ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

ފަންގިފިލާ މައްޗަށް ފުލުހުން އަރައި، އެކި ދިމަދިމާއަށް އަލިކުރަމުން ބަލަމުން ދިޔައެވެ. އޭރު އެ ތަނުގައި ކުނި ވަސް ވަރަށް ގަދައަށް ހިފާފައި ހުއްޓެވެ. ފަންގިފިލާމަތި އަނދިރިކޮށް އޮތުމުގެ ސަބަބުން، ފުލުހުން ޓޯޗުން އަލިކުރަމުން ކުރިއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔަތަނާ، ޓޯޗުގެ ގަދަ އަލި ގޮސް އެޅުނީ ބިރުން ފިތްކަނޑައިގެންދާ ފަދަ ދިމާއަކަށެވެ. އެ ތަނުގައި އެ ހުރީ ދަންޖެހިފައި ހުރި ފިރިހެނެކެވެ. ފުލުސް މީހާއަށް އެ ދިމާއަށް އަލިކުރި ގޮތަށް ހުއްޓުންއަރާފައި ހުރެވުނީއެވެ. ދަންޖެހިފައިވާ ހުރި މީހާގެ ހަށިގަނޑު ވަނީ ކުނިވެފައެވެ. ސިފަ ވަނީ މުޅިން ބަދަލުވެފައެވެ. ފެންނަނީ ބިރުވެރި ސިފައަކަށެވެ. ސީލިންގމައްޗަށް ދިޔަ ފައިބަމުން ދެއެވެ. މި ބިރުވެރި މަންޒަރު ފެނިފައި ފުލުހުންނަށް ވެސް ތިބެވުނީ ހުއްޓުންއަރާފައެވެ.

"ކާކު ދަންޖެހިފަ އެ ހެރީ؟" ފިލްމުގެ ތެރެއަށް ވަދެ ހުސްވެފައި އިން ސީމާއަށް، ނަބީލުގެ އަތުގައި ބާރަށް ހިފެހެއްޓުނެވެ. ފެންނަ މަންޒަރުން އޭނާ އިނީ ބިރުގެންފައެވެ. ފިލްމަކުން ވިޔަސް، މީހަކު ދަންޖެހިފައި ހުއްޓާ ފެނުމުންނެވެ. އަނެއްކޮޅުން އޭނާއަށް މިހާރު އެ އިނދެވުނީ، އެ ހާދިސާއާ ގުޅުން ހުރި މާހައުލުގައެވެ. އޮލިމްޕަސްތެރޭގައެވެ.

އޮލިމްޕަހުގެ ހޯލަށް ވެރިވެފައި ވަނީ މަރުގެ ހަމަހިމޭންކަމެވެ. ކޮންމެ މީހަކު ވެސް އިނީ އިސްކިރީނުގައި ދެ ލޯ ތަތްކޮށްގެންނެވެ. ހިތްބަލި ބައެއް މީހުން މޭގައި އަތް އަޅައިގެން ތިބި އިރު، ބައެއް މީހުންނަށް ބަލާން ނުކެރި ލޯ މަރައިގެން ވެސް ތިއްބެވެ. ސީމާ ވެސް އިނީ މޭ ބޮޑުވެފައެވެ.

"އެއީ ނަޖާހުުތަ؟" ސްކްރީނަށް ކަޅި ހުއްޓާލައިގެން އިނދެ ސީމާ ވާހަކަ ދެއްކީ ނަބީލާއެވެ. "އެކަމަކު އޭނާ ކީއްވެ ދަންޖެހެންވީ؟"

ސީމާ އެތައް ވަރަކަށް ވާހަކަދެއްކުމުން ވެސް ނަބީލު އަނގައަކުން ނުބުންޏެވެ. ސީމާއަށް ޖެހުނީ އިސްކިރީނުން ކަޅި ވަކިކޮށްލައި، ނަބީލާ ދިމާއަށް ބަލައިލާށެވެ. ނަބީލު އިނީ އިސްކިރީނަށް ބަލާށެވެ. ކަޅި ޖަހައިނުލައި ބަލާށެވެ. ސީމާ އެ ވަރަށް ވާހަކަ ދެއްކިއިރު ވެސް، އޭނާއަށް އަޑު ނީވުނީ ބާވައެވެ؟ ފިލްމަށް ގެއްލިފައި މި އިނީ ހާދަ ވަރަކަށެވެ.

"ނަބީލް! ސީމާ މަޑުމަޑުން ނަބީލުގެ ގައިގައި ކޮއްޓާލަމުން ގޮވައިލިއެވެ. ނަބީލު ބަލައެއް ނުލިއެވެ. ހަމަ އިންގޮތަށް އިނީއެވެ.

"ނަބީލް! ނަބީލް! ކީއްވެފައި ތީނީ؟" މި ފަހަރު ކުރިއަށްވުރެ ބާރަށް ސީމާ ގޮވައިލިއެވެ. އަތުގައި ކޮށްޓާލަމުންނެވެ. އެހެންނަމަވެސް ނަބީލު އަނގަޔަކުން ނުބުނެއެވެ. ބަލައި ވެސް ނުލިއެވެ.

ސިމާގެ ހިތަށް ބިރުވެރިކަން ވަނެވެ. އަނެއްކާ ނަބީލު މި އިނީ ކަމެއްވެފައި ބާވައެވެ؟ ކަމެއް ނުވާ ނަމަ އެ ގޮތަށް ހުއްޓުން އަރާފައި އިނދެދާނެ ބާވައެވެ؟ ހަމަ ޔަޤީނުން ވެސް އެ ވަރަށް ފިލްމަށް ގެއްލިފައެއް މީހަކު ނީންނާނެއެވެ. ފިލްމުގައި މިހާރު ހިނގާ އެއްވެސް ކަމެއް ސީމާއަކަށް ނޭނގެއެވެ. އޭނާގެ ކަންބޮޑުވުން ގުޅިފައި މި ވަނީ ނަބީލާ މެދުގައެވެ.

ސީމާގެ ހާސްކަން އިތުރުވީ މަޑުމަޑުން ގޮސް ނަބީލު ލޯ މެރުނުތަން ފެނިފައެވެ. ހަމައެއާއެކު އޭނާގެ ބޯ ވެސް އެއް ފަރާތަކަށް ވެއްޓިއްޖެއެވެ. ސީމާގެ މޭ ތެޅިގަތެވެ. ހަމަ ޔަޤީނެވެ. ނަބީލަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ.

"ނަބީލް! ނަބީލް!" ސީމާ ހާސްވެ ކަންބޮޑުވެފައި އިނދެ ނަބީލަށް ގޮވަން ފެށިއެވެ. އެ ވަގުތު ޖެހިގެން އިން މީހާ އެނބުރި ސީމާއާ ދިމާއަށް ބަލައިލިއެވެ. އެއަށްފަހު "ނިދިފައި" އިން ނަބީލު ފެނިފައި، އޭނާ ހިނިތުންވެލަމުން އަނެެއްކާ ވެސް ފިލްމަށް ބަލަން ފެށިއެވެ.

ސީމާގެ ހިތުގެ ތެޅުން އައީ ބާރުވަމުންނެވެ. އޭނާ އިނީ ނަބީލުގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އޮލިމްޕަހުގެ ހޫނުގަދަ މާހައުލުގައި ސީމާ އިތުރަށް ފޯކުރަމުން ގެންދިޔައެވެ. އިރުކޮޅަކު އެހެން އިނދެފައި އޭނާއަށް ބަލައިލެވުނީ ނަބީލު ނޭވާލާތޯއެވެ. ސީމާގެ ހިތަށް ކުޑަ ހަމަޖެހުމެެއް ލިބުނެވެ.

"ނަބީލް!" މީހަކަށް އުނދަގޫވެދާނެތީ މި ފަހަރު ސީމާ ގޮވީ މަޑުންނެވެ. "އަޅެ ހޭލަބަލަ! ޕްލީޒް ނަބީލް! ލޯ ހުޅުވަބަލަ!"

ސީމާގެ އެ ޖުމުލައާއެކު ކުއްލިއަކަށް ނަބީލު ދެ ލޯ ހުޅުވާލައިފިއެވެ. ދެ ލޯ ހުޅުވައި ވާ ކޮށްލިވަރުން ސީމާ ދިޔައީ ސިއްސައިގެންނެވެ. އޭރު ވެސް އޭނާގެ ބޯ އޮތީ، އެއް ފަރާތަށް ވެއްޓުނު ގޮތަށެެވެ. އެހެން އިނދެ އޭނާ ސީމާއާ ދިމާއަށް ބަލަން ފެށިއެވެ. ކަޅި ވެސް ޖަހައި ނުލައެވެ.

"ދެން ކޮން ސަކަރާތެއް ތި ގަންނަނީ؟" ނަބީލުގެ އެ ސަމާސާ ސީމާއަކަށް ކަމަކު ނުދިޔައެވެ. "މަ ކިރިޔާ ބިރުން ހަލާކުނުވީ. މިހާރު ފިލްމުގައި ވީ ނުވީއެއް ވެސް ނޭނގުނެއްނު!" ނަބީލުގެ އަތުގައި ލޯބިން ހިފައިލަމުން ސީމާ ހަމަޖެހިލިއެވެ.

ސީމާ އުޅުނީ ފިލްމަށް ގެއްލޭށެވެ. އެހެންނަމަވެސް އޭނާއަށް ދެން ލިބުނު ސިހުން ވަކީން ބޮޑުވިއެވެ. ނަބީލުގައި އަތުގައި ހިފާލުމުން ކުރެވުނީ ވަރަށް ތަފާތު އިޙުސާސެކެވެ. އެ އަތުގައި އާދަޔާޚިލާފު ތުރުތުރެއް ހުރިކަން އޭނާއަށް ފާހަގަކުރެވުނެވެ. ގަނޑުފެންގަނޑެއްހައި ފިންޏެވެ. ސީމާއަށް އަވަސް އަވަހަށް ނަބީލާދިމާއަށް ބަލައިލެވުނެވެ. އޭރުވެސް ނަބީލު އިނީ ހަމަ އެ ގޮތަށެވެ. އެއް ފަރާތަށް ބޯ ވެއްޓިފައެވެ. ދެ ލޯ އިންތިހާއަށް ބޮޑެވެ. ސީމާގެ މޭ ތެޅިގަތެވެ. ހަމަ ޔަޤީނެވެ. ނަބީލަށް މި އިނީ ކަމެއް ވެފައެވެ.

"ނަބީލް!"

ކުއްލިއަކަށް ނަބީލް ފުންމައިގެން ތެދުވެއްޖެއެވެ. އެ ވަގުތު ލިބުނު ސިހުމާއެކު، ސީމާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ހަމަހިމޭންކަމުގެ އޮއިވަރެއް ފެތުރިފައި އޮތް ހޯލުގައި ތިބި އެންމެން އެއް ފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލަންފެށިއެވެ. ކައރީގައި ވަށައިގެން ތިބި އެންމެންގެ ނަޒަރު ވަނީ ކޮޅަށް ހުރި ނަބީލާ ދިމާއަށް ހުއްޓިފައެވެ. ވާނުވާ ނޭނގި ދުރުގައި ތިބި ބައެއް މީހުން، ހޭންފެށި އަޑު ވެސް އިވުނެވެ. ލާނެތް ބައެއް މީހުން، ޖެއްސުމަށް ނުވަތަ މަޖަލަށް ހަދާފައި ސީމާ ހަޅޭއްލަވައިގަތް ގޮތަށް ހަޅޭއް ވެސް ލެވިއެވެ.

ނަބީލް އިރުކޮޅަކު ކޮޅަށް ހުއްޓެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އިސްޓޭޖާ ދިމާއަށެވެ. އޭރުވެސް ފިލްމު ކުރިއަށް ދެއެވެ. ހީވަނީ މިހާރު އެ އުޅެނީ ނިމޭން ހެނެވެ. ފެންނަނީ ފަންގިފިލާ މަތީގައި ފުލުހުންގެ ފައުޖެއް ހަރަކާތްތެެރިވަމުން ދާ މަންޒަރެވެ.

"ދެން އިށީނދެބަލަ! ފަހަތުގައި ތިބި މީހުންނަށް އުނދަގޫވާނެ!"

ނަބީލުގެ އަތުގައި ސީމާ ހިފުމާއެކު، ނަބީލު އަތް ފޮޅުވައިލިއެވެ. އެއާއެކު ހިނގައިގަތީ ދެ ފަރާތު ދެ ގޮނޑިބަރީ ދޭތެެރޭގައި އޮތް މަގަށް ނިކުންނާށެވެ. ސީމާއަށް އިނދެވުނީ ބަސް ހުއްޓިފައި ނަބީލުގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ ގޮސް މަގަށް ނިކުމެ އިސްޓޭޖާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި، ކަރުބުޑުން ބިރުވެރި އަޑެއް ނެރި ހަޅޭއްލަވައިގަތެވެ. އެއާއެކު އިސްޓޭޖާ ދިމާއަށް ދުއްވައިގެންފިއެވެ.

ފިލްމު ބަލަން ތިބި މީހުންނަށް ލިބުނު ސިހުމާއެކު، އެއް ބަޔަކު ފުންމައިގެން ކޮޅަށް ތެދުވިތަން ފެނުނެވެ. ބައެއް އަންހެންވެރިން ބިރުން ހަޅޭއްލަވައިގަތް އަޑު ވެސް އިވުނެވެ. ނަބީލު އެ ދިޔަ ގޮތަށް ގޮސް ފުންމައިގެން އިސްޓޭޖަށް އަރައިފިއެވެ. ހަމަ އެ ބާރުމިނުގައި ގޮސް އިސްކިރީނުގައި ޖެހިގެންފިއެވެ. އަނެއްކާ ވެސް ދުރަށް ޖެހިލާފައި ގޮސް ޖެހިގެންފިއެވެ.

"މޮޔައެއް! މޮޔައެއް ވަދެގެން އެ އުޅެނީ. އޭނަ މި ތަނުން ނެރޭ!"

މީހުން ގޮވަންފެށިއެވެ. ސީމާއަށް އިނދެވުނީ ހަދާނޭ ގޮތެއް ނޭނގިފައެވެ. ހިތަށް ވެސް ނާރާ ކަހަލަ ކަންތައްގަނޑަކާ ކުއްލިއަކަށް ކުރިމަތިވުމުން، މީހާ އިނީ މޮޔަވާން ކައިރިވެފައެވެ. އެ ފަދަ ހާލެއްގައި އިންދާ ނަބީލަކީ މޮޔައެކޭ ކިޔައި ގޮވަންފެށި އަޑު އިވުމާއެކު ސީމާއަށް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ.

ބައެއް މީހުން ބިރުން ސިނަމާއިން ނިކުންނަން ފަށައިފިއެވެ. އޭރު ވެސް ނަބީލު ހަޅޭއްލަވަމުން އިސްކިރީނުގައި ތަޅަނީއެވެ. އިސްކިރީނު ހަލާކުކޮށްލަން މަސައްކަތްކުރަނީއެވެ. ޖެހިލުން ކުޑަ ދެތިން ފިރިހެނުން ތެވެދުވެގެން އިސްޓޭޖާ ދިމާއަށް ހިނގައިގަތްއިރު، ހޯލްތެރޭގައި އަޑުގަދަވެގެން، އެތަނުގެ ބައެއް މުވައްޒަފުން އައިސް ހޯލަށް ވަދެއްޖެއެވެ.

*********************************

"ދަރިފުޅާ! ކީއްވެފައި ތި އިނީ؟"

ސީމާގެ ހިތްދަތި މާޒީގެ ޞަފުޙާތަކާ އޭނާ ވަކިކޮށްލީ، އޭނާގެ ލޯބިވާ މަންމަ އަބީރާއެވެ. ފެންކަޅިވެފައިވާ ދެ ލޮލުން މަންމަގެ މޫނަށް ބަލައިލަމުން އޭނާ ދެ ލޯ ފޮހެލިއެވެ.

"އަދިވެސް ނަބީލު އޭރު އޮތް ގޮތަށްތަ އެ އޮތީ؟"

"އާނ!" އެނދުމަތީގައި އޮތް ނަބީލާ ދިމާއަށް ސީމާ ބަލައިލިއެވެ.

"އެކަމަކު މިހާރު ހާދަ އިރެއް ވެއްޖޭ! މަންމައަށް ހީވަނީ އެހެން ބާއްވާކަށް ނުވާނެހެން. ހޮސްޕިޓަލަށް ގެންދަންވީ ކަންނޭނގެ!"

ސީމާ ތެދުވެ ގަޑިއަށް ބަލައިލިއެވެ. ތިންގަޑި ބައިވަނީއެވެ. އޭނާ އެ ތަނުގައި އެހެން އިންނަތާ ހާދަ އިރެއް ވެއްޖެއެވެ. އޭނާ ގޮސް މަޑުމަޑުން، ނުހަނު ލޯބިން ނަބީލަށް ގޮވައިލިއެވެ. ދެތިން ހަތަރުފަހަރު ގޮވައިލުމުން ވެސް ޚަބަރެއް ނުވިއެވެ. އެ އޮތްގޮތަށް އޮތީއެވެ.

"ހޮސްޕިޓަލަން ގެންދަންވީ ދޯ! ބައްޕަ ކޮބައި؟"

"ފިހާރައިގަ."

"ބައްޕައަށް ގުޅަންވީ ކަންނޭނގެ!" ސީމާ ފޯނު ނެގިއެވެ. އޭރު އޭނާގެ ހިތް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

"މުދާ އައިސްގެން މިއަދު ބައްޕަ އުޅޭނީ ވަރަށް ބުރަކޮށް. ނަބީލުގެ ބައްޕައަށް ގުޅަންވީނު! އެންމެ ދުވަހަކު އޭނާ އައިސްލިޔަސް ރަނގަޅުވާނެހެން މަންމައަށް ހީވަނީ."

އެ ވަގުތު ނަބީލު ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލި އަޑު އިވިގެން އަވަސް އަވަހަށް ސީމާއަށް އެނބުރި ބަލައިލެވުނެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox