްގެން ޖަޕާނަށް ދިޔަ ޔޫގާންޑާގެ ދެ އެތުލީޓަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އޮލިމްޕިކްސްގެ ތެރެއިން އެތުލީޓަކު ގައިން ކޮވިޑްގެ އަލާމާތްތައް ފެނިއްޖެނަަމަ ދައްކަން ޖެހޭނީ އެތުލީޓުންގެ ވިލެޖް ކައިރީގައި ގާއިމްކޮށްފައިވާ "ފީވާ ކްލިނިކް" އަށެވެ. މިހާރު އޮތްގޮތުން އޮލިމްޕިކްސް ފަށާ ފަހުން ކޮވިޑަށް ޕޮޒިޓިވްވާ އެތުލީޓަކަށް ގޭމްސްގައި ބައިވެރިނުވެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox