އިރާނުން ލޯންޗު ކުރި ސެޓެލައިޓް ފެއިލްވެއްޖެ ކަމަށް ޕެންޓަގަންއިން ބުނެފި

އިރާނުގެ ސެމްނަން ސްޕޭސް ސެންޓަރުގެ ސެޓެލައިޓް ފޮޓޯއެއް.-- ފޮޓޯ: އޭއެފްޕީ/ ޕްލެނެޓް ލެބްސް

އިރާނުގެ ސެމްނަން ސްޕޭސް ސެންޓަރުގެ ސެޓެލައިޓް ފޮޓޯއެއް.-- ފޮޓޯ: އޭއެފްޕީ/ ޕްލެނެޓް ލެބްސް

ވޮޝިންޓަން، އެމެރިކާ (ޖޫން 24) - މި މަހުގެ ކުރީކޮޅު އިރާނުން ޖައްވަށް ސެޓެލައިޓެއް ފޮނުވަން ކުރި މަސައްކަތް ފެއިލްވެފައިވާ ކަމަށާއި އަނެއްކާވެސް އާ ސެޓެލައިޓެއް ލޯންޗު ކުރަން ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެފި އެވެ.

"ޖޫން 12 ވަނަ ދުވަހު އިރާނުގެ ރޮކެޓެއް ލޯންޗު ކުރުން ފެއިލްވެފައިވާކަން އެމެރިކާގެ ސްޕޭސް ކޮމާންޑަށް އެނގޭ،" ޕެންޓަގަންގެ ތަރުޖަމާން ޔޫރިއާ އޯލޭންޑް ވިދާޅުވި އެވެ.

ސެޓެލައިޓް ލޯންޗު ކުރުން ފެއިލްވި ސަބަބާ މެދު ޕެންޓަގަންއިން އެއްޗެއް ބުނެފައި ނުވާއިރު، ފެއިލްވި ކަމަށް ބުނެ ސީއެންއެންއިން ހަބަރު ފެތުރުމުން އިރާނުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އިރާނުން ބުނީ ސެޓެލައިޓް ލޯންޗު ކުރަން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

"ޓެލެކޮމިއުނިކޭޝަންސް މިނިސްޓްރީގެ ދެ ސެޓެލައިޓް (ނާހިދު އަދި ޕަރްސް) މި ވަގުތު ވަނީ ސްޕޭސް އޯގަނައިޒޭޝަންގައި،" އިރާނުގެ ޓެލެކޮމް މިނިސްޓަރު މުހައްމަދު ޖަވާދު އަޒްހަރީ ޖަހްރޯމީ ވިދާޅުވި އެވެ.

"އެކަމަކު މިއަދު ހެނދުނު ހަބަރުން އަޅުގަނޑު ފެނުނު ގޮތުގައި އެ ސެޓެލައިޓްތައް މީގެ 10 ދުވަސް ކުރިން ވަނީ ލޯންޗުކޮށްފައި".

ތަޖުރިބާކާރުންނާ ހަވާލަދީ ސީއެންއެންއިން ބުނީ ސެމްނަންގައި ހުންނަ އިމާމް ހާމަނާއީ ސްޕޭސްޕޯޓްގެ ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު ވަރަށް އަވަހަށް އާ ސެޓެލައިޓެއް ލޯންޗު ކުރަން ދަނީ ތައްޔާރުވަމުންނެވެ.

ޕެންޓަގަންއިން ބުނީ އިރާނުން މީގެ ކުރިން އޭޕްރިލް 2020 ގައި މައިކްރޯ ސެޓެލައިޓެއް ޖައްވަށް ފޮނުވި ކަމަށެވެ. ނޫރް-1 ގެ ނަން ދީފައިވާ ސެޓެލައިޓް ކާމިޔާބުކަމާއެކު ދުނިޔޭގެ އޯބިޓަށް ފޮނުވި އެވެ.

ނަމަވެސް އެ ސެޓެލައިޓްގައި މައްސަލަތަކެއް އުޅޭ ކަމަށާއި އިރާނަށް އޭތި ކޮންޓްރޯލް ނުކުރެވޭތީ ބޭނުން ކުރަމުން ނުދާ ކަމަށް ޕެންޓަގަންއިން ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox