ހަންގޭރީ އަކީ "އާދައިގެ" ޓީމެއް ގޮތަށް ޖަރުމަނުން ނުދެކޭ

Jun 23, 2021, 10:22 AM
ޖަރުމަނުގެ ކޯޗު ޔަކީމް ލޯ.

ޖަރުމަނުގެ ކޯޗު ޔަކީމް ލޯ.

މިއުނިކް (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭގެ މެޗުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ ހަންގޭރީ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުދެކެން ޖަރުމަނުގެ ކޯޗު ޔަކީމް ލޯ އެ ޓީމުގެ ކުޅުންތެރިން ކިބައިން އެދިއްޖެ އެވެ.

މި ފަަހަރުގެ މުބާރާތުގައި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުން ވަނީ ފްރާންސް އަތުން 1-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަތުން ޖަރުމަނު ވަނީ ފަހަތުން އަރައި 4-2 އިން މޮޅުވެފަ އެވެ.

ޖަރުމަނުގެ ކޯޗު ލޯ ބުނީ ޕޯޗުގަލް އަތުން ލިބުނު މޮޅާ އެކު ޖަރުމަނުން މުބާރާތުގައި ފައިތިލަ ސާބިތުކުރަން ކޮންމެ ވެސް ވަރަަކަށް ފަސޭހަވާނެ ކަމަށެވެ. އެކަމަކު މިރޭ ހަންގޭރީއާ ދެކޮޅަށް ކުޅޭއިރު، މިއީ ފަސޭހަ މެޗެއް ކަމަށް ދެކުމަކީ ޖަރުމަނުން ގޯސްކޮށް ކުރާނެ ކަމެއް ކަމަށް ލޯ ވަނީ ބުނެފަ އެވެ.

"އަހަރެމެންނަށް ޕޯޗުގަލް އަތުން ލިބުނީ ހައްގު މޮޅެއް. މި ކަހަލަ މުބާރާތެއްގައި އެ މޮޅަކީ ވަރަށް ބޮޑު ހިތްވަރެއް. އޭގެ ބޭނުމަކީ ފިޔަވަޅެއް ކުރިއަށް އެޅުން. އެކަން ކުރެވޭނީ ރަނގަޅު ވިސްނުމެއްގައި ވެސް ހުރެގެން. އެ ގޮތަށް ބަލާއިރު ހަންގޭރީ މެޗު އާދައިގެ ގޮތަކަށް އެއީ އާދައިގެ ޓީމެއްގެ ގޮތުގައި ދެކިގެން ނުވާނެ. ހަންގޭރީ މެޗު އުނދަގޫވާނެ. އެއީ އެ ޓީމުން ކުރިއަށް ޖެހިގެން ނުކުޅޭނެ،" މި ފަަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަނު ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ލޯ ބުންޏެވެ.

ޖަރުމަނުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ލޯ އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.

މަރުގެ ގްރޫޕްގެ އެއް ވަަނައިގައި މި ވަގުތު އޮތީ ހަތަރު ޕޮއިންޓާ އެކު ފްރާންސް އެވެ. ދެ ވަނައިގައި އޮތް ޖަރުމަނާއި ތިން ވަނައިގައި އޮތް ޕޯޗުގަލް އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ހަންގޭރީ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ހަތަރު ޓީމަށް ވެސް އަނެއް ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތްއިރު، ޖަރުމަނުން އެއްވަރުކޮށްލައިގެން ވެސް ފަރުޖައްސާލެވިދާނެ އެވެ.

ރަޝިއާގައި 2018 ވަނަ އަަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓި އެވެ. މި ފަަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓައިފިނަމަ މިއީ ޖެހިޖެހިގެން ބޮޑު ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކަޓާނެ ފުރަތަމަ ފަހަރެވެ.

"އެންމެ ފަހު މުބާރާތުން (2018 ގެ ވޯލްޑް ކަޕް) ލިބުނު ފިލާވަޅުން ކަންތައްތައް ދަސްކުރިކަން މި މުބާރާތުން ސާބިތުކޮށް ދިނުން ވެސް އެއީ މުހިއްމު ކަމެއް،" ލޯ ބުންޏެވެ.

އަނިޔާގެ ސަބަބުން މިރޭ ޖަރުމަނުގެ ތޯމަސް މުލާ އަށް ކުޅެވުމުގެ ފުރުސަތެއް ނެތެވެ. އޭނާގެ ބަދަލުގައި ބޭނުންކުރަން ޖަރުމަނުން ވިސްނަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި 18 އަހަރުގެ މިޑްފީލްޑަރު ޖަމާލް މުސިއާލާ ހިމެނެ އެވެ. މުސިއާލާ އަކީ މި އަހަރު ޖަރުމަނަށް ރަށްވެހިކަން ބަދަލުކުރި އިނގިރޭސި އާއިލާ އަކަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ އިނގިރޭސި ޒުވާން ގައުމީ ޓީމުތަކަށް ކުޅެފަ އެވެ.

ހަންގޭރީ އިން ގަބޫލުކުރަނީ ޖަރުމަނު ބަލިކުރެވޭނެ ކަމަށް

މިރޭގެ މެޗަކީ މި ފަހަރުގެ ޔޫރޯގައި ހަންގޭރީން އަމިއްލަ ގައުމުން ބޭރުގައި ކުޅޭ ފުރަތަމަ މެޗެވެ. ހަންގޭރީން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗު އޮތީ ހަންގޭރީގެ މަޝްހޫރު ޕުސްކަސް އެރީނާގަ އެވެ. އެކަމަކު މިރޭ ގްރޫޕްގެ ފަހު މެޗުގައި ހަންގޭރީން ޖަރުމަނާ ދެކޮޅަށް ނުކުންނާނީ މިއުނިކްގައި ހުންނަ އަލިއާންޒް އެރީނާގަ އެވެ.

ހަންގޭރީ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު އަތުން ޕޯޗުގަލް ވަނީ 3-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި ޕޯޗުގަލް އިން ގޯލުތައް ޖެހީ 83 މިނިޓްގެ ފަހުންނެވެ. ދެ ވަނަ މެޗުގައި ހަންގޭރީން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކޮޅަށް ލީޑުނަގާފައި ވަނިކޮށް އެ ޓީމުން 1-1 އިން އެއްވަރުކުރި އެވެ. މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭއިރު، ހަންގޭރީގެ ކޯޗު މާކޯ ރޮސީ ވިސްނައިގެން ހުރީ ކުރިން ދެ މެޗުގައި ނެރުނު ހިތްވަރު މި މެޗުގައި ޖަރުމަނާ ދެކޮޅަށް ވެސް ތަކުރާރު ކުރުމެވެ.

"އިޓަލީގައި އަހަރެމެން ފުޓްބޯޅައިގައި ކުރިއަށް ދާން ބަލާއިރު އަބަދުވެސް ވިސްނާ ގޮތަކީ އަނެއް ޓީމު ބަލިކުރެވޭނެކަން ގަބޫލުކުރުން. އެއީ މަސައްކަތް ފެށޭނެ ހިސާބަކީ. އަހަރެން ބޭނުންވަނީ އެ ވިސްނުމުގައި ހަންގޭރީ މި މެޗަށް ފުރިހަމަ އަށް ތައްޔާރު ކުރަން،" ރޮސީ ބުންޏެވެ.

ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރޮސީ (ކ) ހަންގޭރީ ކުޅުންތެރިއަކަށް ބޯޅަ ދެނީ.

ރޮސީ ބުނީ ޖަރުމަނަކީ ފިޒިކަލީ ބެލިޔަސް އެ މީހުންގެ ޓެކްނިކަލް ހުނަރާ އެއްވަރަށް މޮޅު ކުޅުންތެރިން ކަމަށާއި އެހެންވެ، މި މެޗުން ހަންގޭރީ އަށް ކަމެއް ހާސިލްކުރެވެން އޮތީ އެންމެ ފުރިހަމަ ކުޅުން ދައްކައިގެން ކަމަށެވެ.

ހަންގޭރީ އަށް އަނެއް ބުރުގެ ފުރުސަތު އޮތީ މިރޭގެ މެޗުން މޮޅުވެގެންނެވެ. މިއީ ޔޫރޯގައި މި ދެ ޓީމު ކުޅޭ ފުރަތަމަ މެޗެވެ. މީގެ ކުރިން ބޮޑު މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކޮށްފައި އޮތީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ހަންގޭރީން ވަނީ ވެސްޓް ޖަރުމަނު 8-3 އިން ބަލިކޮށްފަ އެވެ. އެކަމަކު ފައިނަލުގައި ވެސްޓް ޖަރުމަނު މޮޅުވީ 3-2 އިންނެވެ.

ޖަރުމަނުގެ ކޯޗަކަށް ލޯ ހުއްޓައި ހަންގޭރީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ 2010 ވަނަ އަހަރު 3-0 އިންނާއި 2016 ވަނަ އަހަރު 2-0 އިންނެވެ.

މިރޭ ހަންގޭރީ އާއި ޖަރުމަނު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ. އެ ވަގުތު ޕޯޗުގަލް އާއި ފްރާންސް މެޗު ވެސް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox