އައިސޮލޭޝަނުގައި ހުރި މައުންޓާއި ޗިލްވެލްއާ މެދު ސައުތުގޭޓް އުއްމީދުގައި

Jun 22, 2021, 7:05 AM
ަަަައައިސޮލޭޝަނަށް ދާން ޖެހުނު އިންގްލެންޑްގެ ޗިލްވެލް (ކ) އާއި މައުންޓް.

ަަަައައިސޮލޭޝަނަށް ދާން ޖެހުނު އިންގްލެންޑްގެ ޗިލްވެލް (ކ) އާއި މައުންޓް.

ލަންޑަން (ޖޫން 22) - ސްކޮޓްލެންޑްގެ ބިލީ ގިލްމޯ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާއާ މިދިޔަ ހުކުރު ދުވަހުގެރޭގެ މެޗަށް ފަހު ކޮންޓެކްޓްވި އިންގްލެންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ބެން ޗިލްވެލް އާއި މޭސަން މައުންޓް ސެލްފް އައިސޮލޭޝަނަކަށް ގޮސްފައިވާއިރު، މިރޭ އެ ދެ ކުޅުންތެރިންނަށް ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެވިދާނެކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ގިލްމޯ ވަނީ އެންމެ ފަހުން ސްކޮޓްލެންޑުން މިދިޔަ ހުކުރު ދުވަހުގެރޭ އިންގްލެންޑާ އެއްވަރުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޗެލްސީ އަށް ކުޅޭ އުމުރުން 20 އަހަރުގެ ގިލްމޯ އަށް އެ ކާމިޔާބީ ލިބުމުން އެ މެޗަށް ފަހު އޭނާ އަށް މަރުހަބާ ކިޔަން މައުންޓާއި ޗިލްވެލް ވަނީ އޭނާ ކައިރިއަށް ގޮސް ވަގުތު ހޭދަކޮށްފަ އެވެ. ގިލްމޯ އާއި މައުންޓް އަދި ޗިލްވެލް އަކީ ޗެލްސީ އަށް ކުޅޭ ތިން ކުޅުންތެރިންނެވެ.

ޕޮޒިޓިވްވުމާ އެކު ގިލްމޯ ވަނީ 10 ދުވަހުގެ އައިސޮލޭޝަނަކަށް ގޮސްފަ އެވެ. ގިލްމޯއާ ކޮންޓެކްޓް ވެފައިވާތީ މައުންޓާއި ޗިލްވެލް ހުރީ ސެލްފް އައިސޮލޭޝަނެއްގަ (އަމިއްލަ އަށް އެކަހެރިވެގެން) އެވެ. ރިޕޯޓްތައް ބުނާގޮތުން މެޗު ފެށުމުގެ 12 ގަޑިއިރެއްހާއިރު ކުރިން އެ ދެ ކުޅުންތެރިންގެ ޓެސްޓްތަކެއް ކުރުމަށް ފަހު އޭގެއިން ފާސް ވެއްޖެނަމަ މެޗުގައި ބައިވެރިވެވޭނެ އެވެ. އެކަމަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ ދެން މި ފަހަރުގެ ޔޫރޯގައި ނުކުޅެވުމުގެ ފުރުސަތު ބޮޑެވެ.

އިންގްލެންޑާއި ސްކޮޓްލެންޑް މެޗަށް ފަހު: ގިލްމޯ އާއި މައުންޓް އަދި ޗިލްވެލް.

ސައުތުގޭޓް ބުނީ އޭނާ އެދެނީ ހާލަތު ގޯސްނުވެ، އެ ދެ ކުޅުންތެރިންނަށް އަވަހަށް ޓީމާ ގުޅެވުން ކަމަށެވެ.

"ސީދާވާނެ ގޮތެއް ބުނަން ނޭނގޭ. ވަރަށް ބޮޑަށް ޝައްކު ކުރެވޭ މި މެޗުގައި (ޗެކް ރިޕަބްލިކް މެޗު) ކުޅެވިދާނެތޯ. އެކަމަކު ވަރަށް ބައިވަރު ކަންތައްތައް އެބަކުރެވޭ ފަރުދާގެ ފުރަގަހުގައި. މަޝްވަރާތަކާއި މެޑިކަލް ތަހުލީލުތަކާ ކަންކަން ކުރެވިގެން މީގެ ގޮތެއް ނިންމާނީ. އަހަރެން މި ހުރީ އުއްމީދުގައި،" މިރޭގެ މެޗުގެ ކުރިން ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް އެދެނީ މި މެޗުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ނުކުޅެވުނު ކަމުގައި ވިޔަސް މައުންޓާއި ޗިލްވެލް ޕޮޒިޓިވް ނުވުމެވެ. އެއީ ޕޮޒިޓިވްވެއްޖެނަމަ 10 ދުވަހުގެ އައިސޮލޭޝަނަކަށް ދާން ޖެހިގެން މި ފަަހަރު ޔުރޯގައި ނުކުޅެވިދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެތީ އެެވެ.

ފުރަތަމަ ތިން ގްރޫޕްގެ ނަތީޖާ ނުކުތްގޮތަކުން އިންްގްލެންޑާއި ޗެކް ރިޕަބްލިކަށް ވަނީ މިހާރު އަނެއް ބުރުގެ ޖާގަ ޔަގީންވެފަ އެވެ. އެއީ ގްރޫޕްގެ އެއް ވަަނައިގައި އޮތް ޗެކް ރިޕަބްލިކާއި ދެ ވަނައިގައި އޮތް އިންގްލެންޑަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި އޮތްއިރު، މި ގްރޫޕުން ގަދަ ދެ ޓީމުގެ ތެރޭގައި އެ ދެ ޓީމުގެ ތެރެއިން ޓީމެއް ނުހިމެނުނު ނަމަވެސް އެ ދެ ޓީމަށް އަނެއް ބުރުން ފުރުސަތު ޔަގީންވީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޖާގަ ލިބޭނެތީ އެވެ.

އިންގްލެންޑްގެ އަމާޒު ހުރީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ރަނގަޅު ކޮންފިޑެންސަކާ އެކު އަނެއް ބުރަށް ދިއުމަށެވެ. އެކަން ހާސިލްކުރަން މިރޭ ޗެކް ރިޕަބްލިކް ބަލިކުރަން ޖެހެ އެވެ. ސައުތުގޭޓް ވަނީ މިރޭގެ މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޖޯޑަން ހެންޑަސަން އާއި ހެރީ މެގުއާ ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ.

ލިވަޕޫލްގެ ކެޕްޓަން ހެންޑަސަން އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން މެގުއާ މި ފަހަރުގެ ޔޫރޯ ސްކޮޑަށް ނެގި އަނިޔާއިން ރިކަވާވަމުން އަންނަނިކޮށެވެ. މި ދެ ކުޅުންތެރިން މި ފަހަރުގެ ޔޫރޯގައި އަދި ކުޅެފައެއް ނުވެ އެވެ. ސައުތުގޭޓް ބުނީ ދެ ކުޅުންތެރިންގެ ފިޓްނަސް މިހާރު ހުރީ ރަނގަޅު ލެވަލެއްގައި ކަމަށާއި މެޗުގައި ވެސް ބޭނުންކުރެވޭނެ ކަމަށެެވެ.

މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ޗެކް ރިޕަބްލިކާއި އިންގްލެންޑް އޮތީ އެއް ގްރޫޕެއްގަ އެވެ. އިންގްލެންޑުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 5-0 އިން މޮޅުވެފަ އެވެ. ޗެކް ރިޕަބްލިކް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-1 އިންނެވެ. މިރޭގެ މެޗަކީ ވާދަވެރި މުބާރާތެއްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

ޗެކް ރިޕަބްލިކްގެ ޓްރެއިނިންގެ ތެރެއިން ސިލްހަވީ.

ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޮސްލާވް ސިލްހަވީ ބުނީ ފުރަތަމަ ދެ މެޗުގައި އިންގްލެންޑަަށް ރަނގަޅަށް ނުކުޅެވުމުން އެ އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ޖަވާބުދޭން އެ ޓީމުން ބޭނުންހިފާނީ މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗު ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ ދެ މެޗުން އިންގްލެންޑްގެ ފެންވަރަކީ އެންމެ ގޯލެއް ޖެހުމެއް ނޫން. އެ މީހުން މި މެޗަށް ނުކުންނާނީ ގޯލުތަކެއް ޖަހައިގެން މޮޅުވެ އެ އަމާޒުވަމުން އަންނަ ފާޑުކިޔުންތައް ހުއްޓޭނެ ގޮތެއް ހޯދަން،" ސިލްހަވީ ބުންޏެވެ.

އޭނާ ބުނީ މެޗަށް ނުކުންނައިރު ބޮޑަށް ޕްރެޝަރު އޮތީ ވެސް އިންގްލެންޑަށް ކަމަށެވެ. އެއީ އިންގްލެންޑްގެ ރައްޔިތުން އެދެނީ އެ ޓީމުން މި ފަަހަރުގެ ޔޫރޯގައި ބޮޑު ކާމިޔާބެއް ހޯދަން ކަމަށާއި އަދި މެޗުތައް އެ ގައުމުގައި އިންގްލެންޑުން ކުޅޭއިރު، ދަނޑުގައި ތިބޭ ސަޕޯޓަރުންނާ އެކު އޮތް ޕްރެޝަރު ދެ ގުނަ ވާނެ ކަމަށެެވެ.

ސިލްހަވީ ބުނީ ކޮލިފައިން ބުރުގައި ކުޅުނު ދެ މެޗާއި މުބާރާތުގައި ކުޅޭ މެޗު މުޅިން ތަފާތުވާނެ ކަމަށާއި ޗެކް ރިޕަބްލިކުން ނުކުންނާނީ ރަނގަޅު ނަތީޖާއެއް ނެރެ ގްރޫޕްގެ އެއް ވަނަ ހޯދުމަށް ކަމަށެެވެ.

އިންގްލެންޑާއި ޗެކް ރިޕަބްލިކް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ. ހަަމަ އެ ވަގުތު މި ގްރޫޕްގެ އަނެއް މެޗުގައި ސްކޮޓްލެންޑުން އަމިއްލަ ދަނޑުގައި ކްރޮއޭޝިއާއާ ބައްދަލުކުރާނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެ ވަަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox