ފަށުވިން ޖަރީކުރި ފޮޓޯ އިން ފަޒީ "މާމަ" އަށް ފޮނުވި ލޯބި!

ފަށުވިން ޖަރީކުރި ފޮޓޯ އިން ފަޒީ "މާމަ" އަށް ފޮނުވި ލޯބި!

ތި ފެންނަނީ ފޮޓޯގްރާފަރު ސުއާދު އަބްދުއްސައްތާރު (ޝޫ) ގެ މާމަ، ހައްވަދައިތަ އަށް، ފަޒީލާ އަހުމަދު ދީދީ (ފަޒީ) ވެދުމަކަށް ފޮޓޯގަނޑެއް ހަދިޔާކުރާ މަންޒަރެވެ. ހައްވަދައިތަގެ ގެއަށް ގޮސް ދައިތައާ ބައްދަލުކޮށްލައި، އޭނާގެ ހިތުގައި ދައިތަ އަށް އޮތް ލޯބި ފަޒީ ހާމަކުރީ ތިން ހަފްތާ ވަންދެން ހިތުގެ ގަދަރާ އެކު ފަށުވިން ޖަރީކޮށްފައި ދިން ރީތި ފޮޓޯ ގަނޑަކުންނެވެ.

ދުވަހަކު ވެސް ބައްދަލުވެފައި ނެތް، އާއިލީ ގޮތުން އެއްވެސް ގުޅުމެއް ނެތް "މާމަ" އަށް ފަޒީ ހަދިޔާކުރި ސްޓިޗް އާޓެއްގެ މި ވާހަކަ އަކީ މިވަގުތަށް ކިޔާލަން ލިބޭނެ އެންމެ "ލޯބި" އެއް ވާހަކަ އެވެ. އެ ޔަގީންކަން ދެމެވެ.

"މާމަ އަށް ދިން ފޮޓޯގަނޑަކީ ވަރަށް ބައިވަރު ލޯބި. އެއީ މާމަގެ ފޮޓޯގަނޑު ސޯޝަލް މީޑީއާގައި ފުރަތަމަ ފެނުމުން ވަރަށް ދޭ ހިތުން ތައްޔާރުކުރި ފޮޓޯއެއް،" މި ފޮޓޯގަނޑެއްގެ ވާހަކަ، "އަދަދު" ގައި ލިޔަން ބޭނުންވެގެންނޭ ބުނެ އަހައިލުމުން ރަކިވެލާފައި ހިނިތުންވުމަކާ އެކު ފަޒީ ބުނެލީ މިހެންނެވެ.

Advertisement

ފަޒީ ފަށުވިން ޖަރީކޮށްފައި ހައްވަދައިތަ އަށް ހަދިޔާ ކުރި ފޮޓޯގަނޑު - ޝޫ ފޮޓޯގްރަފީ
ފަޒީ ފަށުވިން ޖަރީކޮށްފައި ހައްވަދައިތަ އަށް ހަދިޔާ ކުރި ފޮޓޯގަނޑު - ޝޫ ފޮޓޯގްރަފީ

ފަޒީ ފަށުވިން ޖަރީކޮށްފައި ހައްވަދައިތަ އަށް ހަދިޔާ ކުރި ފޮޓޯގަނޑު. -- ޝޫ ފޮޓޯގްރަފީ

ސާޅީސް އަހަރުގެ ފަޒީ އަކީ އާއިލީ ވިޔަފާރި ކުންފުންޏެއްގެ އެޗްއާރް މެނޭޖަރެވެ. މާޖެހުމާއި ފަށުވިން ތަކެތި ހެދުމަކީ އާމްދަނީ އަށް ފަޒީ ކުރާ މަސައްކަތެއް ނޫނެވެ. އެއީ ހިތުގެ ހަމަޖެހުމާއި ނަފްސުގެ ނުތަނަވަސްކަން ފިލުވުމަށް ލިބޭ ހުސް ވަގުތު ތަކުގައި "ހޮބީ" އެއްގެ ގޮތުގައި އޭނާ ކުރާ ކަމެކެވެ.

އިންސްޓަގްރާމްގައި ޕޭޖެއް ހަދައިގެން ދޭތެރެއަކުން ކޮށްލާ ރީތި މަސައްކަތްތައް ޝޯކޭސް ކޮށްލުމަކީ އޭނާގެ ޝައުގެކެވެ. މަދުމަދުން އާއިލާ އާއި ރައްޓެހިންގެ ހާއްސަ އެދުމެއް އައިސްފިނަމަ އެކަމެއް ކޮށްލަ ދެ އެވެ. އެކަމަކު މިކަމަކަށް ހިތުގައި ދެވިފައި އޮންނަ ހާއްސަ މަގާމެއްގެ ސަބަބުން މީގެ ދެ އަހަރެއް ކުރިން، މާޖެހުމާއި ޖަރީކުރުމުގައި އާދަޔާ ހިލާފު ހުނަރެއް ދައްކަމުން އަންނަ އާމިނަތު ޝިހާނާ (އަބުޑީ) ގެ ވޯކްޝޮޕެއްގައި ބައިވެރިވެގެން ދެ މަސްދުވަހުގެ ތަމްރީނެއް ވެސް ހޯދި އެވެ. އެފަހުން ވެސް ޔޫޓިއުބް ބަލައިގެންނާއި މޮޅެތި މީހުންގެ މަސައްކަތްތައް ބަލައިގެން މި ސްޓިޗިން އެއްގެ އިތުރު ކަންކަން ވެސް ދަސްކޮށްފި އެވެ.

"ނަފާ އެއް ހޯދަން ކުރާ ކަމެއް ނޫނަސް އާޓާއި ކްރިއޭޓިވް ކަވި މަސައްކަތްތަކަށް އާދަޔާ ހިލާފު ލޯތްބެއް ހުންނާތީ މި ފަހުން ސާޗްކޮށް އުޅުމުގެ ތެރޭގައި ފެނުނީ ކަރުދާހުގައި ޖަރީ ކުރާ ސްޓިޗް އާޓިސްޓުން ތަކެއް. ދެން އެކަން ވަރަށް ކުރާ ހިތުން ހުރީ،" ފަޒީ ބުންޏެވެ.

"އެކަމަކު ކަރުދާހުގައި، ހާއްސަކޮށް ޕްރިންޓް ކޮށްފައި އޮންނަ ކަރުދާސް ފޮޓޯއެއްގައި ކުލަ ޖައްސާ ގޮތަށް ތިނޯހުން މާޖެހުމަކީ ނުވަތަ ޑިޒައިން ކުރުމަކީ ފަސޭހަ ކަމެއް ނޫން. އެހެންވީމަ ފުރަތަމަ ހަދަން އުޅުނު އަހުގެ ފޮޓޯ ހަލާކުވީ،"

ފަޒީ ބުނީ، އެތައް ފަހަރަކު އުޅެގެން ވެސް އެކަން ނުވެފައި ހުއްޓައި ދެން ފެނުނީ ހައްވަ ދައިތަގެ ފޮޓޯ ކަމަށެވެ.

"އެ މާމަގެ ފޮޓޯ ފެނިފަ ހިއްވަރު އައި ގޮތެއް ވެސް ނޭނގެ. ހިތަށް އެރީ އައި ވޯންޓް ޓު ޑޫ އިޓް އޭ،" ފަޒީ ބުންޏެވެ.

އާންކޮށް ފަށުވިން ޖަރީކުރުމާއި މާޖެހުމަކީ ފޮތީގައި ކުރާ ކަމެކެވެ. އެކަމަކު މި އާޓް ފޯމްގައި ވެސް ތަފާތު މީޑިއަމްތައް ގެންގުޅެ އެވެ. ކަރުދާހުގައި ސްޓިޗް ކުރުމާއި ފޮޓޯތަކުގައި ފަށުވިން ޖަރީކުރުން ފަދަ ހުނަރުތަކަކީ ސްޓިޗް އާޓިސްޓުން ގެންގުޅޭ މީޑިއަމްތަކެކެވެ. ގިނަ ސްޓިޗް އާޓިސްޓުންނަށް ފޮތީގައި ޖަރީ ކުރުމަށްވުރެ ކަރުދާހަށް ޕްރިންޓް ކޮށްފައި އޮންނަ ފޮޓޯގަނޑެއްގައި ސްޓިޗްކުރަން އުނދަގުލެވެ.

"ފަޒީއަށް ފުރަތަމަ މަސައްކަތް ވީމަވެސް ވަރަށް އުނދަގޫ. އެކަމަކު ވަރަށް ވިސްނައިގެން މަޑުމަޑުން ހަދަމުން ގެންދިޔައީ. ފުރަތަމަ ހެދީ ހުރިހާ މާތަކެއް. އެބައި ނިމުނީމަ ދެން ހިތަށް އެރީ މިކަން ވާނެ އޭ. ވަރަށް އުދަގޫ މަސައްކަތެއް ނިންމާލެވުނީ. އެކަމަކު މާމައަށް އެ ފޮޓޯގަނޑު ހަދިޔާކޮށްލެވުނީމަ ހިތަށް ލިބުނު ހިތްހަމަޖެހުން އެ ހުރިހާ ކަމަކަށް ވުރެ މާ ބޮޑު،" ފަޒީ ބުންޏެވެ.

ތިން ހަފްތާ ވަންދެން ފަޒީ ޖަރީކުރި ފޮޓޯ ނިންމާލާފައި ހައްވަ ދައިތަ އަށް ހަދިޔާކުރުމުން ދައިތަ ހުރީ ވަަރަށް އުފަލުން ކަމަށް ފަޒީ ބުންޏެވެ. އޭނާ ބުނީ ހައްވަ ދައިތައާއި ބައްދަލުވުމުން ބޭއްވި ގާތްކަމާއި ލިބުނު ލޯބިން ހިތް ފުރުނު ކަމަށެވެ. ހީވީ އަމިއްލަ މާމަ ކައިރިއަށް ދެވިގެން ފަޒީއާ މެދު ވަރަށް ފަހުރުވެރިވެލާފައި މީހުންނަށް ފަޒީގެ މަސައްކަތެއް ދައްކައިލިހެން ކަމަށް ބުންޏެވެ.

"މާމަގެ މޫނު މަތިން އެވަގުތު ފެނުނު އުފާވެރިކަން އަދިވެސް ހަނދާން ވަނީ. ގޭގެ އެންމެންނަށް ފޮޓޯގަނޑު ދައްކާލާފަ އެކި ގޮތްގޮތަށް އެ ބަލާލާފައި ބުނީ، މި އުޅެނީ ރަށަށް ދާށޭ، ރަށަށް ގޮސް ކޮޓަރީގަ އޭ ފޮޓޯ ބައިންދާނީ،" ނުވެސް ދަންނަ މީހަކު އެވަރަށް އުފާކޮށްލެވުމުން އުފަލުން ފޮޅިފައި ހުރެ ފަޒީ ބުންޏެވެ.

ކޮށްލެވުނު ކުޑަ ކުޑަ ކަމަކުން ފަޒީ އަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. މިއާއެކު ފަޒީ ފައްކާކުރަމުން އަންނަ އޭނާގެ އެމްބްރޮއިޑްރީ ހޮބީ ގެ މުޅިން އާ މައިލްސްޓޯން އެއް ވެސް "ޑިސްކަވާ" ކުރެވިއްޖެ އެވެ. ރޮދިން ކުރާ މަސައްކަތުގެ ތަފާތު އާ ކަންކަން ދަސްކުރަން އާ ހިތްވަރެއް ވެސް ލިބިއްޖެ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox