ގާނޫނީ ކުންފުންޏެއް މެދުވެރިކޮށް ލަތީފާ ވިދާޅުވީ ދަތުރު ކުރުމަށް ހުރަހެއް ނެތް ކަމަށް

އަމީރާ ލަތީފާ-- ފޮޓޯ: ބީބީސީ ޕެނޮރާމާ

އަމީރާ ލަތީފާ-- ފޮޓޯ: ބީބީސީ ޕެނޮރާމާ

ޑުބާއީ، ޔޫއޭއީ (ޖޫން 23) - ބަންދުކޮށްފައި އިންނެވި ކަމަށް ކުރިން ވިދާޅުވި އަމީރާ ލަތީފާ ދަތުރު ކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް، ގާނޫނީ ވަކީލުން މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވެއްޖެ އެވެ.

ދުބާއީގެ ވެރިޔާ މުހައްމަދު އަލް މަހްތޫމްގެ ދަރިކަނބަލުން އިންނަވަނީ ބަންދުކޮށްފައި ކަމަށް ވިދާޅުވާ ވީޑިއޯއެއް ފެބްރުއަރީ މަހު ވަނީ ބީބީސީއިން އާއްމުކޮށްފަ އެވެ.

އެ ވީޑިއޯގައި ލަތީފާ ވިދާޅުވީ އޭނާ އިންނަވަނީ ބަންދުކޮށްފައި ކަމަށާއި ސިއްހީ އެހީތެރިކަން ވެސް ނުލިބޭ ކަމަށެވެ. ބީބީސީއިން ދެއްކި އެ ވީޑިއޯއަކީ ސިއްރުން ރިކޯޑްކޮށްފައިވާ ވީޑިއޯ އެކެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އދ. އިން ވަނީ އޭނާ ދިރި ހުންނެވިކަން ސާބިތުވާ ހެކި ދައްކަން ޔޫއޭއީއަށް ގޮވާލާފަ އެވެ. އަދި އެ ގައުމުން އިޖާބަ ނުދިނުމުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

ލަތީފާ އެކުވެރިއަކާއެކު މެޑްރިޑް އެއާޕޯޓުގައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް މި ހަފްތާގައި ވަނީ އިންސްޓަގްރާމް އެކައުންޓެއްގައި ޕޯސްޓުކޮށްފަ އެވެ. އޭގެ ކުރިން ވެސް އެ އެކައުންޓުގައި ވަނީ ދުބާއީގެ ބުރުޖް ހަލީފާގެ ރެސްޓޯރެންޓަކާއި މޯލެއްގައި ލަތީފާ ހުންނެވި ފޮޓޯތައް އާއްމުކޮށްފަ އެވެ.

"އަޅުގަނޑު އޭނާ ކައިރީ އެދުނީ އަޅުގަނޑަށް ދަތުރު ކުރުން މަނާ ނޫންކަން އަންގައިދޭ ފޮޓޯތައް ޕޯސްޓުކުރަން. އަޅުގަނޑުގެ އުއްމީދަކީ މީޑިއާގެ ލޯތައް އަމާޒު ނުވެ، ހަމަޖެހުމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުން،" ވަކީލުން ނެރުނު ބަޔާނެއްގައި ލަތީފާ ވިދާޅުވި ކަމަށް ބުނެފައި ވެ އެވެ.

އުމުރުން 35 އަހަރުގެ ލަތީފާ ވަނީ 2018 ވަނަ ގައުމުން ފިއްލަވަން މަސައްކަތް ކުރައްވާފަ އެވެ. އެކަމަނާ އަނބުރާ ޔޫއޭއީއަށް ގެންދިޔެއީ އިންޑިއާ ކަނޑުގައި އޮތް މަނަވަރެއްގެ ތެރެއިން ހައްޔަރު ކުރުމަށް ފަހު އެވެ.

ލަތީފާގެ ބައްޕާފުޅަކީ ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ އެވެ. އެމަނިކުފާނަކީ ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނޭ ވެރިއެކެވެ.

ދުބާއީއަކީ އިގްތިސާދީ ގޮތުން ކާމިޔާބު ސިޓީއެއް ނަމަވެސް އެތަނުގައި އިންސާނީ ހައްގުތައް، ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގުތައް، ހިފެހެއްޓިފައިވާ ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެ އެވެ.

އެކުވެރިންގެ އެހީތެރިކަމާއެކު ލަތީފާ 2018 ވަނަ އަހަރު ދުބާއީއިން ފިއްލަވަން މަސައްކަތް ކުރެއްވީ ވެސް އެހެންވެ އެވެ. އެކަމަނާ ބޭނުންވެ ވަޑައިގެންނެވީ މިނިވަންކަމާއެކު އުޅެވޭނެ ގޮތެއް ހޯދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox