"ކަނޑިންމަ" ގެ ގޮނޑުދޮށުން މި ކިޔައިދެނީ ލޯބީގެ ދާސްތާއެއް!

"ކަނޑިންމަ" ގެ ގޮނޑުދޮށުން މި ކިޔައިދެނީ ލޯބީގެ ދާސްތާއެއް!

މެއި މަހުގެ 16 ވީ އާދީއްތަ ދުވަހު، ދެކުނު އެފްރިކާގެ ޖޮހަނެސްބާގުން 25 އަހަރުގެ ޖަމީލް އާއި ލަމީޒް (ޖަމީޒް)، ރާއްޖެއަށް އައީ އެ ދެމީހުންގެ ހަޔާތުގެ އެންމެ ތަފާތު އެއް ތަޖުރިބާ އަށް ފޮށި ތަންމަތި ބަނދެ، ހުރިހާ ތައްޔާރިއަކާ އެކުގަ އެވެ. އަހަރުގެ ބާކީ އޮތް ދުވަސްތައް "ސުވަރުގެ" އެއްގައި ހޭދަކޮށްލަން ލިބުމުން ކުރެވެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ އިހުސާސް ދުލުން ބަޔާންކޮށްދޭން ދަތިވެފައި ތިބި މި ދެމަފިރިން، މިދިޔަ ދެ މަހެއް ތެރޭގައި "ކަނޑިންމަ މޯލްޑިވްސް" ގެ ގޮނޑުދޮށަށް އޮއްސިފައި އެރި ކޮންމެ އިރެއް ބަލައިފި އެވެ.

މި ކިޔައިދެނީ، ކަނޑިންމަ މޯލްޑިވްސް އިން މިދިޔަ އަހަރު ބޭއްވި "ގްލޯބަލް ޓްރެވަލް ކޮންޓެސްޓް - 365 ޑޭސް އިން ޕެރަޑައިސް" ކޮންޓެސްޓް ގައި ބައިވެރިވެ އެ ފުރުސަތުގެ ނަސީބުވެރިންގެ ގޮތުގައި، އަހަރު ދުވަހުގެ ހިލޭ ޗުއްޓީއެއް ލިބިގެން ރާއްޖެއަށް އައިސް ތިބި "ޖަމީޒް" ގެ ފުރާވަރުގެ ލޯބިން ފައްކާވި އިޝްގީ ލޯތްބާއި މި ދެމަފިރިންގެ މި އާދަޔާ ހިލާފު ޗުއްޓީއެއްގެ "ސަޅި" ވާހަކަ ތަކެވެ.

Advertisement

"ރާއްޖެއަށް މި އާދެވުނީ ކައިވެނީގެ ހަނީމޫން ނިންމާފައި ގައުމަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. ވަރަށް މަދު ދުވަސްކޮޅަކަށް ހަނީމޫނަށް އައިސްފައި ހިތާ ދެކޮޅަށް ދާން ޖެހުނީ ގިނަ ދުވަހަށް ތިބެން އެފޯޑް ނުކުރެވިދާނެތީ. އެކަމަކު ޗުއްޓީ ނިންމާފައި ދިޔައިރު ދެމީހުން ވެސް ޕްލޭން ކުރިން ލާރި އެއްކޮށްގެން ކޮންމެވެސް ދުވަހަކުން ދިގު ޗުއްޓީއަކަށް އެނބުރި އަންނަން،"

ސްކޫލުގައި އުޅެމުން ރައްޓެހިވި ޒަމީލްގެ ދެމަފިރިންނަށް އެ ދެމީހުންގެ ހުވަފެން މިހާ އަވަހަށް ހަގީގަތަކަށްވުމުން އަދިވެސް ގަބޫލުކުރަން އުނދަގުލެވެ.

"ހީވަނީ އަދިވެސް ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން،" ޒަމީލް ބުންޏެވެ.

ޖަމީލް އާއި ޒަމީލް އަކީ ކޯޕަރޭޓް ފައިނެންސްގެ ދާއިރާއިން ޑިގްރީ ނިންމާފައި މާސްޓާސް އަށް ކިޔަވަމުން ވަޒީފާ އަށް ވެސް ދާ ދެ ޒުވާނުންނެވެ. މީގެ ދޮޅު އަހަރު ކުރިން މި ދެމީހުން ކައިވެނި ކުރީ ފުރާވަރުން ފެށިގެން ރައްޓެހިވެގެން އެކުގައި އުޅުމަށްފަހު ޑިގްރީ ނިންމާފަ އެވެ.

"އެކުގައި ހުރިހާ އުންމީދެއް ހާސިލުކޮށް ވީހާވެސް ގިނައިން ދަތުރުކޮށް މެމަރީޒް ކްރިއޭޓް ކުރުމަކީ އަހަރެމެން ދެމީހުން އަބަދުވެސް ޕްލޭން ކުރި ގޮތް. މި ފުރުސަތު ލިބުމުން އަހަރެމެން މަސައްކަތްކުރީ ވަޒީފާ އާއި ކިޔެވުން ވެސް ކުރިއަށް ގެންދަމުން، ފުރުސަތުގެ ބޭނުން ވެސް އެންމެ ފުރިހަމައަށް ކުރެވޭތޯ ބަލަން،" ލަމީޒް ބުންޏެވެ.

ކަނޑިންމަ އިން މި ދެ ޒުވާނުން ދިރިއުޅުމަށް ދޫކޮށްފައި ހުރި އެއް ރޫމްގެ "ސްކައި ސްޓޫޑިއޯ" އެޕާޓްމަންޓް ގައި އޮފީސް މަސައްކަތާއި ކްލާސްތަކަށް އެޓެންޑް ކުރަމުން ލިބޭ ހުސް ވަގުތު ތަކުގައި މޫދު ކުޅިވަރު ކުޅުމާއި ސްނޯކްލިންގް ގައި ވަގުތު ހޭދަކުރެ އެވެ.

"އަހަރެމެންގެ އެއްވެސް ކަމަކަށް ހުރަހެއް ނެތް. މަސައްކަތް ބަރާބަރަށް އެބަ ކުރެވޭ. ކިޔެވުން ވެސް އެބަ ކުރިއަށްދޭ. އަތުން އެއްވެސް އެއްޗެއް ނުގޮސް ދެމީހުން އެކުގައި ކޮންމެ ދުވަހަކު މި ކުރަނީ ހަނދާނުން ނުފިލާނެ ވަރުގެ އުފާވެރި ތަޖުރިބާ ތަކެއް،" ލަމީޒް ބުންނެވެ.

ޗުއްޓީގެ އަސްލު މުއްދަތަކީ އަހަރު ދުވަސް ކަމަށް ވިޔަސް، ޖެނުއަރީ އިން ފެށިގެން މޭ މަހާ ހަމައަށް މި ދެމަފިރިން މަސައްކަތް ކުރީ އެކޮޅުގައި އުޅުނު ދިރިއުޅުމުގެ ކަންކަން ހަމައަކަށް އަޅުވައި، އެއްވެސް ކަމަކަށް ބުރޫ އަރުވާ ނުލައި އަހަރުގެ ބާކީ އޮތް ބަޔަށް ދިރިއުޅުން ރާއްޖެއަށް ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގަ އެވެ.

"އަހަރެމެން ދެމީހުން ވެސް ގަބޫލުކުރަނީ ހިތްވަރު ކޮށްފިނަމަ ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެ. ޒިންމާތަކެއް ހުރެގެން ހުވަފެންތަކުގައި ކުލަކޖެއްސުން ލަސް ކުރާ ނަމަ އަބަދު އޮންނާނީ ލަސްވެފައި. އޭގެ ބަދަލުގައި ޒިންމާތައް އުފުލަމުން ހުވަފެންތައް ވެސް ހަގީގަތަކަށް ހެދިދާނެ. ބޭނުންވަނީ ހިތްވަރެއް،" ލަމީޒް ބުންޏެވެ.

މި ދެމަފިރިންގެ މި "ޖާނީ" އެއްގެ މަންޒަރާއި ވީޑިއޯތައް ގަވާއިދުން އިންސްޓަގްރާމް އާއި ޓިކްޓޮކް ގައި ޝެއާ ކުރެ އެވެ. ލަމީޒް ބުނީ، ކުރިއަށް އޮތް ތަނުގައި ބޭނުންވަނީ ލޮކްޑައުން ނިމިއްޖެ ނަމަ، ރަށްރަށަށް ދަތުރުކޮށް، ރިސޯޓް ތަކުގައި ޗުއްޓީ ހޭދަކުރަން އާދެވެން ނެތް ޒުވާން ބެކްޕެކާސް އަށް ރަށްތައް އެކްސްޕޯޒް ވާ ކަހަލަ މައުލޫމާތު މުއްސަނދި ވީޑިއޯ ތަކެއް ހެދުމަށް ކަމަށެވެ.

އޭރުން މި ދެމަފިރިންގެ މި ދަތުރެއްގެ ހުރިހާ މަގްސަދެއް ހާސިލްވީ އެވެ.

"އަހަރެމެން ރާއްޖެ ދެކެ އިންތިހާ އަށް ލޯބިވޭ. ދިވެހި މީހުން ދެކެ ލޯބިވޭ. ދިވެހި ކާއެއްޗެހި އަމިއްލަ ކާއެއްޗިއްސަށްވުރެ މީރު. މި ރީތި ގައުމުގެ ވާހަކަ ތަކާއި އަހަރެމެން ދެމީހުންނަށް ލިބިފައިވާ އުފާވެރިކަން ވީހާވެސް ގިނަ ބަޔަކަށް ކިޔައިދޭން ބޭނުންވަނީ މިހެންވެ،" ލަމީޒް ބުންނެވެ.

ކަނޑިންމަ ރިސޯޓުގެ ހިތްގައިމު ވިލާތަކާއި މޫދުގެ އަޑިއަށް ދަންދެން މި ދެމަފިރިން ޒިޔާރަތްކޮށް އުފާ ހޯދައިފި އެވެ. ދެން އޮތީ ލޮކްޑައުން ނިމެންދެން ކުރާ އިންތިޒާރެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox