ޗެކް ރިޕަބްލިކް ބަލިކޮށް އިންގްލެންޑަށް ގްރޫޕްގެ އެއް ވަނަ

Jun 22, 2021, 8:53 PM
ލަނޑު ޖެހުމަށް ފަހު އިންގްލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އިންގްލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.

ލަންޑަން (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ 1-0 އިން ޗެކް ރިޕަބްލިކް ބަލިކޮށް އިންގްލެންޑް ގްރޫޕް އެއް ވަނައިގެ ގޮތުގައި ދެ ވަަނަ ބުރަށް ދަތުރުކޮށްފި އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ވެސް ފުރަތަމަ ތިން ގްރޫޕްގެ ނަތީޖާ ނުކުތްގޮތަކުން އިންްގްލެންޑާއި ޗެކް ރިޕަބްލިކަށް ވަނީ އަނެއް ބުރުގެ ޖާގަ ޔަގީންވެފަ އެވެ. މި ގްރޫޕުން ގަދަ ދެ ޓީމުގެ ތެރޭގައި އެ ދެ ޓީމުގެ ތެރެއިން ޓީމެއް ނުހިމެނުނު ނަމަވެސް އެ ދެ ޓީމަށް އަނެއް ބުރުން ފުރުސަތު ޔަގީންވީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޖާގަ ލިބޭނެތީ އެވެ.

އެކަމަކު މިރޭގެ މެޗު ދެ ޓީމަށް ވެސް މުހިއްމުވާ އެންމެ ބޮޑު ސަބަބަކީ ގްރޫޕްގެ އެއް ވަނަ ހޯދުމަށެވެ. އިންގްލެންޑް ވަނީ އެކަން ހާސިލްކޮށްފަ އެވެ. މިއީ ޔޫރޯއެއްގައި އިންގްލެންޑުން ގްރޫޕް އެއް ވަނަ ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެކަން ހާސިލްކުރީ 1996 އާއި 2012 ވަނަ އަހަރު އެވެ.

އިންގްލެންޑް ގްރޫޕްގެ އެއް ވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަަށް ދިޔަ ކްރޮއޭޝިއާ އާއި ތިން ވަނަ އަށް ދިޔަ ޗެކް ރިޕަބްލިކަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ކްރޮއޭޝިއާ ވަނީ މިރޭ 3-1 އިން ސްކޮޓްލެންޑް ބަލިކޮށްފަ އެވެ. ކްރޮއޭޝިއާ އަށް ދެ ވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ޗެކް ރިޕަބްލިކަށް ވެސް ވަނީ އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ. މި ގްރޫޕުން ކެޓި ހަމައެކަނި ޓީމަކީ ސްކޮޓްލެންޑް އެވެ. މިއީ 23 އަހަރު ތެރޭ އެ ޓީމު ކުޅުނު ފުރަތަަމަ ބޮޑު މުބާރާތެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް އިންގްލެންޑުން ނެރުނު ފުރަތަމަ އެގާރައިން ވަނީ އަނިޔާއިން ރަނގަޅުވެ ޓީމަށް އެނބުރި އައި ހެރީ މެގުއާ އާއި ޖެކް ގްރީލިޝްގެ އިތުރުން ބުކާޔޯ ސަކާ އަށް ފުރުސަތު ދީފަ އެވެ. ޖޭޑަން ސަންޗޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނެތްއިރު، ފިލް ފޯޑެން 23 ކުޅުންތެރިންގެ ސްކޮޑުގައި ވެސް ނުހިމެނެ އެވެ. އަދި ސްކޮޓްލެންޑުން ކޮވިޑަށް ޕޮޒިޓިވްވި ބިލީ ގިލްމޯއާ ކޮންޓެކްޓްވެގެން އައިސޮލޭޝަނަށް ދާން ޖެހުނު އިންގްލެންޑްގެ މޭސަން މައުންޓާއި ބެން ޗިލްވެލް ވެސް ސްކޮޑުުގައި ނެތެވެ.

މެޗުގެ 12 ވަނަ މިނިޓްގައި އިންގްލެންޑަށް މި މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކުރީ ރަހީމް ސްޓާލިން އެވެ. މި ފަހަރުގެ މުބާރާތުގައި އިންގްލެންޑުން ޖެހި ފުރަތަމަ ގޯލު ކްރޮއޭޝިއާ ކޮޅަށް ޖެހީ ވެސް ސްޓާލިން އެވެ. ސްޓާލިން މި މެޗުގައި ގޯލު ޖެހީ ގްރީލިޝް ނަގައިިދިން ހުރަހަކުން ބޮލުންނެވެ.

ޗެކް ރިޕަބްލިކުން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތްތަކެއް ފުރަތަމަ ހާފުގައި ކުރިއިރު، އެ ޓީމުގެ ތޯމަސް ހޮލެޝް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާބޭރުން އޭނާ ޖެހި ޝޮޓް އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

އިންގްލެންޑުން ދެ ވަނަ ހާފަށް ނުކުތީ ޑެކްލަން ރައިސްގެ ބަދަލުގައި ޖޯޑަން ހެންޑަސަން އަރުވައިގެންނެވެ. މިއީ ހެންޑަސަން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ދެ ވަނަ ލަނޑެއް ޖެހޭތޯ މި ހާފުގައި އިންގްލެންޑުން މަސައްކަތް ކުރަމުންދިޔައިރު، މެޗުގެ 68 ވަނަ މިނިޓްގައި މެގުއާ އަށް ފައުލުކުރި ކަަމަށް ބުނެ ޕެނަލްޓީއެއް ހޯދަން އެޕީލްކުރި އެވެ. އެކަމަކު ރެފްރީ ނިންމީ ޕެނަލްޓީ އެއް ދޭން ނުޖެހޭ ކަމަށެވެ.

އޭގެ ފަހުން ހެރީ ކޭން އަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މި ފަހަރުގެ މުބާރާތުގައި ކޭންގެ މޮޅު ކުޅުމެއް ނުދެއްކެ އެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ގްރޫޕް ސްޓޭޖު ތިން މެޗުގައި އިންގްލެންޑް ކޮޅަށް ލަނޑެއް ނުވަދެ ނިމުނު ފުރަތަމަ ފަހަރެވެ. ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި މީގެ ކުރިން ދެ ފަަހަރެއްގެ މަަތިން އިންގްލެންޑް ވަނީ ބައިކޮޅަށް ލަނޑެއް ނުވަދެ ގްރޫޕް ސްޓޭޖު ނިންމާލައިފަ އެވެ. އެއީ 1966 ވަނަ އަހަރާއި 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

އިންގްލެންޑުން ދެ ވަނަ ބުރުގައި ކުޅޭނީ ގްރޫޕް އެފްގެ ރަނަރަޕް ޓީމާ އެވެ. އެ ގްރޫޕްގައި އޮތީ ފްރާންސާއި ޖަރުމަނު، ޕޯޗުގަލް އަދި ހަންގޭރީ އެވެ. އެ މެޗު ވެސް ކުޅޭނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox